url
stringlengths
16
407
title
stringlengths
1
225
body
stringlengths
0
92k
source
stringclasses
6 values
domain
stringclasses
9 values
date
stringlengths
0
25
author
stringlengths
0
2.76k
quality_score
float32
0.66
1
token_count
int32
0
9.89k
thaana_ratio
float32
0.5
1
doc_id
stringlengths
32
32
https://vaguthu.mv/world-news/987800/
އީރާނުގެ ކޮމާންޑަރެއްގެ މަގުބަރާ ކައިރީގައި އެއްޗެއް ގޮއްވާލައި ގިނަބަޔަކު ޝަހީދުކޮށްލައިފި
2020 ވަނަ އަހަރު އަވަހާރަކޮށްލި އީރާނުގެ އެންމެ އިސް ކޮމާންޑަރު އަވަހާރަވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ކުރިއަށް ދަނިކޮށް އީރާނުގެ ގަބުރުސްތާނެއްގައި އެއްޗެއް ގޮއްވާލައި 100 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކުރީގެ ކޮމާންޑަރު ގާސިމް ސުލައިމާނީ ވަޅުލާފައިވާ ކެރްމަން ސިޓީގެ ގަބުރުސްތާނެއްގައި ދެ ބޮމެއް ވަނީ ގޮއްވާލާފައެވެ. މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެތައް ސަތޭކަ ބަޔަކު ވަނީ އެ ހަރަކާތަަށް އެ ސަރަަހައްދަށް ޖަމާވެފައެވެ. މި ހާދިސާގައި ޝަހީދުވި މީހުންގެ އަދަދާ މެދު ހިޔާލު ތަފާތުވެ ވާހަކަދެކެވެމުން ދެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި 103 މީހަކު މި ހާދިސާގައި ވަނީ ޝަހީދުވެފައެވެ. އަދި 141 މީހުން ޒަހަމްވެފައިވާ ކަމަށް ބުނެފައެވެ. ޒަހަމްވި މީހުން މިހާރު ވަނީ ރަސޫލާ އައްޒަމް، ބަހޯނާރު، ޝަފާ އަދި އަފްޒަލީޕޫރު ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އީރާނުގެ އޮފިޝަލަކު އެ ބޮމުގެ ހަމަލާތައް ސިފަކުރެއްވީ "ނިރުބަވެރި ހަމަލާތަކެއް" ގެ ގޮތުގައި ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ އިރު، އެ ހަމަލާތަކުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން ތަފްސީލެއް ނޭނގެއެވެ. އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯން ހަމަލާތައް ދިން ކަމުގެ ތުހުމަތު އިސްރާއީލުން މީގެ ކުރިން ވެސް ކޮށްފައިވާއިރު، އައިއެސް ފަދަ ސުންނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން ވަނީ ޝިއާގެ އަޣުލަބިއްޔަތު އޮންނަ އެ ގައުމުގައި އާންމުންގެ އަމާޒުތަކަށް ބޮމުގެ ހަމަލާތަކެއް ދީފައެވެ. މިއަދު ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. ކުރިން އީރާނުގެ އަސްކަރިއްޔާގެ އެންމެ އިސް ޖެނެރަލްގެ މަގާމުގައި ހުންނެވި ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ 2020 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީއާ ބައްދަލުކުރެއްވުމަށް އިރާގަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައެވެ. ސުލައިމާނީގެ ޖަނާޒާއަށް މިލިއަނަށް ވުރެ ގިނަ މީހުން މަގުތަކަށް ނުކުމެ، ހަމަނުޖެހުން ހިންގައި 56 މީހުން ވަނީ ޝަހީދުވެފައެވެ. އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގައި މަސައްކަތް ކުރައްވާފައިވާ ސުލައިމާނީ ވަނީ އެ ގައުމުގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނިވަޑައިގެންފައެވެ. އޭނާ އަކީ އީރާނުން ބޭރުގައި ޖާސޫސްކުރުމާއި އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގެ ޒިންމާ އަދާކުރާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ޕޮލިސްގެ ޑިވިޝަނެއް ކަމަށްވާ ގުދުސް ފޯސްގެ ކޮމާންޑަރެވެ.
vaguthu
news
ރީޢާނު ރަޝީދު
0.9925
239
0.979
35191deef8e72877ed9f4b57be9e56f6
https://adhadhu.com/article/27249
އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނީ އަލިފުއްޓަށް، 157 މިލިމީޓަރުގެ ވާރޭ ވެހުނު
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، އެންމެ ބޯކޮށް ވާރޭވުހުނު ކަމަށް ރިކޯޑު ކުރެވުނީ އުތުރާއި ދެކުނުގެ ރަށްތަކަަށެވެ. އެގޮތުން ރ. އަލިފުށީގެ އޮޓަމެޓިކް ވެދާ ސްޓޭޝަނުން 156.5 މިލިމީޓަރުގެ ވާރޭ ރިކޯޑުކޮށްފައިވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. މެޓް އޮފީހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އަލިފުށީގެ އިތުރުން، ދެން އެންމެ ބޯކޮށް ވާރޭ ވެހުނީ ލ. ކައްދުއާއި ށ. ކޮމަންޑުއަށެވެ. ކައްދުއަށް އިއްޔެ 120.5 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ކޮމަންޑުއަށް 101.9 މިލިމީޓަރު ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. މެޓް އޮފީހުން ބުނީ ފާއިތުވި އަހަރުތަކުގެ ރެކޯޑުތަކަށް ބަލާއިރު 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ރިކޯޑުކުރެވިފައި ވަނީ 2015 ވަނަ އަހަރު ސ. ގަމަށް ކަމަށެވެ. އެގޮތުން ނޮވެމްބަރު 24، 2015 ގައި ގަމަށް 228 މިލިމީޓަރު ވާރޭ ވެހުނު ކަމަށް މެޓް އޮފީހުން މައުލޫމާތު ދިނެވެ. ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. މިގޮތުން، ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވަނީ ރީނދޫ އެލާޓް ނެރެފަ އެވެ.
adhadhu
news
0.975
124
0.929
a54ca3f4adcdb5dc02e6e1a27586edf7
https://sun.mv/214146
ބޯޑަރު ކޮންޓްރޯލް ކިއޫތައް ކުޑަކުރުމަށް ވެލާނާ އެއާޕޯޓުގައި އީ-ގޭޓުތައް ހަރުކުރަނީ
ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ކުރާ ކައުންޓަރުތަކުގެ ކިއޫތައް ކުޑަކުރުމަށްޓަކައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަންނަ އަހަރުގެ ކުރިން އީ-ގޭޓު ބޭނުންކުރަން ފަށާނެކަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ އެފަދައިން ނިންމުން ނިންމެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރު ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްޓަކައި ކަމަށެވެ. އެގޮތުން އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗާތައް ހިމެނޭ އީ-ގޭޓްތައް އެ އެއާޕޯޓުގެ އާ ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭން ކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިންނެވެ. އަންނަ އަހަރު ފެށުމުގެ ކުރިން ވެލާނާ އެއާޕޯޓުގެ އެރައިވަލް އަދި ޑިޕާޗާ ހިމެނޭހެން ކޮންމެ ޓާމިނަލެއްގައި 10 ގޭޓް (ޖުމްލަ 20 ގޭޓް) ހަރުކުރެވި ބޭނުންކުރަން ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖޭގެ އެހެނިހެން އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ވެސް އަންނަ އަހަރު މިފަދަ އީ-ގޭޓްތައް ހަރުކުރެވި، ބޭނުންކުރަން ފެށޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ވިދާޅުވީ އެކަމުގެ ސަބަބުން ދަތުރުފަތުރުގެ ފަސޭހަކަމުގެ އިތުރުން ރާއްޖޭގެ ބޯޑަރު ރައްކާތެރިކުރުމަށް ޑިޖިޓަލް ހައްލެއް ލިބޭނެ ކަމަށެވެ. އަދި އެއީ ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި އިހުސާން ސިފަކުރެއްވިއެވެ. ވީއައިއޭ ތަރައްގީކުރަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2016 ވަނަ އަހަރެވެ. އާ ޓާމިނަލް ހުޅުވީ 60ވަނަ މިނިވަން ދުވަހާ ގުޅުވައި ޖުލައި މަހުގެ 26 ގައެވެ. އާ ޓާމިނަލަކީ 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ޓާމިނަލެކެވެ. އެ މަޝްރޫއަށް ޖުމުލަ ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އާ ޓާމިނަލް ހުޅުވި ނަމަވެސް އެ ޓާމިނަލް މިހާތަނަށް ބޭނުންކުރީ މޯލްޑިވިއަނުން އެކަންޏެވެ. އެމްއޭސީއެލުން ކުރިން ބުނީ، ފަހަރަކު އެއާލައިނެއް އާ ޓާމިނަލަށް ބަދަލުކޮށް، ޚިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރާނެ ކަމަށެވެ. ރާއްޖޭގައި މިވަގުތު އޮންނަނީ ވީއައިއޭގެ އިތުރުން އިންޓަނޭޝަނަލް ދެ އެއާޕޯޓެވެ. އެއީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓެވެ.
sun
news
ޝާނިހާ ޝަރީފް19 Nov 2025, 19:23
0.992
226
0.977
5ba030c5e4763f1557921335189e551e
https://avas.mv/33731
ޖޯންއަށް ފައިސާ ދައްކަން ހައިކޯޓުން ވެސް ހުކުމްކޮށްފި
އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި އެމެރިކާގެ ވިޔަފާރިވެރިޔާ، ޖޯން ސޭފޯޓްއަށް ފައިސާ ދެއްކުމަށް އޭނާ ހުޅުމާލޭގައި ހިންގި ގެސްޓްހައުސްގެ އަނެއް ހިއްސާދާރުގެ މައްޗަށް ހައިކޯޓުން ވެސް ހުކުމްކޮށްފި އެވެ. ހައިކޯޓުން މިގޮތަށް ހުކުމްކުރީ ޖޯންއަށް ފައިސާ ދެއްކުމަށް އަންގައި، ސިވިލް ކޯޓުން ކުރި ހުކުމް އަނެއް ހިއްސާދާރު އިސްތިއުނާފު ކުރުމުންނެވެ. ސިވިލް ކޯޓުން ހުކުމްކުރީ، އަނެއް ހިއްސާދާރަށް ޖޯން ދިން 42،000 ޑޮލަރު ދެއްކުމަށެވެ. ނަމަވެސް ހައިކޯޓުން އެ ވަނީ އެއަދު 39،500 ޑޮލަރަށް ދަށްކޮށްފަ އެވެ. އެއީ، ޖޯންއަށް ހިއްސާދާރު ދިން ފައިސާތަކެއް އުނި ކުރުމަށްފަހު އެވެ.ހައިކޯޓް ހުކުމުގައިވާ ގޮތުން ދެވަނަ ހިއްސާދާރުގެ އެކައުންޓަށް ޖޯން ޖަމާކުރި ފައިސާއަކީ އެހެން ގޮތަކަށް ސާބިތު ނުވާ ހިނދަކު ޖޯންއަށް އަނބުރާ ދައްކަންޖެހޭ ފައިސާ އެވެ. އަދި، ޖޯން ޖަމާކުރި ފައިސާގެ ތެރެއިން އޭނާއަށް ލިބުނު ކަމަށް ބުނާ ފައިސާ ފިޔަވައި އެހެން ފައިސާއެއް އޭނާއަށް ރައްދުކޮށްދީފައިވާކަން ދެވަނަ ފަރާޓަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ.ޖޯންގެ ވަކީލް މީގެ ކުރިން ވިދާޅުވެފައިވަނީ، އޭނާ ރާއްޖޭގައި މަޑުކުރީ ހައްގުތައް ހޯދަން ކަމަށެވެ. ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ކަމަށް ބުނެ އޭނާ ޑީޕޯޓްކޮށްލުމަށް އިމިގްރޭޝަނުން ވަނީ ނިންމާފަ އެވެ. ނަމަވެސް އޭނާގެ މައްސަލަތަކެއް ޝަރީއަތުގައި ހިނގަމުންދާތީ އަދި ޑީޕޯޓެއް ނުކުރެ އެވެ.
avas
news
0.9908
131
0.974
2c29c22711875c48885f3f50ac1eb018
https://mihaaru.com/news/113179
ނޯރޫ ތޫފާނުގައި ފިލިޕީންސުން 5 މީހަކު މަރުވެއްޖެ
ފިލިޕީންސް ކަނޑުގެ ސަރަހައްދުގައި، މި މަހުގެ 22 ވަނަ ދުވަހު އުފެދުނު ބާރުގަދަ ތޫފާން ނޯރޫ، ފިލިޕީންސަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތެރޭގައި މިހާތަނަށް މަދުވެގެން ފަސް މީހަކު މަރުވެއްޖެ އެވެ.
mihaaru
news
2022-09-26 12:14:27
0.818
24
0.972
55bb125aada5c97bbc5e047f8c2dda50
https://vaguthu.mv/evaguthu/611403/
ކައިވެނި ހަފުލާގައި ބައިވެރިނުވި މީހުންނަށް ފޮނުވީ ބިލު
ކައިވެނި ހަފުލާތަކަކީ ވަރަށް އަގުބޮޑު ހަފުލާތަކެކޭ ބުނާ އަޑު ވަރަށް ގިނައިން އިވެއެވެ. ނަމަވެސް ހަފުލާއަށް ދައުވަތު ދެވި ހަފުލާގައި ބައިވެރިނުވާ ފަރާތްތަކުން އެކަމަށް ޗާޖު ކުރުމަކީ ވަރަށް މަދުން އިވޭ އަޑެކެވެ. ޗިކާގޯގެ ދެމަފިރިން ކަމުގައިވާ ސައިމަންސްއާއި ގީގެ ކައިވެނި ހަފުލާއަށް ދަަޢުވަތު ދީ، ހަފުލާގައި ބައިވެރި ނުވި ފަރާތްތަކަށް ފޮނުވީ އިންވޮއިސްއެކެވެ. ހަފުލާގައި ބައިވެރިވާނެ ކަމަށް ބުނެ ލިސްޓު ފައިނަލް ކޮށްފައިވާ ފަރާތްތަކުން ފޯނުން ގުޅާލައިގެން ނުވަތަ އެނޫން ގޮތަކަށް ވެސް އެ ދެމަފިރިންނަށް ޚަބަރެއް ނުވެ ހަފުލާގައި ބައިވެރިނުވި ފަރާތްތަކުން އެ ފަރާތްތަކުގެ ކެއުމުގެ ޚަރަދު ދޭން ޖެހޭނެ ކަމަށް މި ދެމަފިރިން ބުނެފައިވެއެވެ. އިންވޮއިސްގެ ފޮޓޯއެއް ފޭސްބުކްގައި ހިއްސާކޮށް ސައިމަންސް ބުނެފައިވަނީ މި އިންވޮއިސް ލިބުމުން ހިތުގައި އެއްވެސް ބަރުކަމެއް ނުބޭއްވުމަށާއި ކަންތައް ވާން އޮތީ މިގޮތަށް ކަމަށެވެ. އަދި ހަފުލާގައި ބައިވެރި ނުވި ފަރާތްތަކަށް މި އިންވޮއިސް މެއިލް ކުރެވިފައިވާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. މި އިންވޮއިސްގައި ލިޔެފައިވަނީ އިންވޮއިސް ފޮނުވާފައި އެވަނީ ކައިވެނި ހަފުލާގައި ބައިވެރިވުމަށް ޔަގީންކަން ދީފައިވާތީ ކަމަށެވެ. އިންވޮއިސްގައިވާ އަދަކީ އެމީހެއްގެ ސީޓަށް އަރައި އަދަދު ކަމަށެވެ. މީގެ އިތުރުން މި އިންވޮއިސްގައި ލިޔެފައިވަނީ ނާންނަ ސަބަބެއް އަންގާފައި ނުވާތީ އެމީހުން ދައްކަން ޖެހޭ ފައިސާކަމަށް ބުނެފައެވެ. ފައިސާ ދައްކާނެ ގޮތާއި ދައްކަން ބޭނުންވާ ގޮތް އަންގައި ދިނުމަށް ވެސް މި އިންވޮއިސްގައި ލިޔެފައިވެއެވެ. މި ހަފުލާގައި ބައިވެރިނުވާ ކޮންމެ ފަރާތަކުން ވެސް އެއް މަސްދުވަހުގެ ތެރޭގައި 240 ޑޮލަރު ދައްކަން ޖެހޭނެކަމަށް ވެސް ބުނެފައިވެއެވެ. ސައިމަންސްގެ ފޭސްބުކް ޕޯސްޓަށް ވަނީ އެތައް ބައެއްގެ ތަރުހީބު ލިބިފައެވެ.
vaguthu
news
ޙައްވާ ޝިއުނާ
0.9959
169
0.988
f908a07cb795c2f69e7051e1a4f693fc
https://vaguthu.mv/news/194417/
ޕާޓީ ހިންގާ ގޮތް ކަމުނުދަންޏާ ވެރިމީހާ ބޭރުކޮށްލާ - ގާސިމް
ޖުމްހޫރީ ޕާޓީ ހިންގާ ގޮތް ކަމުނުދާނަމަ ހިންގަން ހުރި ވެރިމީހާ ބޭރު ކުރުމަކީ އާންމު މެންބަރުންގެ ކަމެއް ކަމަށް ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވީ، އޭނާގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ޖުމްހޫރީ ޕާޓީ ހިންގަނީ ގަބޫލުނުކުރެވޭ އުސޫލެއްގެ މަތިން ކަމުގައިވާނަމަ ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ސިޔާސީ ޕާޓީއަކުން ފެންނަން ނުޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ އިއްޔެ ދިން އިންޓަވިއުއާ ގުޅިގެން މިރޭ ޖުމްހޫރީ ޕާޓީގެ ކައުންސިލް ގްރޫޕް ތެރޭގައި ދެކެވުނު ވާހަކަތަކާއި ގުޅިގެންނެވެ. ވީޓީވީ" އިން ގެނެސްދިބް ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނަހުލާ މިހެން ވިދާޅުވިއިރު، ޖޭޕީ ކައުންސިލް ގުރޫޕަށް ފޮނުވި މެސެޖެއްގައި ގާސިމް ވިދާޅުވަނީ، ޕާޓީ ހިންގާ ގޮތް ކަމު ނުދާނަމަ، ވެރިއަކަށް ހުންނަ މީހަކު ބޭރުކޮށްލުމަކީ މެންބަރުންގެ ކަމެއް ކަމަށެވެ. "ޕާޓީ ހިންގާގޮތް ކަމުނުދާނަމަ މެންބަރުންގެ ކަމެއް ވެރިއަކަށް ހުރި މީހާ ބޭރު ކޮށްލައި އެހެން އާ މީހަކު ވެރިކަމަށް ހަމަޖެއްސުން" ގާސިމްގެ އެ މެސެޖުގައި ވެއެވެ. އެ ގްރޫޕަށް ފޮނުއްވި އެހެން މެސެޖެއްގައި ގާސިމް ވިދާޅުވީ، އެއްވެސް މީހަކު ޕާޓީ ދޫކޮށް ދާން ނުޖެހޭ ކަމަށެވެ. އަދި އަމުދުން ޖޭޕީގެ ފަރާތުން މަގާމެއްގައި ހުރި މީހެއްގެ ހިދުމަތް އިންތިހާއަށް ޕާޓީއަށް ދެއްވަން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ. "އަމިއްލައަށް މަންފާ ލިބިގަތުމުގެ ބަދަލުގައި ޕާޓީއަށް ހިދުމަތް ކުރުމުގައި ދެމިހުންނަން ޖެހޭ. ސަލާން ޖަހަން ނުކުތް އިރު ގެންގުޅުނު ނާށިގަނޑު މަތިން ހަނދާން ކުރަން ޖެހޭ ކަމަށް އަޅުގަނޑު ދެކެން"ގާސިމްގެ ފޮނުވި މެސެޖުގައި ވެއެވެ. ޖުމްހޫރީ ޕާޓީ ތެރޭގައި ނުތަނަވަސްކަން ވަނީ އުފެދިގެން ގޮސްފައެވެ. މި ނުތަނަވެސް ޕާޓީ ތެރޭގައި އުފެދިގެން އައިސްފައި ވަނީ ނިމިޔަ ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ފަހުއެވެ.
vaguthu
news
ރީޢާނު ރަޝީދު
0.995
180
0.986
2df26e2cd55036f3eed52fe2c5882295
https://vaguthu.mv/sport/179876/
މާޒިޔާގެ ޕްރި ސީޒަން ތަމްރީން ކޭމްޕް މަހިބަދޫގައި
ސީޒަނަށް އެންމެ ވަރުގަދައަށް ތައްޔާރުވަމުންދާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ޕްރި ސީޒަން ޓްރެއިނިން ކޭމްޕް، އދ. މަހިބަދޫގައި ފަށައިފިއެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބު މާޒިޔާއިން އަންނަ ސީޒަނަށް ތައްޔާރުވަމުން ދަނީ ވަރުގަދަ ސްކޮޑާއެކު، ކުރީގެ އެޓީމުގެ ކޯޗު މަރުޖާން ސެކުލޮވްސްކީއާވެސް އެކުގައެވެ. ހަރުދަނާ ގޮތެއްގައިވެސް އަބަދުވެސް ސީޒަނަށް ތައްޔާރުވާކަން ފާހަގަކޮށްލެވޭ މާޒިޔާއިން މަހިބަދޫގައި ކޭމްޕް ޖަހާނީ 10 ދުވަހަށެވެ. މިއަދު ޓީމުގެ ކުޅުންތެރިންނާއި ކޯޗުންނާއެކު، ޓީމުގެ ބައެއް އޮފިޝަލުންވެސް ވަނީ މަހިބަދޫއަށް ގޮސްފައެވެ. މަހިބަދޫގައި ދާދި ފަހުން އެޅި ބައިންއަގުވާމީ ލެވެލްގެ ޓާފް ދަނޑުގައި މާޒިޔާއިން މިއަދު ހަވީރު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާ އިރު، ކްލަބު އަންނަ ސީޒަނަށް ތައްޔާރުވަނީ ސްކޮޑަށް އަލަށް ގިނަ ކުޅުންތެރިންތަކެއްވެސް އިތުރު ކޮށްގެންނެވެ. އެގޮތުން ރާއްޖޭގެ ގައުމީ ލެވެލްގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިން ވަނީ އަންނަ ސީޒަނަށް މާޒިޔާއާ ގުޅިފައެވެ. އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް މާޒިޔާއިން ގެންދިޔަ ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ މިޑްފީލްޑަރުން ކަމަށްވާ އިބްރާހީމް ވަހީދު (އިއްބެ)، ހުސައިން ނިހާން (ނިހާޓް އަދި ގައުމީ ޓީމުގެ ދެ ފޯވަޑުން ކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު)އާއި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)ވެސް ހިމެނެއެވެ. އޭގެ އިތުރުން ގައުމީ ޓީމުގެ ތަޖުރިބާ ބޮޑު އަހުމަދު އަބްދުﷲ (ލިލީ)ވެސް ދެން ފެންނާނީ މާޒިޔާ ޖާޒީގައެވެ. ވަރުގަދަ ކުޅުންތެރިންތަކެއްގެ ސްކޮޑު އިތުރަށް ވަރުގަދަ ކޮށްދިނީ ކުރިންވެސް އެ ކްލަބަށް ކާމިޔާބުތަކެއް ގެނެސްދިން ކޯޗު މަރުޖާން ސެކުލޮވްސްކީ ޓީމާ ގުޅުމުންނެވެ. މާޒިޔާގެ މެނޭޖުމަންޓުން "ވަގުތު"އަށް ބުނެފައި ވަނީ ތަމްރީން ކޭމްޕަކީވެސް ކޯޗުގެ ރެކޮމެންޑޭޝަނެއް ކަމަށެވެ. "މަހިބަދޫއަކީ ކައިރި ރަށަކަށްވެފައި ރަނގަޅު ފެންވަރެއްގެ ދަނޑެއްވެސް މިހާރު އޮތް ރަށެއް. ޓީމު އަންނަ ސީޒަނަށް ތައްޔާރުވުމަށް މި އަންނަނީ ބައިވަރު އާ ކުޅުންތެރިންނާވެސް އެކު، އެހެންވީމަ ކުޅުންތެރިން އެކުވެލާ ރަނގަޅަށް ފުލް ޕިޗެއްގައި ތަމްރީނު ކޮށްލަން ކޯޗު އެބަ ބޭނުންވޭ. އެންމެ މުހިއްމު ކަމަކަށް މާލޭގައި ފުލް ޕިޗެއްގައި ފަރިތަކޮށްލަން ފުރުސަތެއް ނުލިބޭ. ކޯޗު އެބަ ބޭނުންވޭ ފުލް ޕިޗުގައި ފަރިތަކޮށްލާ ޓީމު ރަނގަޅަށް ތައްޔާރު ކޮށްލަން،" މާޒިޔާގެ ބޯޑު މެމްބަރު އަދި މީޑިއާ އޮފިޝަލް ޝިފާން ރައޫފް ވިދާޅުވިއެވެ. މަހިބަދޫގައި ފުޓުބޯޅައިގައި ރާއްޖޭގެ ނަން މަޝްހޫރު ރަށެކެވެ. ދާދިފަހުން އެޅި ފެންވަރު ރަނގަޅު ދަނޑާއެކު އެރަށުން އަންނަނީ ފުޓުބޯޅައިގައި އިތުރު ހަރުފަތަކަށް ދިޔުމަށް މަސައްކަތް ކުރަމުންނެވެ. މާޒިޔާ ފަދަ ބޮޑެތި ކްލަބުތަކުން އެރަށަށް ގޮސް ކޭމްޕް ކުރުމަކީ އެކަމަށް ލިބިގެންދާނެ ހިތްވަރެއް ކަމަށް ބެލެވެއެވެ. ހާއްސަކޮށް މާޒިޔާއަކީ މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށް، ހަރުދަނާ ގޮތެއްގައި އެކަޑެމީތައްވެސް ހިންގަމުންދާ ކާމިޔާބު ކްލަބެކެވެ.
vaguthu
sports
މުޙައްމަދު ޝަމްޢޫން
0.9934
272
0.981
8393341a0ad0d659bda24f4ec835c8f8
https://mihaaru.com/news/126490
މަޖިލިސް އިންތިހާބަށް 300 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާނުކޮށްފި
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މަސައްކަތްތަކަށް އިލެކްޝަންސް ކޮމިޝަނުން 300 އަށްވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާނުކޮށްފި އެވެ.
mihaaru
news
2023-10-04 11:17:54
0.782
16
0.972
d99c2a23da8417b38494a9a270ba8a16
https://vaguthu.mv/evaguthu/316417/
ކޮވިޑް-19: އައިފާ އެވޯޑު ފަސްކޮށްފި
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން އައިފާ އެވޯޑު ފަސްކޮށްފިއެވެ. އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި އައިފާ އެވޯޑު ފަސްކުރީ، މިހާރު ދުނިޔޭގެ ގިނަ ގައުމުތަކެއްގައިކޮވިޑް-19 ގެސަބަބުންގިނަބަޔަކުމަރުވަމުންދާތީ އާއި އެވައިރަހަކީއެކަކުއަނެކަކުގައިންއަރާވައިރަހަކަށްވާތީއާންމުންގެސަލާމަތަށްޓަކައި ކަމަށެވެ. އެ ހަފްލާއަކީ ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ބަޔަކު އެ ތަނަކަށް ޖަމާވެ ވަރަށް ފޯރިއާއެކު ކުރިއަށް ގެންދާ ހަފްލާއެއް ކަން ވެސް ނޫސްތަކުގައި ފާހަގަކޮށްފައިވެއެވެ. ކޮވިޑް-19 ގެ ސަބަބުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ވަނީ ފްރާންސްގައި އޮތް "ޕެރިސް ފެޝަން ވީކް" ހަފްލާއަށް ދިޔުން ވެސް ކެންސަލްކޮށްފައެވެ. މިއަހަރު އައިފާ އެވޯޑުގައި ރަންވީރު ސިންގްގެ ނަން ވަނީ 14 އެވޯޑެއްގައި ހިމެނިފައެވެ. އައިފާ އެވޯޑަކީ ކޮންމެ އަހަރެއްގެވެސް މާރިޗު މަހު ބާއްވާ އެވޯޑު ހަފްލާއެކެވެ. މިއަހަރުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 27 އިން 29 ގެ ނިޔަލަށެވެ. ނަމަވެސް ހަލުވި ކަމާއެކު ފެތުރެމުންދާ ވަރިހުގެ ސަބަބުން މި ހަފްލާ ބާއްވާނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މިއަހަރުގެ އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އިންދޯރުގައި ދެ ދުވަސް އަދި ބޯޕާލްގައި އެއް ދުވަހުގެ ނިޔަލަށެވެ. މި ހަފްލާ ބޭއްވުމަށް 700 ކުރޯޑުގެ ބަޖެޓެއް މިއަހަރުވަނީ އެކުލަވާލާފައެވެ. އަދި 90 ގައުމެއްގައި މި ހަފްލާ އަޅުވާނެ ކަމުގެ މައުލޫމާތު ތަކެއް ވެސް ވަނީ ލިބިފައެވެ.
vaguthu
news
ދުންޔާ އަބްދުލް ކަރީމް
0.9898
142
0.971
8291103ba1456ce9637da8147d9ca7d3
https://adhadhu.com/article/11150
ވެކްސިން ފުރިހަމަކޮށްފައިވާ މީހުން އެމެރިކާގައި މާސްކު އަޅަން ނުޖެހޭނެ
28 އޭޕްރީލް 2021 - 10:550 ފާތިމަތު ސާޔާ އަހުމަދު ކޮވިޑާ ދެކޮޅަށް ވެކްސިން ޖަހާ ފުރިހަމަކޮށްފައިވާ މީހުން ބޭރުގައި އުޅޭ އިރު މާސްކު އެޅުން މަޖުބޫރު ނޫން ކަމަށް އެމެރިކާގެ ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފި އެވެ. ސީޑީސީން އަލަށް ނެރުނު އުސޫލުގައި ބުނެފައި ވަނީ ވެކްސިނުގެ ހުރިހާ ޑޯޒެއް ފުރިހަމަ ކުރުމުން، ބޭރުގައި އެކަނި ނުވަތަ މަދު ބަޔަކާ އެކު އުޅޭ އިރު މާސްކު އަޅަން ނުޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް މީހުން ގިނަ ސަރަހައްދުތަކުގައި އުޅޭ އިރު މާސްކު އެޅުން އަދިވެސް މަޖުބޫރެވެ. މިހާތަނަށް އެމެރިކާގައި 95 މިލިއަން މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ. ސީޑީސީން އާ އުސޫލު އާއްމު ކުރުމުން ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާއިން ކޮވިޑާ ދެކޮޅަށް ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށް އުފާ ފާޅުކުރައްވާފަ އެވެ. "[ވެކްސިން ޖެހުމުން] ބަލިވުން ނުވަތަ އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށް ދައްކާ ތަފާސްހިސާބަށް އަޅުގަނޑުމެންގެ ސައިންސްވެރިން އިތުބާރު ކުރޭ،" ބައިޑެން ވިދާޅުވި އެވެ. ވެކްސިން ޖެހުމަކީ ގައުމުގެ ދިފާއުގައި ކުރާ ކަމެއްގެ ގޮތުގައި ސިފަ ކުރެއްވުމަށް ފަހު ބައިޑެން ވަނީ ވެކްސިން ނުޖަހާ ތިބި މީހުން އަވަހަށް ވެކްސިން ޖެހުމަށް އެދިވަޑައިގެންފަ އެވެ. "ވެކްސިނުގެ ބޭނުމަކީ ތިމާގެ ފުރާނަ ސަލާމަތް ކުރުން، ތިމާ ވަށައިގެންވާ އެހެން މީހުން ފުރާނަ ސަލާމަތް ކުރުން - އާއްމު ދިރިއުޅުމަށް އަނބުރާ ދެވޭތޯ ބެލުމަކީ ވެސް ވެކްސިނުގެ ބޭނުމެއް،" ބައިޑެން ވިދާޅުވި އެވެ. ސީޑީސީން ނެރުނު އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ ގޮތުގައި ބަލާނީ ފަހު ޑޯޒް ޖަހާތާ ދެ ހަފްތާ ފާއިތުވެފައިވާ މީހުންނެވެ.
adhadhu
news
0.9867
177
0.962
5996699857371cef85fe21346a268157
https://mihaaru.com/news/43998
ގާޑިއޯލާ ކޮޕީއެއް ނުކުރާނަން: އޮންރީ
މޮނާކޯ (އޮކްޓޫބަރު 18) - ކޯޗިން ކެރިއަރުގައި ކުރިއަށްދާއިރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަކީ މިސާލެއްގެ ގޮތުގައި ބެލިކަމުގައި ވިޔަސް އޭނާގެ ހުރިހާ ކަމެއް ކޮޕީނުކުރާނެ ކަމަށް ދާދި ފަހުން މޮނާކޯގެ ކޯޗުކަމާ ހަވާލުވި ފްރާންސްގެ ކުރީގެ ފޯވާޑް ތިއަރީ އޮންރީ ބުނެފި އެވެ.
mihaaru
sports
2018-10-18 09:51:09
0.8505
34
0.975
3f56dfb5c494974f77a01d19819d77b5
https://vaguthu.mv/sport/568269/
ކޮވިޑަށް ނައްސިވިޔަސް ދަގަނޑޭ ޓީމާއި ގުޅޭނީ ދުވަސްތަކަކަށް ފަހު
އެންމެފަހުން ހެދި ކޮވިޑު ޓެސްޓުން ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ނައްސިވި ނަމަވެސް އޭނާ ގައުމީ ޓީމާއި ގުޅޭނީ ކަރަންޓީނުގައި މުއްދަތެއް ހަމަކުރުމަށްފަހު ކަމަށް މައުލޫމާތު ލިބިއްޖެ އެވެ. ކުރިން ބެލެވިފައި އޮތީ އެންމެފަހުން ހެދި ޓެސްޓުން ދަގަނޑޭ ނައްސިވުމާއެކު ޓީމާއެކު ފަރިތަކުރުންތައް ފަށާނެ ކަމަށެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފުރުސަތު ނުދިނީ ޕްރޮޓޮކޯލްތަކުގައި އޮތް ގޮތުގެ ސަބަބުންނެވެ. ޕްރޮޓޮކޯލްގައި ވާގޮތުން ކުޅުންތެރިއަކު ފައްސިވާތާ 10 ދުވަސް ހޭދަކުރުމަށް ފަހު އަދި އިތުރު ޓެސްޓެއް ހަދައިގެން ނޫނީ އެ ކުޅުންތެރިއަކަށް ޓީމާއި ބަައިވެރިނުވެވޭނެ އެވެ. އެހެންކަމުން ދަގަނޑޭ އިތުރު ދުވަސްތަކެއް ނުކުޅެ ހުންނަން ޖެހެއެވެ. ނަމަވެސް ބެލެވޭގޮތުގައި އަންނަ ހުކުރުދުވަހު ޗައިނާ މެޗުގެ ކުރިން ދަގަނޑޭއަށް ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެ އެވެ. ދަގަނޑޭ ކޮވިޑަށް ފައްސިވީ މިދިޔަ މަހުގެ 29 ގައެވެ. އެއާއެކު އޭނާ މިހާރު ދަނީ ދުބާއި ގައި ކަރަންޓީނު ފުރިހަމަކުރަމުންނެވެ. އަލުން އޭނާއަށް ޓީމާއި ގުޅުމުގެ ފުރުސަތު ލިބޭނީ 10 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު އިތުރު ޓެސްޓުތަކެއް ހަދާ ނަތީޖާ ނައްސިކަން ކަށަވަރުވުމުންނެވެ. ދަގަނޑޭ އާއެކު ޓީސީގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވެސް ވަނީ ކޮވިޑަށް ފައްސިވުމާއެކު ޓީމާއި އެކަހެރިވެފައެވެ. އޭނާވެސް ޓީމާއި ގުޅޭނީ މުއްދަތު ފުރިހަމަކުރުމަށްފަހު އެވެ.
vaguthu
sports
އިސްމާޢީލް ޝާހު
0.9933
132
0.981
4fe3a63e349e09820a0b9d4d082207ed
https://mihaaru.com/news/27880
ފަހު ވަގުތު ތިނަދޫ ބަލިކޮށް މާޒިޔާ ފައިނަލާ ގާތަށް
ފަހު ވަގުތު ޔަސްފާދު ހަބީބް (މުލަކޭ) ޖެހި ލަނޑާ އެކު ފަހަތުން އަރައި 3-2 އިން ގދ. ތިނަދޫ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލުން މާޒިޔާ ޖާގަ ހޯދައިފި އެވެ.
mihaaru
sports
2017-12-09 23:52:27
0.8901
27
0.957
a36fe0c34d07eeb2685e782ead01c440
https://adhadhu.com/article/32648
އުތުރު ކޮރެއާގެ ޑްރޯންތަކެއް ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދަށް ވަދެފި
26 ޑިސެންބަރު 2022 - 16:510 ފާތިމަތު ސާޔާ އަހުމަދު އުތުރު ކޮރެއާގެ ޑްރޯންތަކެއް ބޯޑަރު ހުރަސްކޮށް ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށް ދެކުނު ކޮރެއާގެ އަސްކަރީ އޮފިޝަލުން ބުނެފި އެވެ. ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފުން ބުނީ ދެކުނު ކޮރެއާގެ ސަރަހައްދަށް ޑްރޯންތައް ވަަނީ ގިޔޮންގީ ޕްރޮވިންސް ކައިރިން ކަމަށެވެ. އޭގެ ތެރެއިން އެއް ޑްރޯން ވަނީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލްއާ ވެސް ކައިރިވެފަ އެވެ. ދެކުނު ކޮރެއާގެ ސިފައިން އިންޒާރު ދިނުމަށް ބަޑި ޖެހި އެވެ. އޭގެ ފަހުން ޑްރޯންތައް ވައްޓާލުމަށް ޖެޓުތަކާއި ހެލިކޮޕްޓަރުތައް ފޮނުވި އެވެ. އެހެން ނަމަވެސް، މިހާތަނަށް އެއްވެސް ޑްރޯންއެއް ވައްޓާލެވިފައެއް ނުވެ އެވެ. ދެކުނު ކޮރެއާގެ ސިފައިން ބުނީ މެދުކެނޑުމެއް ނެތި ޑްރޯންތަކަށް ހަމަލާދެމުންދާ ކަމަށެވެ. އެ އޮޕަރޭޝަނުގައި އުޅުނު ކޭއޭ-1 ވައިގެ އުޅަނދެއް ބިން މައްޗަށް ވެއްޓުނެވެ. އެކަމަކު އޭގައި ތިބި ދެ ޕައިލެޓުން ވަނީ ސަލާމަތްވެފަ އެވެ. އުތުރު ކޮރެއާގެ ޑްރޯންތަކެއް ދެކުނު ކޮރެއާގެ ސަރަހައްދަށް ވަދެފައިވާ އިރު، މި އަހަރު އުތުރު ކޮރެއާއިން ރެކޯޑު އަދަދަށް ހަތިޔާރު ޓެސްޓުކޮށް ދެ ކޮރެއާގެ މަޝްރަހު އޮތީ ވަރަށް ނުތަނަވަސްވެފަ އެވެ. އެންމެ ފަހުން އުތުރު ކޮރެއާގެ ޑްރޯންއެއް ބޯޑަރު ހުރަސްކޮށް ދެކުނު ކޮރެއާއަށް އެތެރެވީ މީގެ ފަސް އަހަރު ކުރިން ޖޫން 2017 ގަ އެވެ. ޑްރޯންތައް ބޭނުންކޮށްގެން ޖާސޫސްކޮށް، ހަމަލާދެވޭނެތީ ދެކުނު ކޮރެއާއިން ވަރަށް ބޮޑަަށް ކަންބޮޑުވެ އެވެ.
adhadhu
news
0.9862
154
0.96
d45afc0b5d2d56e85bca854e26bda710
https://sun.mv/150815
މޫލީ އިން އެޕަލްގެ އެންމެ ފަހުގެ ޕްރޮޑަކްޓުތައް މިހާރު ޕްރީއޯޑަރު ކުރެވޭނެ
އީ ކޮމާސް ޕްލެޓްފޯމް މޫލީއިން އެޕަލްގެ އެންމެ ފަހުގެ އައިޕެޑް ޕްރޯ، މެކްބުކް އެއާ އަދި މެކްބުކް ޕްރޯ، އުރީދޫ އެޕް މެދުވެރިކޮށް ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ. އުރީދޫ އިން ބުނީ މޫލީ މެދުވެރިކޮށް އެޕަލްގެ އެންމެ ފަހުގެ ޑިވައިސްތަކަށް ރައްކާތެރިކަމާއެކު ބީއެމްއެލް ނުވަތަ އެމްފައިސާ މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. މޫލީ ޓީމުން ބުނީ އައިޕެޑް ޕްރޯ، މެކްބުކް ޕްރޯ އަދި މެކްބުކް އެއާ ޕްރީ އޯޑަރަށް ނަގާ ފަރާތްތަކަށް އޭޕްރިލް މަހުގެ މެދުތެރޭ ޑިވައިސްތައް ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. މޫލީ ޕްލެޓްފޯމުން ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއެކު ކުރިއަށްވުރެ ގިނަ ކަސްޓަމަރުންނާ މުއާމަލާތްކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއާހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ވެސް ލިބެ އެވެ. އެ ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެފައިވާއިރު ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުސަތު ހުޅުވާލައިފަ އެވެ. މޫލީ ޓީމުން ބުނީ އިތުރު ފަރާތްތަކުން މޫލީއާ ގުޅެމުން އަންނައިރު، ކުރިއަށް ވުރެ ގިނަ ކަސްޓަމަރުންނަށް، މިހާރަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް އެ ޕްލެޓްފޯމު އޮތީ ތައްޔާރަށް ކަމަށެވެ.
sun
news
ޝަފްނާ ހުސައިން04 Apr 2021, 19:31
0.995
161
0.986
5264e3ba29de45dedc30553a7e87ee29
https://adhadhu.com/article/36160
ސާފް ޗެމްޕިއަންޝިޕްގައި ކުޅެން މެލޭޝިއާ އާއި ސައުދީ އަށް ދައުވަތުދީފި
މީގެ ހަަތަރު ދުވަސް ކުރިން ބޭއްވި ސާފްގެ އެގްޒެކްޓިވް ކޮމިޓީ ބައްދަލުވުމުގައި ވަނީ މި އަހަރުގެ ޖޫން 21 އިން .ޖުލައި 3 އަށް އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި އަށް ގައުމު ބައިވެރިކުރަން މަޝްވަރާކޮށްފަ އެވެ. އެ ގޮތުން، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މި ސަރަހައްދަށް ނިސްބަތްވާ ގައުމުތަކުގެ ތެރެއިން ސްރީ ލަންކާ އަށް ފީފާ ސަސްޕެންޝަންގެ ސަބަބުން ކުޅެވެން ނެތެވެ. އެހެންވެ، މި ސަރަހައްދުން ސާފްގައި ކުޅޭނީ އިންޑިއާ، ރާއްޖެ، ޕާކިސްތާން، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝް އެވެ. ސާފް އިން ސަރަހައްދުން ބޭރުގެ އިތުރު ދެ ގައުމަށް ފުރުސަތު ދޭން ވިސްނިއިރު، އިންޑިއާ މީޑިއާގައި އަޑުފެތުރުނީ ރަޝިއާގެ 21 އަހަރުން ދަށުގެ ޓީމާއި ތައިލެންޑަށް ފުރުސަތު ދޭ ކަހަލަ ވިސްނުމެއް އުޅޭ ކަމަށެެވެ. އެއީ ދާދި ފަހުން، ރަޝިއާގެ އަންހެން ޓީމު ވަނީ 17 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ކުޅެފައި ކަމަށްވާތީ އެވެ. އެކަމަކު، ސާފްގެ ރައީސް ބަންގްލަދޭޝްގެ ކާޒީ ސަލާހުއްދީން، މީޑިއާ އަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ސާފް ޗެމްްޕިއަންޝިޕްގެ މި ފަހަރުގެ މުބާރާތުގައި ވާދަކުރުމުގެ ދައުވަތު ފޮނުވާފައިވަނީ މެލޭޝިއާ އާއި ސައުދީ އަަރަބިއްޔާ އަށް ކަމަށެވެ. އެ ގޮތުން، ސައުދީ އަރަބިއްޔާ އިން ފުރުސަތު ބޮޑީ 23 އަހަރުން ދަށުގެ ޓީމަށް ޖާގަ ދިނުމުގެ އެވެ. އެހެން ނަމަވެސް ސައުދީ އަރަބިއްޔާ އާއި މެލޭޝިއާ ތެރެއިން އެއްވެސް ގައުމެއް އަދި މި އަހަރުގެ މުބާރާތުގައި ބައިވެރިވާނެ ކަމުގެ ފެހި ސިގްނަލް ދީފައެއް ނުވެ އެވެ.
adhadhu
news
0.9865
162
0.961
98d64803c86f751c3e52746fc50e5163
https://avas.mv/51123
ޔޫތު ލީގް - ކެތްރިކަން ބޮޑު، ރާސްތާ ދިގު ދަތުރެއް
އިހްސާން އަބްދުލް ގަނީ (ސާންތީ) ގެ ކޯޗު ކަމުގެ ދަށުން މާޖީދިއްޔާ ސްކުލުގެ 19 އަހަރުން ދަށުގެ ޓީމުން، 1997 ވަނަ އަހަރުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި އެވެ. މަޖީދިއްޔާގެ އެ ޓީމުން ފުޓްބޯޅަ ދަނޑަށް ފުންމާލި ތަރިންވީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ އުހުގައި ވިދާލި ތަރިން ކަމުގަ އެވެ. އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި މުހައްމަދު ހުސައިން (އޮއްޓޭ) އާއި ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) އަކީ، ސާންތީގެ އެ ޓީމުގައި ހިމެނުނު އެންމެ މަޝްހޫރު ތަރިންނެވެ. އެ ތަރިންގެ ވާހަކަ ފަނޑެއް ނުވާނެ އެވެ. އޭރުވެސް ޒުވާން ކުޅުންތެރިން އުފެއްދުމުގައި އުޅުނު، ސާންތީ މިހާރުވެސް ހުރީ އެ މަސައްކަތުގަ އެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓްގެ އެއް ވެރިއެއްގެ ގޮތުގައި ހުރެ، މިއަދު ދިވެހި ފުޓްބޯޅައަށް އޭނާ ދޫކޮށްލަނީ ފުޓްބޯޅައިގެ މުޅިން އާ ބާބެކެވެ. ޔޫތު ލީގްގެ ނަމުގައި މިއަހަރު 13 އަހަރުން ދަށުގެ ކެޓަގަރީން ފަށާ މުބާރާތެވެ. މުބާރާތް އެކުލަވާލާފައިވާ ގޮތުން އެއީ ކެތްތެރިކަމާއި ދިގު އިންތިޒާރެއް ކުރަން ޖެހޭނެ މަސައްކަތެކެވެ. އެ ކެތްތެރި ކަމާ ހިތްވަރު އެފްއޭއެމްގެ ބުރަކަށީގައި ހުރީ ކިހާވަރަކަށް ހެއްޔެވެ. އަށް އެކެޑެމީއާ އެކު ލީގް ފަށާއިރު، މި ލީގުން ކިހާ ހިސާބަކަށް ދެވިދާނެ ހެއްޔެވެ.ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުން ބުނެދޭ ހަގީގަތެއްވެސް އެބައޮތެވެ. ޑިވަލަޕްމެންޓްގައި އެއްގޮތެއްގައި ތިބެން ރާއްޖެއަށް އެހާ ފަސޭހަ ނޫނެވެ. ދެހާހުގެ ކުރީކޮޅުގައި ރާއްޖޭގެ ފުޓްބޯޅައަށް ނެރެދިން އެންމެ ކާމިޔާބު ތަރިން ނެރެދިނީ އިންޓަ ސްކޫލުންނެވެ. ނަމަވެސް ދެހާހުގެ ކުރީ ކޮޅު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް މެދުކަނޑާލި އެވެ. އޭގެ ފަހުން އަނެއްކާވެސް އެކަން ފެށީ އަހަރުތަކެއް ފަހުންނެވެ.މެދުކެނޑިގެން އެ ދިޔަ ވަގުތަކީ ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވި ފަޅުކަމެކެެވެ. ހުނަރުވެރި ބައިވަރު ކުޅުންތެރިންތަކެއް އެއްފަހަރާ އުފައްދަމުން ދިޔަ މުބާރާތަކަށް އޭރު އިންޓަ ސްކޫލު ވާނެ އެވެ. އެ ދެމެދުގައި އައި މެދުކނޑުމާއެކު ކުޅުންތެރިން އުފެދުން ގެޕެއް އައެވެ. ގައުމީ ޓީމުގެ އެވެނި މިވެނި މާގަމަކަށް ކުޅޭނެ ރަނގަޅު ކުޅުންތެރިން ނެތް ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކި އެވެ."އަޅުގަނޑަށް ހީވަނީ އިންޓަ ސްކޫލް މުބާރާތަށް މެދުކެނޑުމެއް ނައިނަމަ ވަރަށް ހުނަރުވެރި ކުޅުންތެރިން ގިނަ އަދަދަކަށް ފެނިގެން ދިޔައިސް،" އިންޓަ ސްކޫލު ފުޓްބޯޅަ މުބާރާތުގައި ކޮންމެ އަހަރަކު ހެން އެންމެ މޮޅު ޑިފެންޑަރުގެ އެވޯޑް ގެންދިޔަ ދިޔަ ސޮބާ ބުންޏެވެ. މިއަދު ފަށާ، ޔޫތު ލީގުން، ފޮނި މީރު ކަމެއް ލިބޭނީ އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުން އެންމެ އަވަހަށްވެސް 2023 ހާ ހަމައިންނެވެ. ގާތްގަނޑަކަށް ފަސް އަހަރެވެ. އެއީ މިއަހަރު ޔޫތު ލީގް ފަށާ ކުޅުންތެރިން ސީނިއާ ކެރިއާ ފަށާނެ ކަމަށް ބަލާ އުމުރަށްދާއިރު އަންދާޒާ ކޮށްލާފަ އެވެ. ފުރަތަމަ ބެޗު ސީނިއާ ކެރިއާއަށް ދާއިރު އެންމެ ބޭޏުންވާ ނަތީޖާއެއް ނުލިބިދާނެ އެވެ. ކެތްތެރިކަމުގެ ކަށި އެނބުރެން ފަށާ ހިސާބަކީ އެއީ އެވެ."ބަޔަކު ގަބޫލު ކުރިޔަސް ނުކުރިޔަސް އަޅުގަނޑު އަބަދުވެސް ކުރާ ހިތްވާ ކަމެއް އާ ކުޅުންތެރިން އުފެއްދުމަކީ، އޭރުވެސް މި ހުރީ މި މަސައްކަތުގައި، މިހާރުވެސް މިހުރީ މި މަސައްކަތުގައި އަބަދުވެސް އަޅުގަނޑު ކުރަން ބޭނުވާ ކަންތައް މިއީ،" އެފްއޭއެމްގެ ޑެޕިޔުޓީ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގައި ހުރި ސާންތީ ބުންޏެވެ. "އަޅުގަނޑު އެފްއޭއެމްއާ ގުޅުނީވެސް މިހާރު އެފްއޭގެ މިއޮތް މެނޭޖްމެންޓްގެ މި ވިސްނުން ހުންނާތީ އެފްއޭއެމްގެ ރައީސް [ބައްސާމް އަދީލް] ގެ ވިސްނުންވެސް ހުރި މިގޮތަށް، މި އޮތް މެނޭޖްމެންޓް އޮތިއްޔާ މިކަން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް."އެފްއޭއެމްގެ ވިސްނުން ހުރީ މި އަހަރު 13 އަހަރުން ދަށުން ފެށި ނަމަވެސް އަހަރު އަހަރަށް އުމުރުފުރާ އިތުރު ކުރުމަށެވެ. މިއަހަރު 13 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަ ކުރާ ކުދިން އަންނަ އަހަރު ވާދަ ކުރާނީ 14 އަހަރުން ދަށުގެ ކެޓަގރީގަ އެވެ. އަދި އަންނަ އަހަރު 12 އަހަރު ފުރޭ ކުދިން އަންނަ އަހަރު 13 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަ ކުރާ ގޮތަށެވެ. އެކެޑެމީ ތަކުގެ ލީގް ފަރުމާކޮށްފައިވަނީ، މުބާރާތުގައި ވާދަ ކުރާ ޓީމުތަކުގެ ކުދިންނަށް ލިޑާޝިޕާއި މިޑިއާ ރިލޭޝަންގެ ރަނގަޅު ކުދިންނަށް ވުމަށް މަގުފަހިވާ ގޮތަށެވެ. މުބާރާތުގެ ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ޓީމުތަކުގެ ކުދިން ކެމެރާގެ ކުރިމަތީގައި އިންޓަވިއު ދިން މަންޒަރު އަޅުގަނޑު ދުށީމެވެ.ރަނގަޅު ކޯޗުންގެ ބެލުމުގެ ދަށުން ތަމްރީން ފޯރުކޮށްދިނުމަކީ އެންމެ މުހިންމު އަސާސް ކަމަށް ސާންތީ ގަބޫލު ކުރެ އެވެ. އޭނާ ބުނީ އެކެޑެމީތަކުގެ ޓީމުގައި ލިސްޓްކޮށްފައިވާ ކޯޗުންނަކީ، އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ)ން ގަބޫލު ކުރާ ލައިސެންސެއް އޮތް ކޯޗެއް ކަމުގައި ވާން ޖެހޭނެ ކަމަށެވެ."މިހާރު އެކެޑެމީ ޓީމުގައި ތިބި ކޯޗުން އިތުރަށް ތަމްރީން ކުރުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ކުރާނަން،" ސާންތީ ބުންޏެވެ. "އަދި އަހަރުން އަހަރަށް ކުޅުންތެރިންނަށް އަންނަ ކުރިއެރުން ވަޒަން ކުރުމަށް ފަހު އެފްއޭއެމްއަށް ރިޕޯޓް ހުށަހެޅުމަށްވެސް އެކެޑެމީތަކަށް ބާރު އަޅާނަން." އިންޓަ ސްކޫލުގެ އެންމެ ކާމިޔާބު ދުވަސް ވަރު، ރާއްޖޭގެ މަސައްކަތް ކުރި އެންމެ ކާމިޔާބު ކޯޗުން ސްކޫލްތަކުގެ ޓީމުތަކަށް ކޯޗުކޮށްދޭން ދިޔަ އެވެ. ސާންތީގެ އިތުރުން، ކުރިން ނިއު ރޭޑިއަންޓަށް ކޯޗް ކޮށްދިން ޝްރީ ލަންކާގެ ސްމިތު ވަލަޕޮލަ އާއި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކުރީގެ އެސިސްޓެންޓް ކޯޗް ލިރުގާމު ސައީދު (ލަރޭ) އާއި ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ވަނީ ސްކޫލުތަކުގެ ޓީމުތަކަށް ކޯޗު ކޮށްދީ ކާމިޔާބު ހޯދާފަ އެވެ. އެ ކޯޗުންގެ ދަށުން ނިކުތް ކުޅުންތެރިވީ ރާއްޖޭގެ ފުޓްބޯޅައިގައި އުފެއްދި އެންމެ ކާމިޔާބު ކުޅުންތެރިން ކަމުގަ އެވެ.ޔޫތު ލީގާމެދު އުންމީދުތަކެއް ކުރެވެ އެވެ. މިއަދު 13 އަހަރުން ދަށުގެ ކެޓަގަރީން ފަށާ ކުދިން، ސީނިއާ ލެވަލްއާ ހަމަޔަށް ދާއިރު ހުނަރުވެރި ކުޅުންތެރިންނަށް ވުމަކީ ކުރެވޭ އެންމެ ބޮޑު އުންމީދެވެ. މިއީ ދިގު އިންތިޒާރެއްވެސް ކުރަން ޖެހޭ ކަމަކެވެ. ހަމައެޔާއެކު މި މުބާރާތް ދެމެހެއްޓެނިވި ގޮތުގައި މެދުކެނޑުމެއް ނެތި ގެންދިއުމަކީ އެންމެ މުހިންމު އެކަންތަކެވެ.މި ލީގުން ކާމިޔާބާ ހަމަޔަށް ދިއުމަށް އިންތިޒާމު ކުރަންތިބި އެފްއޭއެމްގެ ޓީމުގެ ކިބައިގައި ކެތްތެރި ހުންނަން ޖެހެއެވެ. ސާންތީ ބުނީ އޭނާ އާއި އެފްއޭއެމްގެ ކިބައިގައި ކެތްތެރިކަން އެބަހުރި ކަމަށެވެ. މަޖީދިއްޔާއިން ނިކުތް އޮއްޕޮ އާއި އަލީ އަޝްފާގް ދަގަނޑޭ ފަދައިން، ޔޫތު ލީގްގެ ތެރެއިންވެސް ހުނަރުވެރި ކުޅުންތެރިންތަކެއް ފެނިގެންދާނެ ކަމަށް އުންމީދު ކުރަމެވެ.
avas
news
0.9918
635
0.977
b3b533c2cbfca8986600a270b5bb93b5
https://adhadhu.com/article/14103
އަތޮޅު ގެތަކުގެ މިލްކުވެރިކަން ދޫކޮށްލަން ސަރުކާރުން ބޭނުމެއް ނުވޭ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގެންގުޅުނު މަރުކަޒީ ސިޔާސަތުގެ ދަށުން ކައުންސިލުތަކުގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި އަތޮޅު ގެތައް ސީދާ ސަރުކާރުގެ ދަށަށް ގެނައީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ގާއިމްކޮށްފައިވާ އަތޮޅު ގެތަކުގެ މިލްކުވެރިކަން އެ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ދަށަށް އަލުން ގެންނަން، އަލަށް އިންތިހާބުވި ކައުންސިލުތަކުން ދަނީ ސަރުކާރާއެކު މަޝްވަރާކުރަމުންނެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގައި އަތޮޅު ކައުންސިލްތައް ތަމްސީލުކުރައްވާ މެމްބަރު އަދި ކ. އަތޮޅުގެ ރައީސް މުހައްމަދު ނިމާލް މިއަދު "އަދަދު"އަށް ވިދާޅުވި ގޮތުގައި މިހާރު ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި އަތޮޅު ގެތަކީ އެ އަތޮޅެއްގެ ރައްޔިތުންގެ ރަމްޒެއް ކަމަށް ކައުންސިލުތަކުން ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން، މީގެ ދެ ދުވަސް ކުރިން ހޯމް މިނިސްޓްރީއާ އެކު އޮންލައިންކޮށް ބޭއްވުނު ބައްދަލުވުމެއްގައި އެ މަޝްވަރާތައް ކުރެވުނު ކަމަށް ނިމާލް ހާމަކުރެއްވި އެވެ. "މިއީ އަޅުގަނޑުގެ އެކަނި ހިޔާލެއް ނޫން. އެމްޑީޕީގެ އަތޮޅު ކައުންސިލުގެ ރައީސުން ވެސް ހިމެނޭ ގޮތަށް ހުރިހާ ކައުންސިލުތަކުން ވެސް އެގޮތަށް ބޭނުންވަނީ. އެގޮތަށް އަޅުގަނޑު ކައިރީގައި ވެސް އެދެމުންދަނީ،" ޕީޕީއެމްގެ ޓިކެޓުގައި ކ. އަތޮޅު ކައުންސިލުގެ ރައީސަކަށް އިންތިހާބުވެވަޑައިގެންނެވި ނިމާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ފަސް އަހަރަކުން ސަރުކާރުތައް ބަދަލުވާއިރު، އަތޮޅުތަކުގެ ރައްޔިތުން ބޭނުންވަނީ އެ މީހުން ތަމްސީލުކުރަން ހޮވާފައިތިބޭ ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި އަތޮޅު ގެތައް ބޭއްވުމަށެވެ. "އެ ބޭފުޅުން ވިދާޅުވަނީ އަތޮޅު ގެއަކީ އެ އަތޮޅުގެ ރައްޔިތުންގެ ރަމްޒެކޭ. ރައްޔިތުންގެ ފަހުރެކޭ،" ނިމާލް ވިދާޅުވި އެވެ. ކައުންސިލުތަކުން އެގޮތަށް އެދެމުންދާތީ، ހޯމް މިނިސްޓްރީން އިސްވެ ވަނީ އެކަމުގެ ލަފާއަކަށް ވަޒީރުންގެ މަޖިލީހަށް ހުށަހެޅިކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެކަމާމެދު މަޝްވަރާކުރުމަށްފަހު "އަދަދު"އަށް އެނގިފައިވާ ގޮތުގައި ކެބިނެޓުގައި ނިންމާފައިވަނީ މިހާރު އޮތް ގޮތަށް ސަރުކާރުގެ މިލްކުވެރިކަމުގެ ދަށުގައި އަތޮޅު ގެތައް ބޭއްވުމަށެވެ. އެކަމާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ކެބިނެޓުން އެގޮތަށް ނިންމިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމުގެ މައުލޫމާތު ބައްލަވައި ދެއްވާނެ ކަމަށެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު މި ސަރުކާރުން ވަނީ މައި ސަރުކާރުގެ ދަށުގައި އޮތް ބޮޑެތި ބާރުތަކެއް ކައުންސިލުތަކުގެ އަތް މައްޗަށް ދޫކޮށްލައިފަ އެވެ. އެގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން، ބިމާއި، ރަށާއި، ފަޅާއި، ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓް ކައުންސިލުތަކަށް ލިބޭނެ އެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ އިތުރުން، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އޭގެ އިތުރުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގުވެސް ކައުންސިލްތަކަށް މިހާރު ގާނޫނުގެ ތެރެއިން އޮތީ ފަހިކޮށްދީފަ އެވެ. އަދި ރަށު ލެވެލްގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ އަގު ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ކައުންސިލްތަކުން ހިންގާ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ.
adhadhu
news
0.9905
313
0.973
e476725215019d88cf9826ab4bb60f91
https://vaguthu.mv/world-news/724468/
ބަޑިން ހަމަލާދީ އިސްރާއީލްގެ މީހަކު މަރާލައިފި
ބަޑިން ހަމަލާދީ އިސްރާއީލުގެ މީހަކު މަރާލައިފިއެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި މަރާލާފައިވަނީ އިސްރާއީލުގެ ސެކިއުރިޓީ ގާޑުކަން ކުރަމުން ދިޔަ ފިރިހެނެކެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކަށް ނިރުބަވެރި އިސްރާއީލުން ގަވައިދާ ހިލާފަށް ވެރިވެގަނެ ވަނީ އިސްރާއީލުގެ މީހުން އާބާދު ކޮށްފައެވެ. ސެކިއުރިޓީ ގާޑު މަރާލަން ހަމަލާދިނީ ނޫކުލައިގެ ސުޒުކީ ކާރެއްގައި ދިޔަ ބައެއް ކަމަށް އިސްރާއީލުގެ މީޑިއާއިން ވަނީ ބުނެފައެވެ. އެމީހުންގެ ތެރެއިން އެކަކު ކާރުން ފޭބުމުގެ ކުރިން ސެކިއުރިޓީ ޕޯސްޓާއި ދިމާލަށް ބަޑި ޖަހަން ފެށި ކަމަށާއި އޭގެ ފަހުން ދެމީހުން ވެސް ކާރުން ފައިބާ އިސްރާއީލުގެ ސެކިއުރިޓީ ގާޑާއި ދިމާލަށް ބަޑި ޖެހި ކަމަށް އެމީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. އޭނާ މަރާލުމަށްފަހު އެ ދެމީހުންގެ އެސަރަހައްދުން ފިލާފައިވާ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. މި ހަމަލާއާއި ގުޅިގެން ފަލަސްތީނުގެ ހަމާސް ޖަމާއަތުން ވަނީ ހަމަލާދިން މީހުންނަށް ތައުރީފު ކޮށްފައެވެ. އެގޮތުން ހަމާސް އިން ބުނެފައިވަނީ ހަމަލާ ދިނީ "ބަތަލުން" ކަމަށެވެ. ފަލަސްތީނުގެ ބައެއް މީޑިއާތަކުން ދަނީ އެސަރަހައްދުގައި ހުރި ފަލަސްތީނު ގެތަކުގެ ސެކިއުރިޓީ ކެމެރާތަކުގެ ވީޑިއޯތައް ފޮހެލުމަށް ގޮވާލަމަުންނެވެ. އެގައުމުގެ މީޑިއާތަކުން ބުނެފައިވަނީ "ބަތަލުން" ހޯދަން އިސްރާއީލުން ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭނީ އެގޮތް އިހުތިޔާރު ކޮށްގެން ކަމަށެވެ.
vaguthu
news
ހުސައިން ޝަރީފް
0.9956
133
0.988
73317de5cf513a69848f82b2fd113d23
https://mihaaru.com/news/116857
ބެސިކްޓާސް އިން ވެގޯސްޓް ދޫކޮށްލަން ދެކޮޅު، އެކަމަކު ޔުނައިޓެޑް އުއްމީގުގައި
މެންޗެސްޓާ (ޖެނުއަރީ 10) - ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތައް ފޫބައްދަން މެންޗެސްޓާ ޔުނައިޓެޑުން އަމާޒު ހިފާފައިވާ ނެދަލެންޑްސްގެ ފޯވާޑް ވައުޓް ވެގޯސްޓް ގެންނާށެވެ.
mihaaru
sports
2023-01-10 13:07:57
0.7935
19
0.962
506964c5767745fa025e51a45bb29fc3
https://avas.mv/56395
އާ ސަރުކާރުން އާސަންދައިގެ 1.2 ބިލިއަން ރުފިޔާގެ ބިލާ ހަވާލުވާން ޖެހޭ
އާސަންދައިގެ އެކި ހަރަދުތަކަށް ސަރުކާރަށް ބިލް ނައިސްހުރި ނުވަތަ ބިލް ނުކުރެވިހުރި އެއްބިލިއަނަށްވުރެ ގިނަ ރުފިޔާގެ ބިލްތަކާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ސަރުކާރަށް ހަވާލުވާން ޖެހޭ ކަމަށް ލަފާކުރެވޭ ކަމަށް ޓްރާންސިޝަނަލް ކޮމިޓީ އިން ބުނެފި އެވެ. ޓްރާންސިޝަން ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ މުހައްމަދު ނާޝިޒް ވިދާޅުވީ، 2017 ވަނަ އަހަރުވެސް ނުދައްކާހުރި ބިލްތަކެއްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާގެ ބިލް އެބަހުރި ކަމަށާއި އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ނުދައްކާ ހުރި ބިލްތަކުން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނީ ކިހާވަރެއްކަން ނޭންގޭ މައްސަލަ ކަމަށެވެ. އެމްޑީޕީގެ އިގްތިސޯދީ ކޮމިޓީގެ ނައިބް އިބްރާޙިމް އަމީރު ވިދާޅުވީ، ޓްރާންސިޝަން ކޮމިޓީ އިން އެކި ތަންތަނަށް ކުރި ޒިޔާރަތްތަކުގައި އެނގިގެން ދިޔަ ކަމަކީ އާސަންދާގައި ވެސް ވަރަށް ބޮޑު ލޫޕް ހޯލެއް އިން ކަމަށާއި ހަރަދު ކުރެވޭ ނުކުރެވޭ ގޮތްވެސް ނޭންގިފައިވާ ކަމަށެވެ. "އަޅުގަނޑުމެންނަށް އެބަ ލަފާކުރެވޭ އަދި ސަރުކާރަށް ބިލް ނައިސްހުރި، ބިލް ނުކުރެވިހުރި އެއްބިލިއަން ރުފިޔާގެ ބިލް، އަޅުގަނޑުމެން ސަރުކާރާ ހަވާލުވީމަ އަންނާނެ ކަމަށް، އެއީ 2019 ވަނަ އަހަރުގެ ބަޖެޓް ހެދީމަ، އަމިއްލަ ސިޔާސަތުތައް ހިންގަން ލިބޭނެ ވަރަށް ބޮޑު ގޮންޖެހުމަކަށްވާނެ،" އަމީރު ވިދާޅުވީ، މި ބަޖެޓަކީ އިބޫގެ ފަރާތުން ހުށަހެޅިފައިވާ ބަޖެޓެއް ނޫން ކަމަށާއި ވެފައިވާ ވައުދުތަކާއި މެނިފެސްޓޯގައި ހިމެނޭ ކަންކަން ބަޖެޓްގައި ހިމަނަން ފުރުސަތުވެސް ވަގުތުވެސް ލިބިފައިނުވާ ކަމަށެވެ. "އަސްލު ހަގީގަތުގައި މިނިސްޓްރީތަކުން ލިބެންޖެހޭ މިންވަރަށް އެންމެ ބޮޑު އެހީއެއް ނުލިބެ، މުޅި ބަޖެޓަކީ އަޅުގަނޑުމެންގެ ބަޖެޓެކޭ ދެންނެވޭކަށްނެތް، އަޅުގަނޑުމެން ހިމަނާފައިވާނެ ހިންގަން ބޭނުންވާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް، އަޅުގަނޑުމެން ފޮނުވާފައިވާނެ ފިނޭންސްއަށް އަޅުގަނޑުމެން އަލަށް ފަށަން ބޭނުންވާ ޕްރޮޖެކްޓްތައް،" އަމީރު ވިދާޅުވި އެވެ. އަމީރު ވިދާޅުވީ، އުންމީދަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ބަޖެޓް ސާޕްލަސް ވެގެން ދިއުން ކަމަށާއި މިހާރު އިތުރުވެފައިވާ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ގެންނަން ބޭނުންވާ ކަމަށެވެ. މި ބަޖެޓްގައި ދަރަނި ވަރަށް ބޮޑު ކަމަށާއި އެހެންކަމުން ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ޖާގަ ނުލިބޭ ކަމަށްވެސް އަމީރު ވިދާޅުވި އެވެ. "މި ސަރުކާރުގެ ދަރަނި އަދާކުރަން ހަތަރު ބިލިއަނަށްވުރެ ގިނަ ރުފިޔާ އެބަދޭ، އެހެން ކަމުން ރަށްރަށުގައި އަޅުގަނޑުމެން ހިންގާ މަޝްރޫއުތައް ހިންގުމުގެ ޖާގަ ވަރަށް ކުޑަވެގެން އެބަދޭ. ދައުލަތަށް ލިބޭ އާންމުދަނީ 23 މިލިއަން ލިބޭނެ ކަމަށް އުންމީދު ކުރަނީ،" އަމީރު ވިދާޅުވި އެވެ.
avas
news
0.9927
258
0.979
ecac61749cf19aea19f283f79b0bfe08
https://vaguthu.mv/religion/192707/
ޢީދު ނަމާދާއެކު މިސްކިތްތަކާ އަލްވަދާޢު ކިޔާ ބަޔަކަށް ވެގެން ނުވާނެ - ޚުތުބާ
ރަމަޟާން މަހުގައި ހޭދަކޮށް، ރަމަޟާން މަހުގައި ނަމާދަށް ފަރުވާތެރިވެ، ބަރާބަރަށް މިސްކިތަށް އަރާ އުޅުމަށްފަހު އެމަސް ނިމުމުން މިސްކިތްތައް ދޫކޮށްލާ މީހަކަށް ވެގެން ނުވާނެ ކަމަށް ޚުތުބާގައި ވަސީއަތް ކޮށްފިއެވެ. މިއަދުގެ ހުތުބާގައި ބުނެފައި ވަނީ ރަމަޟާން މަސަ އަލްވަދާއު ކިޔާ އިރު، އަމިއްލަ ނަފްސާ ކުރަން ޖެހޭ ސުވާލަކީ، ރަމަޟާން މަހުގެ ރޯދައިގެ ފައިދާ ލިބިގަނެވުނީ ކިހާ މިންވަރަކަށްތޯ ކުރެވޭ ސުވާލި ކަމަށެވެ.އެ ސުވާލުގެ ޖަވާބު ދެއްވުމަށް އިލްމުވެރިން ބަޔާން ކޮށްފައިވާ ގޮތަކީ ރަމަޟާން މަސް ނިމުމަށްފަހުގައިވެސް ހެޔޮ ކަންތަކުގައި ދެމިހުރުން ކަމުގައި ހުތުބާގައި ބަޔާން ކޮށްފައިވެއެވެ. "ރަމަޟާން މަހަށް ފަހުގައިވެސް ހެޔޮ ކަންތަކުގައި ދެމި ހުރެވިއްޖެ ނަމަ، އެއީ އޭނާގެ ރޯދަ ﷲ ގަބޫލު ކުރެއްވި ކަމުގެ އަލާމާތެކެވެ. އެއާ ޚިލާފަށް އެ މައްސަރު ނިމި ދިޔުމަށްފަހު އަޅުކަމާއި ދުރަށް ދެވޭ ނަމަ އޭނާގެ ރޯދަ ﷲ ޤަބޫލު ނުކުރައްވާ ކަމުގެ އަލާމާތެކެވެ." ހުތުބާގައި ބުނެފައިވެއެވެ. އޭގެ އިތުރުން ހުތުބާގައި ބުނެފައި ވަނީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ރަމަޟާން މަހުގެ އަޅުކަމުގައި ވަރަށް ބޮޑަށް ހީވާގިވެ އުޅެ، ރަމަޟާން މަހުގެ ގިނަ ނަމާދުތަކަށް ޖަމާއަތަށް މިސްކިތަށް އެރުމަށްފަހު ޢީދު ނަމާދާއެކު މިސްކިތާ އަލްވަދާއު ކިޔާ މީހުން ކަމަށެވެ. އެހެން ނަމަވެސް އެއީ މުއިމިނުންގެ ގޮތް ނޫން ކަމަށާއި، މުއިމިނުންނަކީ ހެޔޮ އަމަލުތައް ކުރުމުގައި ދެމި ތިބޭނެ ބައެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އޭގެ އިތުރުން ރަމަޟާން މަހުގައި ކުރި ރޭ އަޅުކަމާއި، އެފަދަ އެހެންވެސް އަޅުކަންތަކަށް ބޮޑާވެ ނުގަތުމަށާއި، ރަމަޟާން މަހަށްފަހުވެސް، ޒިކުރު ކުރުމާއި ނަމާދު ކުރުމުގައި ދެމި ތިބުމަށް ހުތުބާގައި ބަޔާން ކޮށްފައިވެއެވެ.
vaguthu
religious
މުޙައްމަދު ޝަމްޢޫން
0.9939
168
0.983
bf606c16d6e4c03131828d38a4604881
https://mihaaru.com/news/44196
ވަގުތީ ނަތީޖާ އިއުލާން ކުރީ ރައީސަށާއި ސަލާމަތީ ބާރުތަކަށް ކުރިން އެންގުމަށް ފަހު: ޝަރީފު
ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފެށުމުގެ ކުރިން، އިންތިޚާބުގައި ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހްމަދު ޝިޔާމާއި އޭރު އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒަށް ގުޅުއްވައި ނަތީޖާ ދެންނެވި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
mihaaru
news
2018-10-22 14:14:23
0.859
42
0.978
bfe171d004b622802d6206868fea238c
https://sun.mv/168956
ބިސް ނޮޅަން މުޅިން އާ ގޮތެއް
ސޯޝަލް މީޑިއާގައި އެކި މީހުން ގެނެސްދޭ 'ލައިފް ހެކްސް' އިން ބައެއް ފަހަރު މީހުން ސިއްސުވާލައެވެ. މިފަހަރުވެސް މިއޮތީ އެކަހަލަ ކަމެއް ކޮށްލާފައެވެ. ފެނުކެއްކި ބިސް ނޮޅުމަކީ މާ އުނދަގޫ ކަމެއް ނޫނަސް ބައެއް މީހުންނަށް މިއީވެސް އުނދަގޫ ޓާސްކެކެވެ. ނޮޅަމުން ނޮޅަމުން ގޮސް ނިމޭ އިރު ބިހުގެ ދެބައިކުޅަ އެއްބައި އޮންނަނީ ތޮށިގަނޑުގައެވެ. މިކަންވެސް ކުރާނެ ފަސޭހަ އަވަސް ގޮތެއް ޔޫޓިއުބުން ދައްކާލައިފިއެވެ. 'މިރޭ މިއުޅެނީ ބިހެއް ކައްކައިގެން މިކަން ވޭތޯ ބަލަން' ޖަހައި ސޯޝަލް މީޑިއާ އިންފްލުއެންސާ މެކްސް ކްލިމެންކޯގެ ވީޑިއޯ ކްލިޕްއެއް ޔޫޓިއުބްގެ ވެރިފައިޑް އެކައުންޓުން ވަނީ ޕޯސްޓުކޮށް ގިނަ ބައެއްގެ ސަމާލުކަން ދަމައިގަނެފައެވެ. ކުރު ވީޑިއޯ އިން ފެންނަނީ މެކްސް ބިހެއް ނޮޅާނެ މުޅިން އާ ގޮތެއް ކިޔައިދޭ މަންޒަރެވެ.. އެންމެ ފުރަތަމަ ފެންނަނީ މެކްސް ކައްކާފައިވާ ބިހުގެ ތިރީގައި ލޯވަޅެއް އަޅައި މަތީގައިވެސް ލޯވަޅެއް އެޅި މަންޒަރެވެ. ދެން އެޅި ކުޑަ ލޯވަޅަށް އަނގައިން ފުމެލުމުން ސިކުންތެއްގެ ތެރޭގައި ބިސް 'ނޮޅިގެން' މެކްސްގެ އަތަށް ވެއްޓެއެވެ. މި ވީޑިއޯ އެންމެ ފުރަތަމަ މެކްސް ޕޯސްޓުކުރީ އޭނާގެ އަމިއްލަ އެކައުންޓުގައި މި އަހަރު ފެބްރުއަރީ މަހުއެވެ. އެހެންނަމަވެސް، ވީޑިއޯ ވައިރަލްވެ ގިނަ ބަޔެއްގެ ސަމާލުކަން ލިބުނީ ޔޫޓިއުބްގެ ވެރިފައިޑް އެކައުންޓުން ޝެއާ ކުރުމުންނެވެ. މި ވީޑިއޯ އަށް އެއް މިލިއަންއަށް ވުރެ ގިނަ ވިއުސް ލިބިއްޖެއެވެ. ވީޑިއޯ އަށް ކޮމެންޓުކުރި ބައެއް މީހުން ބުނި ގޮތުގައި، ބިސް ނޮޅުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. މި ގޮތަށްވެސް މިކަން ވޭތޯ ބަލާލާނީއެވެ.
sun
news
07 Oct 2022, 11:31
0.9933
160
0.981
d4db8ce0eae80a9fc60840d810fcb387
https://mihaaru.com/news/30748
ސަލްމާން ބުނަނީ "އަންހެން ކުއްޖަކު ލިބިއްޖޭ"
ސަލްމާން ޚާންގެ ކައިވެނީގެ ވާހަކަ ދެކެވޭތާ އެތައް އަހަރެއް ވެއްޖެ އެވެ. ކުޑަކުދިން ދެކެ ވަރަށް ލޯބިވާ ކަމަށް ސަލްމާން އަބަދުވެސް ބުނެ އެވެ. ނަމަވެސް ކައިވެންޏެއް ކުރާކަށް ބޭނުމެއް ނުވެ އެވެ.
mihaaru
entertainment
2018-02-08 07:29:12
0.9547
24
0.982
3704a5d2d7a6092bef5e392fff7cda99
https://vaguthu.mv/news/290351/
ކަނޑުމަތީގައި އެކްސިޑެންޓެއްވެ ބަޔަކަށް އަނިޔާވެއްޖެ
ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ އެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 11:10 ހާއިރު ކަމަށެވެ. އަދި އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ މާމިގިލީ އަރިޔަދޫ ކަންމަތިން ސަން އައިލޭންޑްގެ ލޯންޗެއް ފަތުރުވެރިން މޫދަށް ބާލައިގެން އެ ސަރަހައްދުގައި މަޑުކޮށްގެން އޮއްވާ އެހެން ލޯންޗެއް ކޮންޓްރޯލް ނުވެގެން އައިސް ސަން އައިލޭންޑުގެ ލޯންޗުގައި ޖެހިގެން ކަމަށެވެ. މި ހާދިސާގައި ސަން އައިލޭންޑް ލޯންޗުގައި ތިބި ބައެއް ފަތުރުވެރިންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު ލޯންޗަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި ހާދިސާގައި އަނިޔާ ލިބުނު ފަތުރުވެރިންނަށް މާމިގިލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
vaguthu
news
މޫސާ އަލީ
0.9943
84
0.984
7b697c5e19694d232e0c1481ad4ae825
https://mihaaru.com/news/44348
ބާސެލޯނާ ދެ ވަނަ ބުރާ ގާތަށް، ޓޮޓެންހަމަށް ޕްރެޝަރު
ބާސެލޯނާ (އޮކްޓޫބަރު 25) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިންޓަ މިލާންގެ މައްޗަށް 2-0 އިން ކުރިހޯދައި ބާސެލޯނާ މުބާރާތުގެ ދެ ވަނަ ބުރާ ގާތަށް ޖެހިލިއިރު، ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުން 2-2 އިން ޕީއެސްވީ އެއިންދޯވަންއާ އެއްވަރުވެ މުބާރާތުގައި ކުރިއަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ.
mihaaru
sports
2018-10-25 09:03:44
0.8492
37
0.95
384d2a4c0544319569c311329113ff94
https://vaguthu.mv/news/750400/
އީދު ހަރަކާތެއްގައި ސްކައުޓް ޔުނިފޯމް ބޭނުން ކުރުމުން އެކަން ކުށްވެރިކޮށްފި
ތ. ކިނބިދޫގައި ބޭއްވި އީދު ކުޅިވަރެއްގައި ސްކައުޓް ޔުނީފޯމް ބޭނުން ކޮށްފައި ވުމުން ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުން އެކަން ކުށްވެރިކޮށްފިއެވެ. ސްކައުޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްކައުޓް ހަރަކާތަކީ ހުނަރުވެރި ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް މަސައްކަތް ކުރާ ދުނިޔޭގައި އޮތް ނުރަސްމީ ތައުލީމު ފޯރުކޮށްދޭ އެންމެ ބޮޑު ޖަމިއްޔާ ކަމަށެވެ. އަދި އެ އެސޯސިއޭޝަނަކީ ސިޔާސީ ވަކި ފިކުރަކަށް ނިސްބަތް ނުވާ، ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. "ސްކައުޓުންނަކީ ރަށު ފެންވަރުގައި އާއި އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ވެސް ހިދުމަތް ކުރުމުގައި ނަމޫނާ ދައްކާ ބައެއް." ސްކައުޓް އެސޯސިއޭޝަނުން ބުނެފައި ވެއެވެ ސްކައުޓް ޔުނިފޯމާއި ސްކައުޓް ހަރަކާތުގެ އެކިއެކި ރަމްޒުތަކަކީ ސްކައުޓް ހަރަކާތުގެ ވައުދުވެ، އެ ހަރަކާތްތަކުގައި ބައިވެރިވާ މީހުން އެކަނި ބޭނުންކުރުމަށް އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދާއި ދުނިޔޭގެ ސްކައުޓް ޖަމިއްޔާ އިން ހުއްދަކުރާ އެއްޗެހި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ސްކައުޓް އެސޯސިއޭޝަނުގެ ހުއްދަ ނެތި އެ ތަކެތި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް ބުނެފައި ވެއެވެ. ބަޔާނުގައި ބުނެފައި ވަނީ ސްކައުޓް ޔުނިފޯމަށް ދެވޭ ގަދަރުކުޑަވާ ގޮތަށް އެެއްވެސް ފަރާތަކުން ޔުނިފޯމު ބޭނުންކުރުމަކީ އެ އެސޯސިއޭޝަނުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. "ކުޑަކުދިންނާއި ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ހަރަކާތެއްގެ ހައިސިއްޔަތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުނުކުރުމަށް އެދެން." ބަޔާނުގައި ބުނެފައި ވެއެވެ. އެ އެންގުމާ ހިލާފަށް އަމަލުކުރާ މީހުންނާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ސްކައުޓް އެސޯސިއޭޝަނުން ބަޔާނުގައި ބުނެފައި ވެއެވެ.
vaguthu
news
ފާތިމަތު ސައުޝަން އަލީ
0.9957
167
0.988
521730b9a91dad836ef7d92bd807b347
https://vaguthu.mv/news/57356/
ފުވައްމުލަކު ކައުންސިލުގެ ފަސް މުވައްޒަފެއްގެ އިތުރު ގަޑިއަށް 440،000 ރުފިޔާ އަރައިފި
ފުވަންމުލަކު ކައުންސިލުގެ ފަސް މުުވައްޒަފެއްގެ އިތުރު ގަޑީގެ ގޮތުގައި މުސާރައަށް ޖުމްލަ 400،000 ރުފިޔާ އިތުރުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ ކައުންސިލްގެ 36 މުވައްޒަފެއްގެ އިތުރު ގަޑީގެ ފައިސާ އަށް 1،250،966 ރުފިޔާ ޚަރަދުކޮށްފައިވާއިރު އޭގެ ތެރެއިން 445925ރ. އަކީ އެންމެ ފަސް މުވައްޒަފެއްގެ އިތުރު ގަޑީގެ ފައިސާ އެވެ. އެހެން ކަމުން ޖުމްލަ އިތުރު ގަޑީގެ 35 އިންސައްތަ ލިބިފައި ވަނީ އެ ފަސް މުވައްޒަފުންނަށެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން މިގޮތައް ކަންތައް ދިމާވެފައި ވަނީ މުވައްޒަފުންގެ އިތުރު ގަޑީގެ ކަންތައް ރަނގަޅަށް ބަލައި މޮނިޓާ ކޮށް ލޮގް ކުރާ ގަޑިތައް ސުޕަވައިޒަރުން ގަވާއިދުން ނުބަލާތީއެވެ. އެ ރިޕޯޓުގައިވާ ގޮތުން އޭގެ ތެރެއިން އެއް މުވައްޒަފަކަށް އިތުރު ގަޑީގެ ފައިސާ އަށް ލިބުނު އަދަދު އެ މުވައްޒަފުގެ މުޅި އަހަރުގެ މުސާރަ އަށް ވުރެ ވެސް ބޮޑެވެ. އަހަރުގެ ޖުމްލަ މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 67،000ރ. އެ މުވައްޒަފަށް ލިބުނު އިރު އިތުރު ގަޑީގެ ގޮތުގައި އެ އަހަރު 87،000ރ. އެ މުވައްޒަފަށް ދީފައިވެ އެވެ. މީގެ އިތުރުން އަހަރަކު ގާތްގަނޑަކަށް 125،000ރ. ގެ މުސާރަ ލިބޭ މުވައްޒަފަކަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި އެ އަހަރު 118،000ރ. ދީފައިވާކަން ފާހަގަ ކުރެވެއެވެ. އިތުރު ގަޑީގެ މަސައްކަތްތައް ކުރަން ޖެހެނީ އެ ތަނެއްގެ ވެރިއެއްގެ ހުއްދަ ލިބިގެން ކަމަށް ސިވިލް ސާވިސް ގަވާއިދުގައި އޮތް ނަމވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ސިޓީ ކައުންސިލްގެ މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ކުރީ ވެރިއަކު ހުއްދަ ދީގެން ކަން ލިޔުމުން އެނގެން ނެތް ކަމަށެވެ. މީގެ އިތުރުން ވެސް އެ ކައުންސިލްގެ މުނިސިޕަލް މުވައްޒަފުންނަށް ވެސް އިތުރު ގަޑީގެ ގޮތުގައި ގަވާއިދާ ޚިލާފަށް 48،000 އަށް ވުރެ ގިނަ ރުފިޔާ ދިން ކަމަށް އެ ރިޕޯޓުގައިވެ އެވެ.
vaguthu
news
ނަޖާހް މަސްޢޫދު
0.9814
199
0.947
2d871329d83de9343ec651941b15f9cb
https://mihaaru.com/news/50376
ގިނަ ކުދިންނަށް ކާނާ ދެވޭ ގޮތް ރަނގަޅެއް ނޫން: ސާވޭ
ރާއްޖޭގެ ތުއްތު ކުދިންގެ ތެރެއިން 50 ޕަސެންޓް ކުދިންނަށް ކާނާ ދެވެނީ ސިއްހީ ގޮތުން އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް ސާވޭއަކުން ދައްކައިފި އެވެ.
mihaaru
lifestyle
2019-02-17 10:35:58
0.7937
18
0.976
052582073cf71c9a6cfb567f46dec110
https://vaguthu.mv/sport/707018/
ޕީއެސްޖީ ސަޕޯޓަރުން ރަތަށް، ފާޑުކިޔުން ނޭމާ، މެސީ އަދި އަލްހެލައިފީ އަށް
ފްރެންޗް ލީގުގައި ބޯޑޯ އަތުން ޕީއެސްޖީ މޮޅުވި މެޗުތެރެއިން ޕީއެސްޖީ ސަޕޯޓަރުންގެ ނުރުހުން އެ ކުލަބުގެ ސީނިއާ ބައެއް ކުޅުންތެރިންނާއި އެ ކުލަބުގެ ވެރިޔާ އަލް ހެލައިފީއަށް އަމާޒުވެއްޖެ އެވެ. މިއީ ޔުއެފާ ޗެމްޕިއަންސް ލީގުން ރެއާލް މެޑްރިޑް އަތުން ބަލިވެ މުބާރާތާއި އަލްވަދާއު ކީ ފަހުން ޕީއެސްޖީ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. މި މެޗު ޕީއެސްޖީ ކާމިޔާބުކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނޭމާ އަދި މެސީއަށް ބޯޅަ ލިބޭ ކޮންމެ ދަނޑިވަޅެއްގައި ޕީއެސްޖީ ސަޕޯޓަރުންގެ ނުރުހުމުގެ އަޑު ގަދަވެގެންދިިޔަ އެވެ. އަދި ދޭތެރެ ދޭތެރެއިން ކުލަބުގެ ވެރިޔާއަށް ވެސް ފާޑުކިޔުން އަމާޒުކޮށް އިސްތިއުފާއަށް ވެސް ގޮވާފައިވެއެވެ. ޕީއެސްޖީން މި މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ ވައިނަލްޑަމްގެ އެހީއާާއެކު ކީލިއަން އެމްބާޕޭ އެވެ. ދެވަނަ ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި އަޝްރަފް ހަކީމީގެ އެހީއާއެކު ނޭމާ ކާމިޔާބުކުރި އިރު ތިންވަނަ ލަނޑު 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕަރެޑޭޒް އެވެ. މި މޮޅާއެކު ޕީއެސްޖީ އޮތީ 28 މެޗު ކުޅެގެން ތާވަލުގެ އެއްވަނައިގައި 65 ޕޮއިންޓާއެކު އެވެ. އެންމެ ކައިރިން ދެވަނައިގައި ނީސް އޮތީ ހަމަ މިއަދަދަށް މެޗު ކުޅެގެން 50 ޕޮއިންޓާއެކު އެވެ. މެޗަށްފަހު ޕޮޗެޓީނޯ ވަނީ އޭނާގެ އުދާސްތައް ބަންޑުންކޮށްލާފައެވެ. އަދި ޗެމްޕިއަންސް ލީގުން ކެޓުމުން އެ ހިތްދަތިކަމުގައި އަދިވެސް ކުޅުންތެރިން ތިބި ކަމަށާއި ސަޕޯޓަރުންގެ އިހުސާސްވެސް ދެނެގަންނަން ޖެހޭ ކަމަށެވެ. "ހަމައެކަނި މެސީއާއި ނޭމާއެއް ނޫން، މުޅި ޓީމުވެސް އަދިވެސް މިއޮތީ އެ ހިތްދަތިކަަމުގަ، އަހަރެމެން އެ ހުރިހާ ޒިންމާއެއް ނަގަން، އަހަރެމެން ކުރިޔަށްއޮތް ތަނުގައިވެސް މަސައްކަތްކުރާނީ ޓީމެއްގެ ގޮތުގައި ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދުމަށް" ޕޮޗެޓީނޯ ބުންޏެވެ.
vaguthu
sports
އިސްމާޢީލް ޝާހު
0.9923
178
0.978
e6ccf5ba35ca33984115b669fa4ba1a5
https://sun.mv/109012
"ސިމްބާ"އަކީ ކެރިއަރުގެ އެންމެ ބޮޑު ފިލްމު: ރަންވީރު
ރޯހިތު ޝެޓީ ޑައިރެކްޓުކުރާ ފިލްމު "ސިމްބާ"އަކީ ފިލްމީ ކެރިއަރުގެ އެންމެ ބޮޑު ފިލްމު ކަމަށް ހުނަރުވެރި އެކްޓަރު ރަންވީރު ސިންހް ބުނެފިއެވެ. މުމްބާއީގައި ކުރިއަށް ދިޔަ ހަފްލާއެއްގައި ވާހަކަ ދައްކަމުން ރަންވީރު ބުނީ ކޮންމެ ދުވަހަކު ވެސް އޭނާ މަސައްކަތް ކުރަނީ އެންމެ މޮޅު އެކްޓަރަށް ވުމުގެ އަޒުމުގައި ކަމަށާއި، ދިރިއުޅުމުގެ މަގްސަދަކީ މީހުން މުނިފޫހިފިލުވައިދިނުން ކަމަށެވެ. ބޮލީވުޑް ކެރިއަރާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރަންވީރު ބުނީ މިހާތަނަށް ގިނަ އަދަދެއްގެ ފިލްމުތަކެއްގައި، ކާމިޔާބު ގިނަ ޑައިރެކްޓަރުންނާއެކު މަސައްކަތްކުރުމުގެ ނަސީބު ލިބިފައިވާ ކަމަށެވެ. އަދި ކޮންމެ ފިލްމެއްގައިވެސް ތަފާތު ރޯލެއް އަދާކޮށް އެކްޓަރެއްގެ ގޮތުގައި ކުރިއަރަން މަސައްކަތްކުރާ ކަމަށެވެ. "ބޭންޑް ބާޖާ ބާރާތު"ގެ ކާމިޔާބާއެކު ރަންވީރު އޭނާގެ ކެރިއަރު ފެށީ ވަރަށް ރަނގަޅަށެވެ. އެހެން ނަމަވެސް އޭނާގެ ފިލްމުތައް ފްލޮޕްވެސް ވެފައި އެބަހުއްޓެވެ. ބޮލީވުޑްގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ރަންވީރުގެ ނަން ހިމެނިގެން ދިޔައީ ސަންޖޭ ލީލާ ބަންސާލީގެ "ގޯލިއޯން ކީ ރާސްލީލާ ރާމް ލީލާ" އަށް ފަހުއެވެ. އެއީ އޭނާގެ "ބްރޭކްތުރޫ" ފިލްމު ކަމަށާއި، ކެރިއަރު ބަދަލުވެގެން ދިޔައީ އެހިސާބުން ކަމަށް ރަންވީރުވެސް އެއްބަސްވެއެވެ. ނަމަވެސް ކެރިއަރުގެ އެންމެ ބޮޑު ފިލްމުގެ ގޮތުގައި ރަންވީރު ގަބޫލުކުރަނީ ރޯހިތުގެ "ސިމްބާ"އެވެ. ރޯހިތަށް ވަރަށް ބޮޑަށް ތައުރީފުކުރަމުން ރަންވީރު ބުނީ ރޯހިތު ކުރަމުން އަންނަ އުންމީދުތަކާ އެއްވަރަށް މަސައްކަތް ކުރެވޭތޯ އޭނާގެ އެންމެ "ބެސްޓް" ދައްކަމުން އަންނަ ކަމަށެވެ. "ސިމްބާ"އަކީ ފެމިލީ އެންޓަޓެއިނާއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެފަދަ ފިލްމުތަކުގައި މަސައްކަތްކުރަން ބޭނުންކަމަށް ރަންވީރު ބުންޏެވެ. ފިލްމުގައި ރަންވީރު ފެނިގެން ދާނީ ފުލުހެއްގެ ރޯލުންނެވެ. "ސިމްބާ"އަކީ އެންޓީ ރާމަ ރާއޯ ޖޫނިއާއާއި ކާޖަލް އަގަރްވާލް ކުޅެފައިވާ ފިލްމު "ޓެމްޕާ"ގެ ރިމޭކެކެވެ. ފިލްމުގައި ރަންވީރުއާއެކު ފެނިގެން ދާނީ ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާންއެވެ. ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
sun
news
06 Aug 2018, 09:23
0.9917
199
0.976
823f71c66f9c09aebd1f0ccb78c1e080
https://avas.mv/9901
"އަހުޝަމް" ގެ ޕްރިމިއާގައި ވެސް ސީޒަން ސްޓަންޓެއް ޖެއްސީތަ؟
ބުނެވޭ ގޮތުގައި އެކްޓަރު އަދި ޑައިރެކްޓަރު އަލީ ސީޒަން ރޭ ނިކަން އުނދަގުލުން އޮލިމްޕަހުގައި ޕްރިމިއާކުރި އޭނާގެ އާ ފިލްމު، "އަހްޝަމް" އަކީ ރާއްޖޭގެ ބޮޑު ސްކްރީނުން މީގެ ކުރިން ފެނިފައި ނުވާ ފެންވަރުގެ އާދަޔާހިލާފު ސްޓަންޓްތަކެއް އޭގައި ހިމެނޭ ފިލްމެކެވެ.އެއީ ވެދާނެ ގޮތެކެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ ފިލްމުގައި ނެތް ވަރުގެ ސްޓަންޓެއް ސީޒަންގެ މި ފިލްމެއްގެ ޕްރިމިއާ ނައިޓްގައި އޭނާ ޖެއްސި ކަމަށެވެ. މި ސްޓަންޓެއްގެ ލޮޅުން މާލެ ތެރެއަށް އަރައިގެން ދިޔައިރު ހީވީ ސްޓާފޯސް ފުލުހުންތަކެއް އޮލިމްޕަހަށް ވަދެ، ފިލްމު ދައްކަމުން ދިޔަ ސްކްރީން އިރާލައިގެން ގެންދިޔައީ ހެންނެވެ.ސީޒަންގެ ފިލްމު ހުއްޓުވަން ފުލުހުން އޮލިމްޕަހަށް ވަދެއްޖެއޭ ކިޔައިގެން ވެސް މީހުން އުޅުނެވެ. ބައެއް މީހުން ސަމާސާއަކަށް ހަދައިގެން ބުނީ "ބޮމުގެ ތަހުގީގަށް ބޭނުންވާ މަައުލޫމާތު އެއްކުރުމަށް ފުލުހުން އޮލިމްޕަހަށް" ވަދެއްޖެ ކަމަށެވެ.ކޮންމެއަކަސް "މި ޑްރާމާ" އެއްގެ ފައިދާ ސީޒަންގެ ފިލްމަށް ނިކަން ބޮޑަށް ކުރި އެވެ. ފުލުހުންގެ މުއައްސަސާ އަށް އެތައް ފާޑުކިޔުމެއް އަމާޒުވެފައިވީ މި ދަނޑިވަޅެއްގައި ސީޒަން "އާދަޔާހިލާފު" އަދި "ކޮރަޕްޓް ނޫން" ފުލުހެއް ގެ ރޯލު ކުޅުމާއި އޭނާ ކުޅުނު ފިލްމެއް ހުއްޓުވަން ފުލުހުން އޮލިމްޕަހަށް ވަން ކަމަށް ބުނެ އަޑު ފެތުރީމަ ފިލްމުގެ ޕްރޮމޯޝަނަށް ދެން މިއަށް ވުރެ ބޮޑު ސްޓަންޓެއް "ސްޓޭޓް އޮފް އިމަޖެންސީގައި" ޖެއްސޭނެތޯ އެވެ؟ ސީޒަންގެ ފިލްމެއް ހުއްޓުވަން ފުލުހުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އޭނާގެ ފިލްމުގެ ޕޯސްޓަރުތައް މާލޭގެ މަގުތަކުގައި ހިއްޕުން ހުއްޓުވުމަކަށް ވެސް އެއްވެސް ހުރަހެއް ނެތްކަން މާލެ ތެރޭގައި ބުރެއް ޖަހާލިޔަސް އެނގޭނެ އެވެ.އަނެއް ވާހަކަ އަކީ ފިލްމުގައި "ޕޮލިސް ޖީޕެއް" ގެ ގޮތުގައި ބޭނުންކުރި ވެހިކަލް މާލެ ގެނެސް އޮލިމްޕަހުގެ ބޭރުގައި، މަޖީދީ މަގުގެ އެއް ފަރާތެއްގައި ބާއްވާފައި އޮތްވައި ފުލުހުން އެ އުޅަނދު ޓޯކޮށްގެން ގެންދިޔަ ގެންދިއުމެވެ. ފުލުހުން ބުނީ ސީޒަން ވާހަކަ ދައްކަމުން ދަނީ މި ކަމެއްގެ ވެސް ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ.އެގޮތުން އެންމެ ފުރަތަމަ ކަމަކަށް އެ ވެހިކަލް ގެނެސް ފިލްމުގެ ޕްރޮމޮޝަނަލް އިވެންޓަށް މަޖީދީމަގުގައި ބޭއްވިއިރު ފުލުހުންގެ އެއްވެސް އެހީތެރިކަމަކަށް ސީޒަން އެދިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އެންމެކުޑަމިނުން އެ އުޅަނދު އެތަނުގައި ބެއްވުމުގެ ހުއްދައަކަށް ނުވަތަ އެތަނުގައި އުޅަނދު ބާއްވައި، ކޯން ޖަހައި ދިނުމަކަށް ވެސް ސީޒަން އެދިފައި ނެތް ކަމަށް ފުލުހުން ބުނެ އެވެ.އެހެންވެ ފުލުހުން އެ އުޅަނދު ޓޯކޮށްގެން ގެންދިޔައީ އެވެ. އެއީ "ޕޮލިސް" ޖަހާފައި އޮތް އުޅަނދެއް އަދި ހަލާކުވެ ހަސްނެތިފައި އޮތް އުޅަނދެއް މަގުމަތީގައި އާންމުންނަށް ވެސް އުނދަގޫވާ ފަދަ ގޮތަކަށް ނުބާއްވަން ކަމަށް ފުލުހުން ބުންޏެވެ.މިހުރިހައި ކަމެއް ހިނގައި ނިމުނީމަ ދެން އަޑުއެރީ ފިލްމު ހުއްޓުވަން ފުލުހުުން އުޅުނު ކަމަށެވެ. އެކަމަކު މި ހުރިހާ ކަމެއް ދިމާވެ، ފިލްމު ބަލަން އޮތް ގަޑިއަށް ފިލްމުގެ ކްލެސިފިކޭޝަންގެ ކަންތައް ނުނިމުނީ ހަގީގަތުގައި ސީޒަންގެ މައްސަލައަކުންނެވެ.އޭނާގެ ފިލްމު ކްލެސިފައިކުރުމަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު އެވެ. އެއަށް ފަހު ރޭ އޮލިމްޕަހުގައި އޮތީ މި ފިލްމެއްގެ ޕްރިމިއާ އެވެ. އާންމުކޮށް ފިލްމެއް ކްލެސިފައިކޮށް ނިންމަން ފަސް ދުވަސް ނުވަތަ 10 ދުވަސް ނަގާނެ ކަމަށް އެމީހުންގެ ގަވާއިދުގައި ބުނެފައިވެ އެވެ.އެހެންވީމަ ސީޒަން ކުއްލިއަކަށް އޭނާގެ ފިލްމު ކްލެސިފައިކޮށް ނިންމަން ހިފާލުމުން އެ ފިލްމުގެ ޝޯއެއް ބުރާސްފަތި ދުވަހުގެ މެންދުރަށް ސެޓްކޮށްފައި ވަނިކޮށް އެ އިންސްޕެކްޝަން ކެންސަލްވީ ސީޒަންގެ ފިލްމު ސްޓަކްވެގެންނެވެ. އެއަށް ފަހު ކްލެސިފިކޭޝަންގެ އޮފިޝަލުންނާއި ފުލުހުންގެ އޮފިޝަލަށް މި ފިލްމު "ބަލައި ފާސްކުރުމުގެ" ފުރުސަތު ދެން ލިބުނީ ބެލުންތެރިން ވެސް މި ފިލްމެއް ބަލަން އޮލިމްޕަހަށް ޖަމާވި ވަގުތު އެވެ.ފިލްމުގެ ޝޯ ފަށަން އޮތް ގަޑި ކަޓައިގެން އާންމުން ބޭރުގައި މަޑުކުރަން ޖެހުނު ސަބަބަކީ މިއީ އެވެ. އެއްގޮތަކަށް ވެސް ފުލުހުންނަށް މި ފިލްމެއް ކަމުނުގޮސްގެން ސީޒަން ހައްޔަރުކުރަން އުޅުނީކީއެއް ވެސް ނޫނެވެ. ފުލުހުންނާ ހުރިހާ ގޮތަކުން ގުޅިފައި އޮތް ވާހަކައެއްގެ މައްޗަށް ފިލްމު އުފައްދާފައިވާތީ އެވެ. ކްލެސިފިކޭޝަނުން ވެސް އާންމުކޮށް ފިލްމެއް "ބަލައި ފާސްކުރާ" އިރު އެ ފިލްމަކީ ވަކި ހާއްސަ ދާއިރާއަކާ ގުޅުން ބޮޑު ފިލްމެއް ކަމުގައިވާ ނަމަ އެ ދާއިރާގެ ތަޖުރިބާކާރަކަށް ފިލްމު ބެލުމުގެ ދައުވަތު ދެ އެވެ.އެގޮތުން ފުލުހުންނަށް އޮތީ ފިލްމު ބެލުމުގެ ފުރުސަތު ހުޅުވައިފަ އެވެ. ފުލުހުން ބުނީ ފިލްމު ބަލަން އެމީހުން އަމިއްލަ އަށް ވެސް އެދުނު ކަމަށާއި އެއީ ފިލްމަކީ ނިކަން ބޮޑަށް ފުލުހުން ތަމްސީލުކޮށްދޭ ފިލްމަކަށްވެފައި ގައުމު މިހާރު އޮތް ހާލަތުގައި އެފަދަ ފިލްމެއް ދައްކާއިރު އެއީ އަމަލުކުރަން ޖެހޭ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށެވެ.ފިލްމުގައި ދައްކުވައި ދެނީ ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގެ އިންޗާޖަކު ރަށު ތެރޭގެ ޕޮލިޓިކްސް އާއި ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ކުރާ މަސައްކަތެވެ. އެއްގޮތަކަށް އާންމުކޮށް ދިވެހި ރާއްޖެއިން ފެންނަ ގޮތަކަށް ނޫނެވެ. ބޮޑަށް ބޮލީވުޑްގެ ސުޕަސްޓާރުން ފުލުހުންގެ ގޮތުގައި ހަރަކާތްތެރިވާ ގޮތަށެވެ.ކްލެސިފިކޭޝަނުން ބުނެފައި ވަނީ ފިލްމު ކްލެސިފައިކުރުމުގައި ފުލުހުންގެ އެއްވެސް ނުފޫޒެއް އެމީހުންގެ މައްޗަށް ނުހިނގާ ކަމަށެވެ.
avas
news
0.9948
509
0.985
fea1c47a733861666993ceb3e7966893
https://vaguthu.mv/sport/228394/
އިކާޑީ އާއި ނާވަސް ގެނެސް ޕީއެސްޖީ އިން ޓީމު ވަރުގަދަކޮށްފި
ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރު ނިމިގެންދިޔަ އިރު އެތައް ކަމެއް ހިނގައިފި އެވެ. ކުޅުންތެރިންނާއި ކްލަބްތަކާއި މެދު ހިތްހަމަނުޖެހުން އުފެދި އަދި ދޭދޭ ކްލަބްތަކުގެ މެދުގައި ގުޅުންތައް ހީނަރުވެގެން ގޮސްފި އެވެ. މިފަހަރުގެ ބާޒާރުގައި ވެސް ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ވަނީ ބޮޑުު އަދަދުން ހަރަދުކޮށް ކުޅުންތެރިން ގަނެ އާސީޒަނަށް ތައްޔާރުވެފަ އެވެ. އޭގެ ތެރޭގައި ސްޕެއިންގެ ގަދަ ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާގެ އިތުރުން އިނގިރޭސި މަޝްހޫރުު ކްލަބްތައް ހިމެނެ އެވެ. ފޯރިގަދަ ދުވަސްތަކަކަށްފަހު އިއްޔެ ޓްރާންސްފާ ބާޒާރަށް ނިމުން އައިސްފައިވާއިރު ފަހު ވަގުތު އެންމެ ފައިދާ ހޯދީ ފްރާންސްގެ ޗެމްޕިއަނުން ޕެރިސް ސެއިން ޖާމެއިން އެވެ. ޕީއެސްޖީން ވަނީ އިންޓަ މިލާން އަށް ކުޅެމުން އަންނަ އާޖެންޓީނާ ފޯވަޑް މައުރޯ އިކާޑީ، ލޯން އެއްބަސްވުމެއްގެ ދަށުން ގެންގޮސްފަ އެވެ. އިންޓަގެ ޖާޒީގައި ފަހަކަށް އައިސް މުޅިންހެން ގަނޑުވެފައި ހުރި އިކާޑީ ޕީއެސްޖީ އަށް ބަދަލުވީ އޭނާ ދާއިމީ ކޮށް ސޮއި ކުރުމުގެ އިޚްތިޔާރު ޕީއެސްޖީއަށް ލިބޭގޮތަށެވެ. ކުރިން ބެލެވިފައި އޮތީ މިފަހަރުގެ ޓްރާންސްފާ ނިމުމުގެ ކުރިން އިންޓަގެ ވާދަވެރި ޖުވެންޓަސް އަށް އިކާޑީ ބަދަލުވާނެ ކަމަށެވެ. ޚަބަރުތައް ލިބޭގޮތުން އިކާޑީ ޕީއެސްޖީ އަށް ބަދަލުވުމުގައި އޭނާގެ އާއިލާގެ ރޯލު ވަރަށް ބޮޑެވެ. އާޖެންޓީނާގެ ހުނަރުވެރި ފޯވަޑްގެ އިތުރުން ޕީއެސްޖީން ވަނީ އެޓީމުގެ ކީޕަރު އަލްފޮންސޭ އަރިއޯލާ ލޯން އެއްބަސްވުމުގެ ދަށުން ރެއާލް މެޑްރިޑަށް ދޫކޮށްލުމަށް ފަހު މިދިޔަ ފަސް ސީޒަންގައި ރެއާލްގެ އެއް ވަނަ ކީޕަރުގެ މަގާމު އަދާ ކުރި ކޭލާ ނާވަސް ދާއިމީ އެއްބަސްވުމުގެ ދަށުން ހޯދާފަ އެވެ. އެއީ ޓްރާންސްފާ ފީއެއްގެ ގޮތުގައި ރެއާލް އަށް 15 މިލިއަން ޔޫރޯ ދިނުމަށް ފަހު އެވެ މިދިޔަ ފަސް އަހަރުގައި ޕީއެސްޖީ ފެނިގެންގޮސްފައިވަނީ ޑޮމެސްޓިކް މުބާރާތްތަކުގައި ގަވާއިދުން ތަށިތައް ނަގަމުން އަންނަ ޓީމެއްގެ ގޮތުގަ އެވެ. ނަމަވެސް މިހާ ހިސާބަށް ޔޫރަޕްގެ މުބާރާތްތަކުގައި އެޓީމަށް ކާމިޔާބުލިބޭގޮތް ވަނީ ނުލިބިފަ އެވެ. އާ ސީޒަންގެ ޔޫއެފްއާ ޗެމްޕިއަންސް ލީގަށް ޕީއެސްޖީ ނުކުންނައިރު އެ ޓީމުގެ އެޓޭކިން ލައިން ވެގެންދާނީ ޔޫރަޕްގައި ވެސް އެންމެ ވަރުގަދަ އެޓޭކިން ލައިނަށެވެ. ނޭމާގެ އިތުރުން ކީލިއަން އެމްބާއްޕެ އާއި އެޑިންސަން ކަވާނީ އާއި އަލަށް ގުޅުނު އިކާޑީ އާއެކު އަލަށް މި އުފެދުނު ޕީއެސްޖީގެ އެޓޭކަކީ ހަމަގައިމުވެސް ޔޫރަޕްގެ ޑިފެންސްތަކަށް އޮތް ބޮޑު ބިރެކެވެ. އިނގިރޭސި އާސެނަލް އަށް ކުޅެމުން އައި ހެންރިކް މިޚިޓަރިޔާން ވެސް ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ސީޒަން ނިމެންދެން އިޓަލީގެ ރޯމާ އަށް ބަދަލުވެފަ އެވެ. ނަމަވެސް މި އެއްބަސްވުމުގައި މިކީ އެއްކޮށް ގަތުމުގެ ފުރުސަތެއް ރޯމާ އަކަށް ނޯންނާނެ އެވެ. ފަހަކަށް އައިސް ފޯމް ދަށްވުމުގެ ސަބަބުން އާސެނަލްގެ ޖާޒީގައި އެދެވޭ ކުޅުމެއް މިކީ އަށް ނުދެއްކުނު އިރު އާސެނަލް އިން އޭނާ ރޯމާ އަށް ދޫކޮށްލީ އެ ކްލަބް އިން މިފަހަރުގެ ޓްރާންސްފާގައި ގަތް ކުޅުންތެރިންނާއެކު ޓީމްގެ ފުރަތަމަ އެގާރައިން މިކީ އަށް ޖާގަ ނުލިބޭނެތީ އެވެ.
vaguthu
sports
އަނަސް އަބްދުﷲ
0.9969
309
0.991
5d5afcd80e7a1765a67ecada862abb7e
https://avas.mv/10876
ރާއްޖެއަށް އެންމެ ގިނަ ޒުވާނުން ސްޕޭނުން، މުސްކުޅިން އެންމެ ގިނައިން އިނގިރޭސިވިލާތުން!
ރާއްޖެއަށް އެންމެ ގިނައިން ޒުވާން ޓޫރިސްޓުން ޒިޔާރަތްކުރަނީ ސްޕެއިނުން ކަމަށާއި އަދި އެންމެ ގިނަ މުސްކުޅި ޓޫރިސްޓުން އަންނަ ގައުމަކީ އިނގިރޭސިވިލާތުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާރުން ކުރި ސާވޭއަކުން ދައްކައިފި އެވެ.އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ގައި ސީޑީއާ ކޮންސަލްޓެންސީ ގްރޫޕާ ހަވާލުކޮށްގެން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ކުރި "ވިޒިޓާޒް ސާވޭ"އިން ދެއްކި ގޮތުގައި ސްޕޭނުން އަންނަ މީހުންގެ 79 ޕަސެންޓަށް ވުރެ ބޮޑު ބަޔަކީ ޒުވާން ޓޫރިސްޓުންނެވެ. އެ ގައުމުގެ އިތުރުން ދެން އެންމެ ގިނައިން ޒުވާން ޓޫރިސްޓުން އަންނަ ގައުމަކީ ރަޝިޔާ އާއި ޗައިނާ އެވެ. ޗައިނާ އިން އަންނަ ޓޫރިސްޓުންގެ 76 ޕަސެންޓް މީހުންނަކީ މިހާރު ޒުވާނުންނެވެ. އަދި ޖަރުމަނު މީހުންގެ ނިސްބަތް އުޅެނީ ގާތްގަނޑަކަށް މި ވަރަށެވެ.އެ މިނިސްޓްރީގެ ސާވޭ އިން ދެއްކި ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން އުމުރުން ދުވަސްވީ ޓޫރިސްޓުން އަންނަ ގައުމަކީ އިނގިރޭސިވިލާތެވެ. އެ ގައުމުން އަންނަ ޓޫރިސްޓުންގެ ތެރޭގައި ގިނައީ 65 އަހަރުން މަތީ މީހުންނެވެ. އަދި އިނގިރޭސިވިލާތް ފިޔަވައި ދެން އެންމެ ގިނަ މުސްކުޅި ޓޫރިސްޓުން އަންނަ ގައުމަކީ ފްރާންސެވެ.ޓޫރިޒަމް މިނިސްޓްރީގެ ސާވޭއިން ދެއްކި ގޮތުގައި ރާއްޖެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ 56 ޕަސެންޓަކީ އުމުރުން 25-35 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އަދި އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ 35-44 އަހަރުގެ މީހުންނެވެ. އަދި އެންމެ މަދުން ރާއްޖެއަށް ޒިޔާރަތް ކުރަނީ 65 އަހަރުން ދަށުގެ މީހުންނެވެ.މީގެ އިތުރުން، ރާއްޖެއަށް އަންނަ 99 ޕަސެންޓް ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރި ޗުއްޓީއާ މެދު ހިތްހަމަޖެހެ އެވެ. އަދި އެންމެ ޓޫރިސްޓުން އަދިވެސް ރާއްޖެއަށް އަންނަނީ ހަނީމޫން ހޭދަކުރުމަށެވެ. ދެން އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޓައިވިން އާއި ސްނޯކްލިންއަށެވެ.
avas
news
0.9897
179
0.971
63de58b8c37843840a6fea3d80f13ab5
https://sun.mv/148899
ވެކްސިނާއެކު އަހަރުގެ ޓޫރިޒަމް ނަމްބަރު 1.5 މިލިއަނަށް މަތިކޮށްފި
ކޮވިޑް19ގެ ވެކްސިން ލިބުމާއެކު މިއަހަރު ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރާ އަދަދު 1.5 މިލިއަނަށް އިތުރުކޮށްފި އެވެ. މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ކުރިން ސަރުކާރުން އަންދާޒާ ކޮށްފައި އޮތީ މިއަހަރު އެއް މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ. އެހެން ނަމަވެސް ކުރިން ލަފާކުރި ވަރަށްވުރެ އަވަހަށް ވެކްސިން ލިބުމުން އެ އަދަދު މަތިކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް "އޭގެ ފަހުން، އޭރު އުންމީދުކުރި ވަރަށްވުރެ އަވަހަށް ވެކްސިން އައިމަ އަނެއްކާ އެ އަދަދު ވާނީ ރިވައިސްކޮށްފައި. މިހާރު އަންދާޒާ މި ކުރަނީ މިއަހަރު ނިމޭއިރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް." މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިއަހަރު ފަތުރުވެރިންގެ އަދަދު ގުނުމުގެ ބަދަލުގައި ބެޑް ނައިޓްސް ގުނުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ. ސަބަބަކީ ބެޑްނައިޓްސްއާ ލިބޭ އާމްދަނީއާ ގުޅިފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވީމަ އަޅުގަނޑުމެން މި އަންދާޒާ ކުރަނީ މިއަހަރު 10 މިލިއަން ބެޑްނައިޓްސް ލިބޭނެ ކަމަށް." މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިއަހަރު އަންނާނެ ކަމަށް ލަފާކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރި ނަމަވެސް، ޔޫރަޕު ވަރަށް ބޮޑަށް ބަންދުކޮށްފައި އޮތުމުން ޖެނުއަރީއާއި ފެބްރުއަރީ މަހު އައި ފަތުރުވެރިންގެ އަދަދު ލަފާކުރި އަދަދަށް ވުރެ ދަށްވެފައިވާ ކަމަށެވެ.
sun
news
އަހުމަދު މިޒްޔާލް10 Feb 2021, 12:00
0.9902
146
0.972
13df2b9064869fb9afcba028854b9455
https://mihaaru.com/news/11172
"ބޭފިކްރޭ" އަކީ މީހަކު ކުޅޭވަރުގެ ފިލްމެއް ނޫން: ސުޝާންތު
ޔާޝްރާޖް ފިލްމްސް އާއި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ގުޅުން މިހާރު ވަނީ ވަރަށް ގޯސްވެފަ އެވެ. "ބޭފިކްރޭ" ގެ ބަތަލުކަން ސުޝާންތަށް ދޭނެކަމަށް ޔާޝްރާޖްގެ ހެޑް އަދިތުޔާ ޗޯޕްރާ ވައުދު ވުމަށް ފަހު އެ ރޯލު ރަންވީރު ސިންގަށް ދިނުމުން ސުޝާންތު ރުޅި އައިސްފައި ހުރި ކަމަށްވެ އެވެ.
mihaaru
entertainment
2017-01-07 06:27:48
0.9253
36
0.983
8f2ca02f661c4e798747099356eb8538
https://vaguthu.mv/viyafaari/1000380/
ސެމްސަންގ އެސް24 ސީރީޒްގެ ފޯނުތައް ބެސްޓް ބައި މޯބައިލްއިން ވިއްކަން ފަށައިފި
ފަހުގެ ފޯނާއި، ފޯނާ ގުޅުން ހުރި އެންމެ ފަހުގެ ޕްރޮޑަކްޓްތައް ވިއްކަމުން އަންނަ ބެސްޓް ބައި މޯބައިލް އިން ސެމްސަންގގެ އެންމެ ފަހުގެ ސީރީޒް ކަމަށްވާ ސެމްސަންގ އެސް 24 ސީރީސްގެ ފޯނުތައް މިރޭ ވިއްކަން ފަށައިފިއެވެ. އަަބަދުވެސް ޓެކްނޮލޮޖީއާ ގުޅުން ހުރި އެންމެ ފަހުގެ ޕްރޮޑަކްޓްތައް ވިއްކަމުން އަންނަބެސްޓް ބައި މޯބައިލްއިންއިން މިރޭ ސެމްސަންގގެ އެންމެ ފަހުގެ ފޯންތައް ވިއްކަން ފަށާފައިވާއިރު، ރާއްޖޭގައި މި ފޯނު ސީރީޒް އެންމެ ހެޔޮ އަގުގައި ލިބެން ހުންނާނީ ބެސްޓް ބައި މޯބައިލްއިންކަން ފާހަގަކޮށްލަން ޖެހެއެވެ. ސެމްސަންގގެ އެންމެ ފަހުގެ އުފެއްދުންތައް މުޅި ދުނިޔެއަށް ދައްކާލާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ދުނިޔޭގެ ބާޒާރުގައިވެސް ސެމްސަންގ އެސް 24ގެ އެންމެ ފަހުގެ ސީރީޒް ވިއްކަން ފަށާފައި ވަނީ މިއަދުކަން ފާހަގަކޮށްލަން ޖެހެއެވެ. މިއާއެކު ބެސްޓް ބައި މޯބައިލްއިން ރާއްޖޭގައިވެސް މި ފޯނު ވިއްކަން ފަށާފައިވާއިރު، އެ ކުންފުނީގެ މާލޭގެ ހުރިހާ ފިހާރައަކުން މިހާރު މި ފޯނުތައް ލިބިގެން ދާނެއެވެ. އަދި އެ ކުންފުނީގެ ފޭސްބުކް ޕޭޖާއިއިންސްޓަގްރާމުންފޯނައި ގުޅުން ހުރި އެންމެ ފަހުގެ މައުލޫމާތު ލިބެން ހުންނާނެއެވެ. ސެމްސަންގގެ އެންމެ ފަހުގެ ސީރީޒްއަށް ބަލާއިރު، މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހިމަނާފައިވާ ފޯނެކެވެ. މި ފޯނަކީ ފޮޓޯ އެޑިޓިން، ލައިވް ޓްރާންސްލޭޓިން ކޯލްސް، ނޯޓްތައް ކުރުކޮށް، އަދި މިނޫންވެސް ގިނަ ކަންތައްތަކެއް ހިމެނިފައިވާ ފޯނެކެވެ. ބެސްޓް ބައި މޯބައިލްއިން ސެމްސަންގ އެންމެ ފަހުގެ ސީރީޒްގެ އިތުރުން ރެޑްމީ 13 ސީރީޒްގެ އެންމެ ފަހުގެ މޮޑެލްވެސް ލިބިގެން ދާނެއެވެ. ބެސްޓް ބައިގެ މައި ފިހާރަ ހުންނަނީ މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތިގައެވެ. ދެވަނަ ފިހާރަ ހުންނާނީ މާވެޔޮ މަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތީގައެވެ. ތިން ވަނަ ފިހާރަ ހުންނަނީ މަޖީދީ މަގު ކުރީގެ އަގޯރާ ފިހާރަ ކުރިމަތީގައެވެ. ބެސްޓް ބައިއިން ވަނީ އިންސްޓޯލްމެންޓަށްވެސް ފޯނު ނެގޭ ގޮތަށްވެސް ހަމަޖައްސާފައެވެ. އެގޮތުން ދާދި ފަހުން ތައާރަފްކުރި ފުލުހުންގެ ޕޮލްކޯ ސްކީމާއި، މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، ބީއެމްއެލް އީޒީ، ބީއެމްއެލް އިސްލާމިކް ކްރެޑިޓް ސްކީމް މެދުވެރިކޮށްވެސް ބެސްޓް ބައި މޯބައިލުން ފޯނު ނެގޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
vaguthu
business
ރީޢާނު ރަޝީދު
0.9929
223
0.98
486306147d34b7e7c0bbcb6707a8cf3c
https://sun.mv/134417
ޑަބްލިއުއެޗްއޯގެ އެހީތެރިކަމަށް ރައީސް އެދިވަޑައިގެންފި
ކޮރޯނާވައިރަސް، ކޮވިޑް19އާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދޮނަމް ގެބްރެޔުސެސްއާ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހާއި ޓެޑްރޯސް މިއަދު ފޯން ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާކުރައްވާފައިވާ ކަމަށެވެ. ރައީސް އޮފީހުން ބުނީ، މި މަޝްވަރާގައި، ކޮރޯނާވައިރަސް އިން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ރައީސް ސޯލިހް ޓެޑްރޯސްއާ ހިއްސާ ކުރެއްވި ކަމަަށެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން 19 ކޭސް ފެނިއިވާއިރު، ކޮމިއިނިޓީ ސްޕްރެޑެެއް ރާއްޖޭގައި ނެތް ކަމަށް ރައިސް ޓެޑްރޯސްގެ އަރިހުގައި ދެންނެވި އެވެ. އަދި މި ބަލިމަޑުކަމާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް އެހީތެރިވެވިދާނެ ގޮތްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ޑަބްލިއުއެޗްއޯ އިން ދާދި ފަހުން ވަނީ ރާއްޖެއަށް ކޮވިޑް19ގެ ޓެސްޓު ކިޓުތަކެއް ހަދިޔާކޮށްފަ އެވެ. ރައީސްގެ ފޯނުކޯލުގައި ވަނީ އެކަމަށްޓަކައި ޝުކުރުވެސް އަދާކުރައްވާފަ އެވެ. މީގެ އިތުރުން ވައިރަހާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ކުރަމުންދާ މަސައްކަތައްވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އެ ޝުކުރުގައި ރާއްޖޭގައި ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ ޓީމުވެސް ކުރަމުންދާ މަސައްކަތް ރައީސް ފާހަގަ ކުރެއްވި އެވެ. ކޮރޯނާވައިރަސްއަށް ރާއްޖެއިން މިހާތަމަށް 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 13 ބިދޭސީން ވަނީ ވައިރަހުން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ވައިރަސް ޖެހިގެން ފަރުވާދެމުން ދަނީ އިނގިރޭސީވިލާތުން އައިފަހުން ކަރަންޓީން ކުރި ހަތަރު ދިވެހިން އެކަންޏެވެ. ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރުނަނުދިނުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން މިދިޔަ މަހު 13 ވަނަ ދުވަހު އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ 30 ދުވަހަށް އިއުލާންކޮށްފައެވެ. އެއާކު މިހާތަނަށް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި ކޮރޯނާ ފެތުރިފައިވާ ނުވަ ގައުމަކުން މީހުން އައުން ވަނީ މަނާކޮށްފަ އެވެ. އަދި ސުކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރުގެ އޮފީސްތައްވެސް ވަނީ ބަންދުކޮށްފަ އެވެ.
sun
news
މުހައްމަދު މުޒައްޔިން ނާޒިމް08 Apr 2020, 16:01
0.9927
210
0.979
b92d184245a2dde301a2c3f89bdebe98
https://vaguthu.mv/news/501782/
ސްކޫލްތަކަށް 20،000 މުސްހަފް ހަދިޔާކޮށްފި
އިސްލާމިކް މިނިސްޓްރީން 20،000 މުސްހަފު އެޑިޔުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފިއެވެ. މިއީ ސަރުކާރު ސްކޫލްތަކުގެ ދަރިވަރުން ސްކޫލްތަކުގައި ކީރިތި ގްރުއާން ކިޔެވުމަށް އިސްލާމިކް މިނިސްޓްރީން ހަވާލު ކުރި މުސްހަފްތަކެކެވެ. މި މުސްހަފްތައް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މުސްހަފްތަކާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. މި މުސްހަފުތަކަކީ ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ހަދިޔާ ކުރި މުސްހަފްތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. ކީރިތި ގުރުއާނުގެ އިނގިރޭސި ތަރުޖަމާ އަދި މުސްހަފު އިސްލާމިކް މިނިސްޓްރީން ދޫކުރެއެވެ.
vaguthu
news
.
0.9917
61
0.976
e560a4e7c8dc894dc2e8acc9a7cee9e1
https://avas.mv/41365
އުތުރުކޮރެއާގެ އަމަލުތަކުން ހަނގުރާމަ ވާނީ ކައިރިވެފަ: އެމެރިކާ
އުތުރުކޮރެއާއިން އެންމެ ފަހުން ކުރި މިސައިލް ޓެސްޓަކީ ދުނިޔެ ހަނގުރާމައާ ކައިރިކުރުވާނެ ކަމެއް ކަަމަށް އެމެރިކާއިން ބުނެފިއެވެ.އދ.ގެ ސަލާމަތީ މަޖިލީހުން ބުދަދުވަހު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާ ސަފީރު ނިކި ހާލޭ ވިދާޅުވީ އުތުރުކޮރެއާ ހަނގުރާމަ ކުރަން އެމެރިކާއިން އެއްވެސް އިރެއްގައި ނޫޅޭ ކަމަށެވެ." އުތުރުކޮރެއާގެ ޑިކްޓޭޓަރު އިއްޔެގައި ހިޔާރުކޮށްފައި އެވަނީ ދުނިޔެ ހަނގުރާމައާ ކައިރި ކުރުވާނެ ކަމެއް،" ހާލޭ ވިދާޅުވި ކަމަށް ސީއެންއެންގެ ހަބަރުގައި ވެއެވެ.އޭނާ ވަނީ ހަނގުރާމައިގެ ހާލަތެއް އަތުވެއްޖެ ނަމަ އެމެރިކާއިން އުތުރުކޮރެއާ ސަރުކާރުން ފަނާކޮށްލާނެ ކަމަށް ވިދާޅުވެ އުތުރަށް އިންޒާރު ދެއްވާފައެވެ. އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ސަލާމަތީ މަޖިލީހުން ކާމިޔާބު ހޯދާ ވަރަކަށް އެގައުމުން ދަނީ މާ ބާރުގަދަ މިސައިލްތައް ޓެސްޓުކުރަމުން ކަމަށާއި ނިއުކްލިއަ ހަތިޔާރު އުފެއްދުމާ ދިމާލަށް ދަތުރުކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.އުތުރުކޮރެއާއިން އިއްޔެގައި ބުނީ އެގައުމުން މާ ދުރަށް ދަތުރުކުރުމުގެ ގާބިލުކަން ހުރި މިސައިލެއް އިއްޔެގައި ޓެސްޓްކޮށްފައިވާ ކަމަށެވެ. އެމިސަލަކީ އެމެރިކާގެ ކޮންމެ ތަނަކަށް ވެސް ހަމަލާ ދެވޭނެ މިސައިލެއް ކަމަށް ވެސް ބުންޏެވެ.އުތުރުން ބުނީ ފޮނުވައިލި މިސައިލް ޖައްވުގެ ތެރެއަށް 4500 ކިލޯމީޓަރަށް( 2800 މޭލަށް) އަރައިގެން ދިޔަ ކަމަށެވެ. އެއީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ( އައިއެސްއެސް) 10 ގުނަ އުސްމިނެކެވެ. އެ އުސްމިނަށް އެރުމަށް ފަހު 960 ކިލޯމީޓަރު( 600) މޭލު ދުރަށް މިސައިލް ދަތުރުކުރި ކަމަށް ވެސް ބުންޏެވެ.އުތުރުކޮރެއާގެ މި ފަހަރުގެ ޓެސްޓާ ބެހޭ ގޮތުން އެމެރިކާ، ޖަޕާނު އަދި ދެކުނު ކޮރެއާ ސަރުކާރުން ބުނެފައި ވަނީ އެއީ އައިސީބީއެމް އަކަށް ވެދާނެ ކަމަށާއި އެހެން ނަމަވެސް އެއީ އެމެރިކާއާއި އެގައުމުގެ ބައިވެރިންނަަށް ހުރި ނުރައްކަލެއް ނޫން ކަމަށެވެ.އުތުރުކޮރެއާގެ މިސައިލްޓެސްޓާ ގުޅިގެންް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވަނީ ޖަޕާނާއި ދެކުނު ކޮރެއާގެ ވެރިނަންނަށް ގުޅުއްވައިގެން ވާހަކަ ދައްކަވާފައެވެ. އުތުރުން ކުރިމަތިކުރާ ނުރައްކަލާ އެ ތިން ގައުމު އެކުވެގެން ކުރިމަތިލާނެ ކަމުގެ ޔަގީންކަން ޓްރަމްޕް ވަނީ އަލުން ދެއްވާފައެވެ. އަދި އެއަށް ފަހު މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެއީ ހަަމަ ޖެއްސޭނެ ހާލަތެއް ކަމަށެވެ.އުތުރުކޮރެއާއިން މިސައިލެއް ޓެސްޓްކޮށްފައި މިވަނީ އެމެެރިކާއިން ގެންގުޅޭ ޓެރަރިޒަމަށް ވާގިދޭ ގައުމުތަކުގެ ލިސްޓުގައި އެގަުއުމުގެ ނަން ހިމަނައި ދަތިރުކުރުމުގެ އިތުރު ފިޔަވަޅުތައް އެޅިތާ ކުޑަ ދުވަސްކޮޅެއްް ފަހުންނެވެ.
avas
news
0.9926
236
0.979
b6087a33918e22bbdcd3c68c8f90e44b
https://mihaaru.com/news/89067
ވަގަށް ނެގުނު ފައިސާ ގިނަކަމުން މީހަކު ހާޓް އެޓޭކެއް ޖެހިއްޖެ
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އޮފީހެއް ފަޅާލައިގެން ދެ މީހަކަށް ވަގަށް ނެގުނު ފައިސާ ގިނަކަމުން ލިބުނު އުފަލުގައި އޭގެ ތެރެއިން އެކަކަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ހޯދަން ފަށައިފި އެވެ.
mihaaru
lifestyle
2021-04-03 09:13:45
0.8177
22
0.994
a26fc9088bf391a14e52bfc55f41d420
https://dv.wikipedia.org/wiki/%DE%89%DE%AA%DE%99%DE%A6%DE%87%DE%B0%DE%89%DE%A6%DE%8B%DE%AA_%DE%87%DE%A8%DE%84%DE%B0%DE%83%DE%A7%DE%80%DE%A9%DE%89%DE%B0_%28%DE%82%DE%A6%DE%87%DE%A8%DE%8A%DE%A6%DE%83%DE%AA%29
މުޙައްމަދު އިބްރާހީމް (ނައިފަރު)
އައްޝައިޚް މުޙައްމަދު އިބްރާހީމަކީ ފާދިއްޕޮޅު ނައިފަރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އައްޝައިޚް މުޙައްމަދު އިބްރާހީމް ދީނީ ތަޢުލީމު އުނގެނިވަޑައިގަތުމަށް ޓަކައި އެންމެ ފުރަތަމަ ވަޑައިގަތީ ޕާކިސްތާނަށެވެ. 1994ވަނަ އަހަރު ޕާކިސްތާނަށް ވަޑައިގެން ލާހޫރުގައި ޢަރަބިބަސް އުނގެނިވަޑައިގަތެވެ. އެއަށްފަހު ފައިޞަލްއާބާދުގެ ޖާމިޢާ ސަލަފިއްޔާގައި ހަތް އަހަރު ވަންދެން ކިޔަވައިވިދާޅުވިއެވެ. ކިޔަވައިވިދާޅުވީ ކުއްލިއްޔަތުލްޙަދީޘުގައެވެ. 2002ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ އަލްމަދީނަތުލްމުނައްވަރާގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) ގައި ތަޢުލީމު ޙާޞިލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. އެ ޔުނިވަރސިޓީގެ ކުއްލިއްޔަތުއްޝަރީޢާގައި ހަތް އަހަރު ދުވަހު ކިޔަވައި ވިދާޅުވިއެވެ. އައްޝައިޚް މުޙައްމަދު އިބްރާހީމް ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރޭގައި [كتاب الطهارة] މި ފޮތާއި، [كتاب الصلاة] މި ފޮތާއި، [كتاب الصيام] މި ފޮތާއި، [ورث الأنبياء] މި ފޮތާއި، [حصن المسلم] މި ފޮތާއި، [كتاب التوحيد] މި ފޮތާއި، [الدعوة إلى الله وأخلاق الدعاء] މި ފޮތާއި، [ملخص التوحيد] މި ފޮތް ހިމެނެއެވެ. މީގެތެރެއިން [كتاب التوحيد] މި ފޮތާއި، [حصن المسلم] މި ފޮތަކީ ތަރުޖަމާކުރައްވައިފައިވާ ފޮތްތަކެކެވެ.
wikipedia
reference
0.9422
111
0.835
47aa19e7fb355b769de90d69f09db6a0
https://avas.mv/549
މިސްރުން ވެސް "އެކްސޮޑަސް" މަނާކޮށްފި
ހޮލީވުޑްގެ ފިލްމު "އެކްސޮޑަސް: ގޯޑްސް އެންޑް ކިންގްސް" އަކީ ހަގީގަތާ މުޅިން ހިލާފަށް އުފައްދާފައިވާ އުފައްދާފައިވާ ފިލްމެއް ކަމަށް ބުނެ މިސްރުގައި ވެސް މި ފިލްމު މަނާކޮށްފި އެވެ. މި ފިލްމަކީ މޫސާގެ ފާނުގެ ވާހަކައިގެ އަސްލު އޮޅުވާލައިގެން އުފައްދާފައިވާ ފިލްމެއް ކަމަށް ބުނެ ނަސޯރާއިންނާއި ޔަހޫދީންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. ފިލްމުގެ މެއިން ސެޓްތަކުގައި ކުރީގެ މިސްރު ތަމްސީލުކޮށްދީފައިވާއިރު އެގައުމުން އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނީ އަޙުރާމްތައް ބިނާކުރި މީހުންގެ ގޮތުގައި ޔަހޫދީން ފިލްމުގައި ސިފަކޮށްދީފައިވާތީ އެވެ. މީގެ އިތުރުން މޫސާގެފާނު މެދުވެރިކޮށް މާތް ރަސްކަލާނގެ ދެއްކެވި މުއުޖިޒާތްތައް ގުދުރަތީ މުސީބާތްތަކެއްގެ ގޮތުގައި ސިފަކޮށްފައިވާ މައްސަލަ ވެސް މިސްރުގެ ސެންސަރު ބޯޑުން ފާހަގަކޮށްފައިވެ އެވެ. ފިލްމުގައި ދައްކުވައިދޭ ގޮތުން ރަތް ކަނޑުގެ މެދުން މަގެއް ހެދިގެން ދިޔައީ ވެސް ބިންހެލުމަކާ ގުޅިގެންނެވެ. މި ފިލްމުގައި މޫސާގެ ފާނުގެ ރޯލު ކުޅެފައި ވަނީ އިނގިރޭސި ވިލާތުގެ މަޝްހޫރު އެކްޓަރު ކްރިސްޓިއަން ބޭލް އެވެ. އިސްލާމީ އެހެން ގައުމުތަކުން ވެސް ދަނީ މި ފިލްމު މަނާކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ވެސް ވަނީ މިހާރު މި ފިލްމު މަނާކޮށްފަ އެވެ. މި ފިލްމަކީ 140 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ފުރަތަމަ ހަފުތާ ބަންދުގައި ފިލްމަށް 24.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
avas
news
0.9936
138
0.982
839ef373cdb2555344a005a4d0b1ca75
https://vaguthu.mv/news/66912/
އިބޫ ހުޅުމާލެ އަށް ވަޑައިގެންނެވުމުން ހިތްހަމަނުޖެހުން ފާޅުކޮށްފި
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުޅުމާލެ އަށް ވަޑައިގެންނެވުމުން ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނީ އިބޫ ހުޅުމާލޭ ފެރީ ޓާމިނަލް އިން ނިކުތްތަނާއެވެ. ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ހިތްހަމަނުޖެހުން ފާޅުކުރި މީހަކުވަނީ އިބޫ އަށް ހަމަލާދޭން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް، ވީޑިޔޯތަކުން ފެންނަނީ ބަޔަކު އެސަރަޙައްދުގައި ހަމަނުޖެހުން ހިންގާތީކަން ފާހަގަކޮށްލެވެއެވެ. އިބޫ އަށް ރައްކާތެރިކަން ދީފައިވަނީ އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އިސް ބޭފުޅުންނާއި އިބޫގެ ސެކިއުރިޓީންނެވެ. އިބޫ ވަނީ ސެކިއުރިޓީންގެ އެހީތެރިކަމާއެކު ވެހިކަލެއްގައި ގެންގޮސްފައެވެ. ހުޅުމާލެ އަށް އިބޫ ވަޑައިގެންނެވީ ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށެވެ. އެ ހަރަކާތް އިބޫ އަދިވެސް ގެންދަވަނީ ހުޅުމާލޭގައި ކުރިއަށް ގެންދަވަމުންނެވެ. ހުޅުމާލޭގެ އިތުރުން ދާދިފަހުން އިބޫ ވަނީ މާލޭގަ އާއި ވިލިމާލޭގެ ރައްޔިތުންނާއި ވެސް ބައްދަލުކުރުމަށް ހަރަކާތެއް ހިންގާފައެވެ.
vaguthu
news
ހަސަން ރަޝީދު
0.9947
89
0.985
5e855214b83b131a969c6d2b506ab70d
https://vaguthu.mv/news/854840/
ސަރުކާރުން ޖޭޕީއަށް: ދައުލަތް ހިންގުމަށް ހުރަސްއަޅާނަމަ މަގާމުތަކުގައި ނުތިއްބެވޭނެ
ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖުމުހޫރީޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ދައުލަތް ހިންގުމަށް ހުރަސްއަޅާނަމަ މަގާމުތަކުގައި ނުތިއްބެވޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޖޭޕީއިން ރިޔާސީ އިންތިހާބަށް ނިކުމެއްޖެނަމަ އެކަމުގައި އެ ޕާޓީއާއިއެކު މަޝްވަރާކޮށް، މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފައިވާނެ ކަމަށެވެ. އެއް ސަރުކާރެއްގައި ދެ ކެނޑިޑޭޓަކު ތިބެގެން ހިންގަން ދަތިވާނެ ކަމަށް ކުރިން ވިދާޅުވި ވާހަކަ މިއުވާން ތަކުރާރު ކުރެއްވެވި އެވެ. "ކޯލިޝަން ދަމަހައްޓަވަން ރައީސް ވެވަޑައިގެން ވައުދު ގެންދަވަނީ ފުށްދަވަމުން. ސަރުކާރާއި އެކު މަސައްކަތް ކުރައްވަން އިހްލާސްތެރިކަމާއިއެކު ތިއްބެވި ބޭފުޅުނަށް އެ ފުރުސަތު އޮންނާނެ. ސަރުކާރު ހިންގުމަށް ހުރަސްއަޅާ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއަޅާނަމަ މަގާމުތަކުގައި ނުތިއްބެވޭނެ." މިއުވާން ވިދާޅުވި އެވެ. މިއުވާން ވިދާޅުވީ ޖޭޕީ ނޫނަސް އެހެން ޕާޓީއެއްގެ ބޭފުޅަކު ސަރުކާރުގެ މަގާމެއްގައި ތިއްބަވައިގެން ސަރުކާރުގެ ސިޔާސަތާކައި ދެކޮޅަށް މަސައްކަތް ކުރައްވާނަމަ ނުވަތަ ގާނޫނާއި ހިލާފަށް ކަމެއް ކުރައްވާނަމަ އެ މަގާމުގައި ނުތިބެވޭނެ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކު ވާދަކުރުމަށާއި އެ ޕާޓީ އިސްވެ އޮވެ، ކޯލިޝަން ހެދުމަށް އެންމެ ފުރަތަމަ ފާސް ކުރީ ޖޭޕީގެ ހަތަރު ވަނަ ގައުމީ ކޮންފަރެންސްގައެވެ. އޭގެ ފަހުން، ޕާޓީގެ ކައުންސިލުން ވެސް ވަނީ އެއަށް ބާރުދީ އިންތިހާބަށް ނުކުންނަން ފާސްކޮށްފައެވެ. ޖޭޕީން ތިން ޕާޓީއަކަށް ކޯލިޝަން ހެދުމަށް ދައުވަތު އަރުވާފާއިވާއިރު މިހާތަނަށް އައިއިރު، ގާސިމާ ގުޅިގެން މަސައްކަތް ކުރާ އެއް ބަޔަކީ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅިއެވެ.
vaguthu
news
ފާތިމަތު ސައުޝަން އަލީ
0.9959
179
0.988
dd4f684d1c316ed00bda1d154aa4db5a
https://sun.mv/214759
އަމިއްލަ ކޮޓަރިން 10 ގުރާމުގެ މަސްތުވާތަކެތި ފެނުމުން ބުނީ، ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށް
އޭނާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ފެނުމުން އެއީ އޭނާއާ ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށް ކޯޓުގައި ބުނެފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، މާލެއަށް ނިސްބަތްވާ 38 އަހަރުގެ މީހެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ، 15 ދުވަސް ޖަހާފައެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ، މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބެއް ކަމަށް އަމުރުގައި ބުނެފައި ވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން، ފުލުހުން ބަޔާން ވަނީ ކޯޓަށް ހުށަހަޅާފައެވެ. އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)އާ ހަވާލާދީ އަމުރުގައި ވަނީ، މި މައްސަލައިގައި ހައްޔަރުކުރި މީހާ ދިރިއުޅޭ ކޮޓަރިން ދިހަ ގުރާމުގެ މަސްތުވާތަކެއްޗާއި އެތަކެތި ކިރަން ގެންގުޅޭ ބާވަތުގެ ކައްޓާއެއް ފެނުނު ކަމަށެވެ. މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް: ދިރިއުޅޭ ކޮޓަރިން 10 ގުރާމުގެ މަސްތުވާތަކެތި ފެނުމުން ބުނީ، ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށް-- ސަން ފޮޓޯ/ ފަޔާޒު މޫސާ މި މައްސަލައިގައި ސުވާލުކުރުމުން އެއީ، އޭނާއާ ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށް ކޯޓުގައި ވަނީ ބުނެފައެވެ. އަދި، އެ ތަނަކީ އޭނާ ދިރިއުޅޭ އެޕާޓުމަންޓަށް ވިޔަސް، މި މައްސަލައިގެ ތުހުމަތުކޮށްފައިވާ ހައްޔަރުކޮށްފައިވާ އޭނާގެ ދެ ބޮޑުބޭބެއާއި އާއިލާގެ އިތުރު މީހުން ވެސް ވަންނަ ކަމަށް ވަނީ ބުނެފައެވެ. އައިއޯ ފާހަގަކުރި ގޮތުގައި، އޭނާ ދިރިއުޅޭ އެޕާޓުމަންޓު ހުޅުވީ އޭނާގެ އަތުގައި އޮތް ތަޅުދަނޑިއަކުން ކަމަށާއި މަސްތުވާތަކެތި ފެނުނީ އެ ކޮޓަރީގައި ހުރި އަލަމާރިއެއްގެ ވަތްގަނޑަކުން ކަމަށެވެ. އޭގެއިތުރަށް، އޭނާގެ ބަލި ހާލަތާ ގުޅިގެން ފާހަގަކުރި ކަންކަމާ ގުޅޭ ލިޔުންތައް އައިއޯއާ ހިއްސާކުރުމުން އެ ލިޔުންތަކަށް ބަލައި، ފޯރުކޮށްދޭން ޖެހޭ މެޑިކަލް ކަންކަން ފޯރުކޮށްދިނުމަށް ކޯޓުން ވަނީ އައިއޯއަށް އަންގާފައެވެ. އޭނާއަކީ، އިތުރު ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށް ކޯޓު އަމުރުގައިވެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި މީހުން ހައްޔަރުކުރާ މިންވަރު ވަރަށް އާންމެވެ. އެ މައްސަލައަށް ހައްލެއް ގެންނަން އެކި ސަރުކާރުތަކުގައި މަސައްކަތް ކުރިޔަސް މިހާތަނަށް އެދެވޭ ހައްލެއް ނުލިބެއެވެ.
sun
news
ފާތިމަތު ސައުނާ މުހައްމަދު02 Dec 2025, 13:39
0.9917
223
0.976
6dd8bc2ca58dc90aa107e9a3dc9cf2f5
https://sun.mv/84363
ސީރިއާ ސަރުކާރު އޮތީ ހުރިހާ ކަމަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ތައްޔާރަށް: އަސަދު
ޕެރިސް(ޖެނުއަރީ 9): މިމަހުގެ ފަހުކޮޅު ސީރިއާ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ބާއްވަން ރާވަމުންދާ ސުލްހައިގެ ވާހަކަތަކުގައި ހުރިހާ ކަމަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން އެގައުމުގެ ސަރުކާރު ތައްޔާރަށް އޮތް ކަމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ. ފްރާންސުގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައިި، ރައީސް އަސަދު ވެރިކަމުން ފައިބައިވަޑައިގަތުމަކީ އެކަށީގެންވާ ކަމެއްތޯ ސުވާލު ކުރުމުން އޭނާ ވަނީ އެއީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. "އާދެ. ނަމަވެސް އަޅުގަނޑުގެ މަގާމު ވަނީ ގާނޫނު އަސާސީއާ ގުޅިފައި. ވީމާ (އިސްތިއުފާއާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން) މަޝްވަރާ ކުރަން ބޭނުން ނަމަ، ގާނޫނު އަސާސީއާ ބެހޭ ގޮތުން މަޝްވަރާ ކުރަން ޖެހޭ،" ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އަސަދު ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީއާ ބެހޭ ހުރިހާ މައްސަލައެއް ރެފަރެންޑަމްއެއްގެ ގޮތުގައި ހުށަހަޅަން ޖެހޭނެ ކަމަށާއި، އާ ރައީސަކު އިންތިހާބު ކުރުމަކީ ރައްޔިތުންގެ ނިންމުމެއް ކަމަށް ރައީސް އަސަދު ވިދާޅުވި އެވެ. ރަޝިއާ އާއި ތުރުކީން އިސްނަގައިގެން މިމަހުގެ ފަހުކޮޅު ކަޒަކިސްތާނުގައި ސުލްހައިގެ ވާހަކަތައް ބާއްވަން މަސަކަތް ކުރަމުން ދަނީ ސީރިއާގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެގައުމުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެއްބަސްވުމެއް ހަދާފައި ވަނިކޮށެވެ. ނަމަވެސް ސީރިއާ ސަރުކާރުން އެއެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ސުލްހައިގެ ވާހަކަތަކުގައި ބައިވެރި ނުވާނެ ކަމަށް ބުނެފައެވެ. ރައީސް އަސަދު ވިދާޅުވި ގޮތުގައި ހަމަލާތައް ހުއްޓާލުމަށް ހެދި އެއްބަސްވުމާ ހިލާފުވެފައި ވަނީ އިދިކޮޅު ފަރާތްތަކުންނެވެ. އަދި ރައީސް ވަނީ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ ވާދީ ބަރާދާ ހިފުމަށް އެގައުމުގެ އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތްތައް ދިފާއު ކުރައްވާފައެވެ. ސީރިއާ ސަރުކާރުން ބުނާ ގޮތުގައި ވާދީ ބަރާދާ ހިފާފައިވާ އިދިކޮޅު ޖަމާއަތަކީ އެއްބަސްވުމުގައި ނުހިމެނޭ ޖަމާއަތެކެވެ. ސީރިއާގެ ސުލްހައިގެ ވާހަކަތައް ބާއްވާނެ ދުވަހެއް އަދި ކަނޑައަޅާފައި ނުވެ އެވެ. މީގެ ކުރިން އދ މެދުވެރިވެގެން ބޭއްވި ސީރިއާގެ ސުލްހައިގެ ވާހަކަތައް ވަނީ ނާކާމިޔާބުވެފައެވެ. (އިންޑިޕެންޑެންޓް)
sun
news
ރުގިއްޔާ މުހައްމަދު މޫސާ09 Jan 2017, 17:36
0.9944
205
0.984
b0c610de73574411ed8b5d0b4c59830d
https://sun.mv/91799
ގުދްސަކީ އިސްރާއީލުގެ ރަށެއް ކަމަށް ގަބޫލުކުރުމަށް ޔުނެސްކޯއިން ދެކޮޅު ހަދައިފި
ކޮރަފްކޯފާ(ޖުލައި 5): އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ގުދްސަކީ އިސްރާއީލުގެ ރަށެއް ކަމަށް ގަބޫލުކުރުމަށް ޔުނެސްކޯއިން ދެކޮޅު ހަދައިފިއެވެ. އދ. ގެ ތައުލީމާއި ސައެންސާއި ޘަގާފަތާބެހޭ ޖަމްއިއްޔާ ކަމަށްވާ ޔުނެސްކޯއިން ބުނީ ގުދްސަކީ އިސްރާއީލުގެ ސިޔާދަތު އޮތް ރަށެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އަދި މަސްޖިދުލްއަގްޞާގެ މުގައްދަސް ބިނާގެ ކައިރިން އިސްރާއީލު ކޮންނަމުންދާ ކޮނުންތައް ކުށްވެރި ކުރާކަމުގައެވެ. މަސްޖިދުލްއަގްޞާގެ ކައިރީގައިވާ ބިން އިސްރާއީލު ކޮންނަމުންދަނީ އެމިސްކިތް ހުރިތަނަކީ ސުލައިމާންގެފާނުގެ ރަސްކަމުގެ ދުވަސްވަރު ބިނާކުރެއްވި ޔަހޫދީންގެ ފައްޅިއެއް އެތަނުގެ އަޑީގައި ހުރިކަމަށްބުނެ އެތަން ހޯދުމުގެ ނަމުގައެވެ. ޔަހޫދީންގެ ތެރެއިން މާތް ﷲ ފޮނުއްވި ނަބިއްޔެއްކަމަށްވާ ސުލައިމާނުގެފާނަކީ ގުދްސު ނުވަތަ އެޒަމާނުގެ ނަމުންނަމަ އޯރުޝަލީމްގައި ވަރުގަދަ ރަސްކަމެއް ކުރެއްވި ބޭފުޅެކެވެ. މަސްޖިދުލްއަގްޞާގެ ކައިރީގައިވާ ބިން އިސްރާއީލުން ކޮންނަމުންދިޔުމުގެ ހަގީގީ މަގްސަދަކީ މަސްޖިދުލްއަގްސާގެ ބިނާ ވައްޓާލުންކަމަށާއި އެއީ އެކަމުގެ ރޭވުމުގެ ދަށުން ކުރަމުންގެންދާ ކަމެއްކަމަށް ފަލަސްތީނުން ބުނެއެވެ. ޔަހޫދީންނަކީ ގަދީމީ ޒަމާންތަކުގައި ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނު މީހުންނެކޭ އެއްގޮތަށް ދިރިއުޅުނު އަރަބިންނާ ދެބޭންގެ ދެދަރި ބަޔެކެވެ. އަރަބިންނާއި ޔަހޫދީންގެ ނަސްލުވެސް ގުޅެނީ ސަލާމްލެއްވި އިބްރާހީމްގެ ފާނާއެވެ. އަރަބިންނަކީ އިބްރާހީމްގެފާނުގެ އިސްމާއީލްގެ ފާނުގެ ދަރިކޮޅެވެ. ޔަހޫދީންނަކީ އިބްރާހީމްގެފާނުގެ އިސްހާޤްގެފާނުގެ ޔައުގޫބްގެފާނުގެ ދަރިކޮޅެވެ. ނަމަވެސް ނަވާރަސަތޭކަ ސަތާރަ ވަނައަހަރު އިނގިރޭސި ޚާރިޖީ ވަޒީރު ޖޯޖް ބެލްފޯރ އިއުލާންކުރެއްވި ބެލްފޯ ޑެކްލަރޭޝަނަށްފަހު ފަލަސްތީނުގެ ބިމަށް ގަދަބާރުން ވެރިވެގަތުމަށްޓަކައި ޔޫރަޕުން ފަލަސްތީނަށް ހިޖްރަކޮށް ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ނަމުގައި ޔަހޫދީ އިސްތިއްމާރީ ދައުލަތެއް އުފައްދައިގެން މިއުޅެނީ އެޒަމާނުގައި ފަލަސްތީނުގެ ބިމުގައި އުޅުނު ޔަހޫދީންގެ ދަރިފަސްކޮޅެއް ނޫނެވެ. އެޒަމާނުގެ ޔަހޫދީންގެ ދަރިފަސްކޮޅުގެ މީހުން އޭރުއްސުރެ އުޅެމުން ގެންދިޔައީ ފަލަސްތީނުގައާއި އަރަބި އެހެން ގައުމުތަކުގައެވެ. އެއީ އަރަބި ޔަހޫދީންގެ ނަމުން ނަންދެވިފައިވާ ޔަހޫދީންނެވެ. އެ ޔަހޫދީންނަށް ފަލަސްތީނުގެ ބިމުގައި ދިރިއުޅުމުގެ ހައްގު އޮންނާނެ ކަމަށް ޚުދު ފަލަސްތީނުގެ ރައްޔިތުންވެސް ގަބޫލުކުރެއެވެ. ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ނަމުގައި ޔަހޫދީ އިސްތިއުމާރީ ދައުލަތެއް ގާއިމްކޮށްގެން އުޅެނީ ޔޫރަޕްގެ އެކި ގައުމުތަކުން މީގެ ފަސްދޮޅަހަކަށް އަހަރު ކުރިން ހިޖްރަކޮށްގެން އުޅޭ ޔުރަޕްގެ ގައުމުތަކުގެ މީހުންނެވެ. އެއީ އަސްލު ޔަހޫދީ ދަރިކޮޅު މީހުން ނޫންކަމަށް ޔަހޫދީ ގިނަ މުއައްރިޚުންވެސް އެއްބަސްވެއެވެ. ދާއޫދުގެ ފާނާއި ސުލައިމާންގެ ފާނުގެ ދުވަސްވަރުން ފެށިގެން ފަލަސްތީނުގެ ބިމުގައި އުޅުނު ޔަހޫދީންގެ ދަރިފަސްކޮޅު މިހާރުވެސް ފަލަސްތީނުގައި އޮވެއެވެ. ނަމަވެސް އެއީ ވަރަށް މަދުބައެކެވެ. މިހާރު އިސްރާއީލަށް ހިޖްރަކޮށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން މިއުޅެނީ ޔޫރަޕާއި އެމެރިކާއާއި އިތިއޮޕިޔާ ފަދަ ގައުމުތަކުގެ ޔަހޫދީން ކަމަށް ބުނާމީހުންނެވެ. އެމީހުންނަކީ އަސްލު ޔަހޫދީ ދަރިކޮޅާ ގުޅުންނެތް ބައެއްކަމަށް ޔަހޫދީ ގިނަ މުއައްރިޚުން ވެސް ބުނެއެވެ. ފަލަސްތީނުގެ ގުދްސަކީ އިސްރާއީލުގެ ރަށެއް ކަމަށް ގަބޫލު ނުކުރުމަށާއި މަސްޖިދުލްއަގްޞާގެ ބިނާގެ ކައިރިން އިސްރާއީލުން ކޮންނަމުންދާ ކޮނުންތައް ކުށްވެރިކޮށް ޔުނެސްކޯއިން ފާސްކުރި ގަރާރާ ދެކޮޅަށް ޔުނެސްކޯގެ ބައިނަލްއަގްވާމީ ތަރިކަތަކާބެހޭ ކޮމިޓީގެ މެންބަރުންގެ ތެރެއިން 90 އިންސައްތަ މެންބަރުން ވޯޓު ދީފައިވެއެވެ. ވޯޓު ނުދެނީ އެ ކޮމިޓީގައި ހިމެނޭ އެންމެ ތިން ގައުމުންނެވެ. އެއީ ފިލިޕީންސް އާއި ޖެމެއިކާ އާއި ބޯކިނާފާސޯ އެވެ. ގުދްސުގެ ހުޅަނގުފަޅި އިސްރާއީލުން ހިފާފައިވަނީ 1984 ވަނަ އަހަރު ހިނގި އަރަބި އިސްރާއީލުގެ ހަނގުރާމައިގައެވެ. ގުދްސުގެ އިރުމަތީ ފަޅި އިސްރާއީލުން ހިފާފައިވަނީ 1967 ވަނަ އަހަރުގެ އަރަބި އިސްރާއީލުގެ ހަނގުރާމައިގައެވެ. އެއަށްފަހު 1982 ގައި އިސްރާއީލުންވަނީ މުޅި ގުދްސަކީ އިސްރާއީލުގެ ސިޓީއެއްކަމަށް އަމިއްލައަށް ނިންމާފައެވެ. ނަމަވެސް އދ.ގެ ސަލާމަތީ މަޖިލީހުންނާއި ޖެނެރަލް އެސެމްބްލީން ވަނީ އިސްރާއީލުގެ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ބުނެ ގަރާރެއް ފާސްކޮށްފައެވެ. މަސްޖިދުލްއަގްޞާ ހުންނަނީ ގުދްސުގެ އިރުމަތީ ފަޅީގައެވެ. އަދި ދުނިޔޭގެ ގައުމުތަކުންވެސް ގުދްސުގެ އިރުމަތީ ފަޅިއާމެދު ދެކެނީ އެއީ މުސްތަގްބަލްގައި އުފައްދާނެ ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައެވެ. (ނޫސްއެޖެންސީތައް)
sun
news
މުހައްމަދު ޖަވާދު ޔޫސުފު05 Jul 2017, 09:33
0.995
376
0.986
07aa29a771e92f482a611f0cff35a75d
https://sun.mv/97320
ވެސްޓް ބްރޮމްގެ ކޯޗުކަމުން ޕިއުލިސް ވަކިކޮށްފި
އިނގިރޭސި ޕްރިމިއާ ލީގު ކްލަބް ވެސްޓް ބްރޮވިޗު އަލްބިއަންގެ ކޯޗުގެ މަގާމުން ޓޯނީ ޕިއުލިސް ވަކިކޮށްފި އެވެ. ޕިއުލިސްގެ އިރުޝާދުގެ ދަށުން ވެސްޓް ބްރޮމްއިން މި ސީޒަނުގައި ނެރެފައި ވަނީ ވަރަށް ދަށް ނަތީޖާތަކެކެވެ. އެގޮތުން އެ ޓީމު ލީގުގައި އެންމެ ފަހުން ކުޅުނު 21 މެޗުގެ ތެރެއިން މޮޅު ވެފައި ވަނީ އެންމެ ދެ މެޗުންނެވެ. މިނަތީޖާތަކުގެ ސަބަބުން ވެސްޓް ބްރޮމް އޮތީ 10 ޕޮއިންޓާ އެކު 17 ވަނައިގަ އެވެ. ޕިއުލިސް މަގާމުން ވަކިކުރުމާ ގުޅިގެން އޭނާ ބުނެފައި ވަނީ ކޯޗުގެ ގޮތުގައި އޭނާއަށް ކްލަބްގެ ވެރިން ފުރުސަތު ދީފައިވާ ކަމަށާއި އެކަމާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. ކްލަބްގެ ނިންމުމަކީ ރަނގަޅު ނިންމުމެއްތޯ ސުވާލުކުރުމުން ޕިއުލިސް ބުނެފައި ވަނީ ކްލަބަގެ މުސްތަގްބަލަށް އެންމެ ރަނގަޅު ގޮތަކީ އަބަދު ވެސް ރަނގަޅު ނިންމުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. ވެސްޓް ބްރޮމްއިން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ އިރު އެޓީމަށް އާ ކޯޗެއް ހަމަޖެއްސެންދެން ޓީމުގެ ކޯޗުގެ މަގާމުގައި ހުންނާނީ ޓީމުގެ އެސިސްޓެންޓް ކޯޗު ގެރީ މެގްސަން ކަމަށް ވެސް ވެސްޓް ބްރޮމްއިން ވަނީ އިއުލާން ކޮށްފަ އެވެ. ވެސްޓް ބްރޮމް އެންމެ އަވަހަށް ޕްރިމިއާ ލީގުގައި ކުޅޭ މެޗުގައި ބައްދަލުކުރާނި އަންނަ ހޮނިހިރު ދުވަހު ޓޮޓެންހަމްއާ ދެކޮޅަށެވެ. ޕިއުލިސް އަކީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި މަގާމުން ވަކި ކުރި ފަސް ވަނަ ކޯޗެވެ. ޕިއުލިސް އަކީ މިހާރު ހުސްވެފައިވާ ވޭލްސް ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމަށް ގެންނަން އެންމެ އެކަށީގެންވާ މީހާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
sun
news
އަފްރާހް އަބްދުއްރަޝީދު21 Nov 2017, 10:04
0.9952
166
0.986
640d637ba37dad2083c7aa69370f3240
https://sun.mv/203602
ސަރުކާރަށް މަސައްކަތް ނުފޮނުވޭތީ، މަޖިލީހުގައި މިހާރު މަސައްކަތެއް ނެތް: ފިއްޓޭ
ސަރުކާރަށް ރައްޔިތުންގެ މަޖިލީހަށް މަސައްކަތް ނުފޮނުވޭތީ، މިހާރު މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެއެވެ. މިއަދު މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދިޔައީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް 15 ވަނަ އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގެ ބަހުސެވެ. ހެނދުނު 10:30 ގައި ފެށި މަޖިލީހުގެ ޖަލްސާ 12:00 ޖަހަން ވާއިރަށް ވަނީ ނިންމާލައިފައެވެ. އެ ބަހުސްގައި މެންބަރު ވިދާޅުވެފައި ވަނީ މިހާރު ބަންޑާރަ ނައިބު އަހުމަދު އުޝާމް ކުރައްވާނެ މަސައްކަތެއް ނެތް ކަމަށެވެ. ދައުލަތަށް އިތުރު ބަންޑާރަ ނައިބަކު އައްޔަނުކޮށްގެން ވިޔަސް މަޖިލީހަށް ބޭނުންވާ މަސައްކަތް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ފިއްޓޭ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ސަރުކާރު ނުހިންގޭ ކަމަށާއި ހީވާގޮތުން އައުޓް ސޯސްކޮށްގެން ގައުމު ހިންގަނީ ހޯމް މިނިސްޓަރު އަލީ އިހުސާނު ކަމަށެވެ. އެކަށީގެންވާ މިންވަރަށް މަޖިލީހަށް މަސައްކަތް ނާންނަ ކަމަށްވާނަމަ، އެއީ މެންބަރުންގެ މައްސަލައެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު މަޖިލީހުގައި މަސައްކަތެއް ނެތުމުން މިވަގުތަށް އެންމެ ރަނގަޅީ މަޖިލިސް ބަންދުކުރުން ކަމަށް ފިއްޓޭ ގަބޫލުކުރައްވަައެވެ. އޭގެއިތުރުން، މެންބަރު ފިއްޓޭ ވަނީ ކޮމިޓީތަކުގައި ވެސް މިހާރު ކުރާނެ މަސައްކަތެއް ނެތް ކަން ފާހަގަކުރައްވާފައެވެ. މިސާލެއްގެ ގޮތުން، އޭނާ ވިދާޅުވީ، ފޮރިން ރިލޭޝަން ކޮމިޓީ ކޮންމެ ދުވަހަކު ވެސް ބާއްވާ ކަމަށާއި އެމްބެސަޑަރު އެއް ގައުމުން އަނެއް ގައުމަށް ބަދަލުކުރުން ނޫން މަސައްކަތެއް އެ ކޮމިޓީގައި ނެތް ކަމަށެވެ. ފިއްޓޭ ވަނީ ދަތުރުވެރިންގެ މާރުކޭޓުގައި ކާށީގެ އަގު ބޮޑުވުމުން އެކަމާ ގުޅުވައި ވާހަކަދައްކަވާފައެވެ. މިގޮތުން، ރައްޔިތުންނަށް ފައިދާ ހުރި ކަމެއްގެ ގޮތުން ކާށީގެ އަގު ހެޔޮ ކުރަން މަސައްކަތް ކުރުން ރަނގަޅުކަން ފާހަގަކުރައްވާފައެވެ. ގައުމުގެ ހާލަތާ ގުޅުވައި ދައްކަން ހުރި ބައިވަރު ވާހަކަ ހުރި ނަމަވެސް، މައުޟޫއާ އެއްގޮތަށް ވާހަކަދައްކަން ޖެހޭތީ އެކަން ނުކުރެވޭކަން ފާހަގަކުރައްވައި، މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ އެދިލެއްވުމަށް ފިއްޓޭ ވަނީ އޭނާގެ ވާހަކަ ކުރުކޮށްލައްވާފައެވެ.
sun
news
ފާތިމަތު ސައުނާ މުހައްމަދު12 Mar 2025, 12:34
0.9924
208
0.978
bdb262cba310b341312f4e5dc61f813a
https://mihaaru.com/news/22882
ސުޕްރީމް ކޯޓުން އެދުނީ ޝަކުވާއެއް އޮތް ނަމަ ލިޔުމުން ހުށަހަޅަން: މެމްބަރުން
ސުޕްރީމް ކޯޓުން އެދުނީ، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަތަރު މެމްބަރުންގެ ޝަކުވާއެއް އޮތް ނަމަ، އެކަން ލިޔުމަކުން އެ ކޯޓަށް ހުށަހަޅަން ކަމަށް އެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
mihaaru
news
2017-08-27 15:29:51
0.826
25
0.984
4d04e0ce1ef6653d32f8da655edabdea
https://sun.mv/213028
އޭޝިއަން ޔޫތު ގޭމްސް: ދިވެހި ދިދަ އުފުލައިދިނީ ދީމާއާއި ލަހުފާން
ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް ރަސްމީކޮށް ފެށުމަށް ރޭ ބާއްވާ ޚާއްސަ އިވެންޓްގައި ރާއްޖޭގެ ދިދަ ވިހުރުވާލައިފިއެވެ. ރާއްޖޭގެ ދިދަ އުފުލާލަދިން އެތުލީޓުންނަކީ ބީޗް ވޮލީ ކުޅުންތެރިޔާ އައިޝަތު ދީމާ ނަދީމާއި ހޭންޑްބޯޅަ ޓީމުގެ ކެޕްޓަން ލަހުފާން ޝަހީމެވެ. ޔޫތު ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާލާނެ ފްލެގް ބެއަރާސްއާ އިއްޔެ ރަސްމީކޮށް ދިދަ ހަވާލުކޮށްދެއްވީ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއުއެވެ. ދެ އެތުލީޓުންނާ ވެސް މިނިސްޓަރު ދިދަ ހަވާލުކޮށްދެއްވީ ޓީމް ހޮޓެލްގައި އިއްޔެ ބޭއްވި ޚާއްސަ އިވެންޓްތަކެއްގައެވެ. އޭޝިއަން ޔޫތު ގޭމްސް 2025 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ކޮންޓިންޖެންޓް-- ފޮޓޯޯ: އެމްއޯސީފްލެގް ބެއަރާސްއާ ބައްދަލުކުރައްވާ އިއްޔެ މިނިސްޓަރު ފާހަގަކުރެއްވީ ގޭމްސްއެއްގައި ރާއްޖޭގެ ދިދަ ވިހުރުވާލަން ލިބޭ ފުރުސަތަކީ ޝަރަފުވެރި ފުރުސަތެއް ކަމަށާއި، އެކަމަށް ދެ އެތުލީޓުންނަށް ވެސް މަރުހަބާ ވިދާޅުވާ ކަމަށެވެ. އޭގެ އިތުރުން އެތުލީޓުންނާ ބައްދަލުކުރައްވާ މިނިސްޓަރު ފާހަގަކުރެއްވީ ރާއްޖެ ތަމުސީލުކުރުމުގައި އަބަދުވެސް ހިތްވަރާއެކު މަސައްކަތް ކުރެއްވުމަށެވެ. މިނިސްޓަރު ވިދާޅުވީ، ޒުވާން އުމުރުގައި ރާއްޖެ ތަމްސީލުކުރަން އެތުލީޓުންނަށް ލިބުނު ފުރުސަތުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުން ހިފަންޖެހޭ ކަމަށެވެ. އަދި، ރާއްޖޭގެ ބެޖު މޭމަތީގައި ޖަހައިދިން ކުޅޭ ކުޅުމުގައި ގައުމު ފަހުރުވެރިވާނެ މަސައްކަތެއް އަބަދުވެސް ކޮށްދެއްވުމަށް އެތުލީޓުނަށް ހަނދާން ކޮށްދެއްވާފައިވެއެވެ. އޭޝިއަން ޔޫތު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ކޮންޓިންޖެންޓު ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 22 އިން 31 އަށް ބަހްރެއިންގެ ވެރިރަށް ކަމަށްވާ މަނާމާގައެވެ. މި މުބާރާތުގައި 45 ގައުމަކުން 2000 އަށްވުރެ އެތުލީޓުން ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ. އުމުރުން 14 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަކުރެވިގެން ކުރިއަށްގެންދާ މި މުބާރާތުގައި 25 އިވެންޓެއް ކުރިއަށްދާނެއެވެ.
sun
news
23 Oct 2025, 10:56
0.9899
182
0.971
96e5767345feb85ba53e0b7e7671d1c0
https://vaguthu.mv/news/839240/
ބޮޑު ފައިދާއެއް ހޯދުމަށް ފަހު ވެލާނާގެ ކައިރީގައި ސްޓިކާ ނުޖަހަން ނިންމައިފި
އަމީރު އަހުމަދު މަގު، ވެލާނާގޭ ކުރިމަތީގައި ގިނަ އަދަދެއްގެ ސައިކަލްތައް ޕާކްކޮށްފައި ވަނިކޮށް ފުލުހުން ސްޓިކާ ޖަހައިގެން ބޮޑު ފައިދާއެއް ހޯދުމަށްފަހު، އެ ސަރަހައްދުގައި ޕާކް ކުރާ ވެހިކަލްތަކުގައި ސްޓިކާ ނުޖަހަން ވަގުތީ ގޮތުން ނިންމައިފިއެވެ. ރައީސް އޮފީހާއި ވެލާނާގެ ފަދަ މުހިންމު އިމާރާތްތައް ހުންނަ އަމީރު އަހުމަދު މަގުގައި ޕާކު ކުރުމަކީ މަނާ ކަމެކެވެ. އަދި އެ ސަރަހައްދުގައި މެކޭނިކަލް ޕާކިންގ ސިސްޓަމް ބަހައްޓާފައި ހުރި ތަނުގައިވެސް މީގެ ކުރިން ޕާކް ކުރެވެއެވެ. އެކަމަކު އެތަން ފެންސް ޖަހާ ވަނީ ބަންދުކޮށްފައެވެ. މިހެންވެގެން ވެލާނާގެ ސަރަހައްދުން ދެ ޕާކިންގ ޒޯން ނެގި ކަމަށް ބުނެ ވެލާނާ ގޭގައި ހިމެނޭ ބައެއް އޮފީސްތަކުގެ މުވައްޒަފުން މިއަދު ވަނީ މުޒާހަރާއަށް ނުކުމެފައެވެ. މިއަދު 10:20 ހާއިރު މި މުވައްޒަފުން ވެލާނާގެ ކުރިމައްޗަށް ނުކުމެ ހިމޭން އިހްތިޖާޖެއް ކޮށްފައިވާއިރު، އެ މުވައްޒަފުން ހިފައިގެން ތިބި ޕޯސްޓަރުތަކުގައި ބުނެފައިވަނީ "ވެރިންނަށް ވެލާނާގެ ތިރިން ޕާކު ކުރާނެ ތަން ލިބޭ" ކަމަށެވެ. އިތުރު ޕޯސްޓަރެއްގައި ބުނެފައި ވަނީ "ސަރުކާރުގެ އެންމެ ގިނަ އޮފީސް ހިސާބުގައި ޕާކު ކުރެވޭނެ ޖާގައެއް ނެތް" ކަމަށެވެ. މީގެ ކުރިން ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ވެލާނާގެ ހިމެނޭ އަމީރު އަހްމަދު މަގުގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކުގައި ސްޓިކާ ޖަހައިގެން ފުލުހުން ވަނީ ގިނަ އަދަދެއްގެ ފައިސާ ހޯދައިފައެވެ. ސްޓިކާއެއް ޖަހައިފި ނަމަ، ޖޫރިމަނާ ކުރާނީ 250ރ. އިންނެވެ. ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން "ވަގުތު"އަށް ވިދާޅުވީ، ވެލާނާގެ ކައިރީގައި ހުންނަ މެކޭނިކަލް ޕާކިންގ ސިސްޓަމް ސަރަހައްދު ބަންދުކޮށް، އެ ސިސްޓަމް ނަގަން ނިންމާފައި ވަނީ ހަލާކުވެ، ބޭކާރު އެއްޗަކަށް ވުމުން ކަމަށެވެ. އަދި އެކަން ކުރަން ނިންމާފައި ވަނީ އެ ސަރަހައްދުގެ ޕާކިންގ ރަނގަޅު ކުރުމަށް ކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ، އެތަން ބަންދުކޮށްފައި ވަނީ ކްރޭން ބާއްވައިގެން ކުރަން ޖެހޭ މަސައްކަތަކަށް ވުމުން، އެކަން ކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، އެ ސަރަހައްދުގައި ޒޯން އިން ބޭރުގައި ޕާކް ކޮށްފައި ހުރި އުޅަނދުތަކުގައި ސްޓިކާ ނުޖަހާނެ ކަަން ފުލުހުން އަންގާފައި ވެއެވެ. އެ ސަރަހައްދުގައި ޕާކިންގ ޒޯނެއްގެ ގޮތުގައި މިހާރު ބޭނުން ކުރަމުން ދަނީ ކުރިން ހުރަވީ ބިލްޑިންގ ހުރި ބިމުގައެވެ. އެ ސަރަހައްދުގައި ގިނަ އަދަދަކަށް ސައިކަލު ކުރެވުނު ނަމަވެސް، ވެލާނާގެއަކީ ސަރުކާރުގެ އެތައް އޮފީހެއް ހިންގަމުންދާ ތަނެއް ކަމުން، އޮފީސްތަކަށް އަންނަ މީހުންގެ ސައިކަލުތަކުން އެ ސަރަހައްދު އޮންނަނީ ފުރިފައެވެ.
vaguthu
news
ރީޢާނު ރަޝީދު
0.9921
254
0.978
d7e4cb0cf5a0dc4c7dcf7107156f3b8d
https://sun.mv/134572
ޕޮގްބާ އެނބުރި ދަނޑަށް އައުމަށް ކެތްމަދުވެފައި
ފްރާންސްގެ މެންޗެސްޓާ ޔުނައިޓެޑް މިޑްފީލްޑަރު ޕޯލް ޕޮގުބާގެ އަނިޔާ ރަނގަޅުވެ، ހުރީ އަލުން އަނބުރާ ދަނޑަށް އައުމަށް ކެތްމަދުވެފައި ކަމަށް އޭނާ ބުނެފިއެވެ. މީގެ ދެ އަހަރު ކުރިން ފްރާންސްއާއެކު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ޕޮގުބާ އެ މުބާރާތަށް ފަހު ގިނަ އަނިޔާތަކަކާއި ކުރިމަތިލާން ޖެހި ކުޅުމުން ބޭރުގައި ގިނަ ދުވަސްތަކެއް ވަނީ ހޭދަކޮށްފަ އެވެ. އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދަނޑުމަތިން ފެނުނު ޕޮގުބާގެ ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ވަނީ މި އަހަރުގެ ޖަނަވަރީ މަހު ސާޖަރީއެއް ހަދައިފައެވެ. ދުނިޔޭގައި ހުރި އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރޭގައި ނަން ކިޔާލެވުނު ޕޮގްބާއަށް މުޅި ސީޒަނުގައި ވެސް ކުޅެވުނީ އެންމެ އަށް މެޗެވެ. ނަމަވެސް އަނިޔާތަކުން ރިކަވާ ވެގެން އަލުން ދަނޑުމަތީގައި ފެންވަރު ދައްކާލުމަށް ކަރުހިތްކައިގެންފައި ހުރިކަމަށް ޕޮގްބާ ވަނީ ބުނެފައެވެ. "އަހަރެން މިހުރީ ތައްޔާރަށް، ޓީމާއެކު ފަރިތަކުރުންތައް ފެށުމަށް ކެތްމަދުވެފައި،" ޕޮގްބާ ބުންޏެވެ. "ފުޓުބޯޅަ ހަޔާތުގައި ވެސް މިކަހަލަ ކަމެއް އަަދި ނުވޭ. އެހެން ނަމަވެސް މިކަމާ ވެސް ކުރިމަތިލައިގެން މިކަމުން އަރައިގަނެވޭނީ،" ޕޮގްބާ ބުނީ، ހަގީގަތުގައި ގިނަ ބަޔަކަށް އޭނާގެ އަނިޔާގެ ވާހަކަ ނޭންގޭ ކަމަށެވެ. އެހެންކަމުން ގިނަ ބަޔަކު އޭނާ ކުޅުމުން ނުފެންނާތީ ފާޑުކިޔާ އިރު ހަގީގާތް ނޭނގޭ ކަމަށް ޕޮގްބާ ބުންޏެވެ. "އެކަންކަމާ އެކު އަލުން ދަނޑުމައްޗަށް އަރައި ކުޅެން ފެށުމަށް ކެތްމަދުވެފައި މިހުންނަނީ،" އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ހުއްޓާލާފައި އޮންނަތާ މަހެއް ވުރެން ގިނަ ދުވަސްވެފައިވާ އިރު ލީގު އަލުން ފަށާނީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ފެތުރުން ހަމައަކަށް އެޅި، ސިއްހީ ނުރައްކަލުގެ ހާލަތު އާއްމު ހާލަތަކަށް ބަދަލުވުމުންކަމަށް އިނގިރޭސި އެފްއޭއިން ވަނީ ބުނެފައެވެ.
sun
news
ޢަބްދުﷲ އައިމަން12 Apr 2020, 10:51
0.9942
175
0.983
6bd095dba339d7e824eff1f241b16008
https://mihaaru.com/news/16942
ޑާޓާ ބޭނުންކުރާއިރު މާ އަވަހަށް ބެޓެރީ ހުލިވަނީ ކީއްވެ؟
ޑާޓާ ބޭނުންކުރަން ފެށުމުން ބެޓެރީގެ ބާރު ހުސްވާލެއް އަވަހެވެ. މިއީ ގިނަ ބަޔަކު ތަޖުރިބާކޮށްފައި ވާނެ ކަމެކެވެ. ގޭމް ކުޅޭއިރު ވެސް އެހާ އަވަހަށް ބެޓެރީ ދެ އެވެ. މާނަ އަކީ ފޯނަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައި ވުމެވެ.
mihaaru
news
2017-05-08 06:29:57
0.971
29
0.979
d238c18a73f4705cbed0d150768673d4
https://mihaaru.com/news/70221
މެލޭޝިއާގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވަނީ
ކުއާލަ ލަމްޕޫރު (މާޗް 4) - މެލޭޝިއާ އިން ކޮވިޑް-19 ޖެހިފައިވާ 14 މީހުން އަލަށް ފެނި އެ ގައުމުގައި ވައިރަސް އަރާފައިވާ މީހުންގެ އަދަދު 50 އަށް އަރައިފި އެވެ.
mihaaru
news
2020-03-04 18:53:01
0.7925
23
0.91
8acabfc655d5c7f1663ae17aab1344cc
https://sun.mv/188189
ޗެލްސީ ބަލިކޮށް، ލިވަޕޫލުން އެއްވަނައިގައި 5 ޕޮއިންޓުގެ ލީޑެއް
އިނގިރޭސި ޕްރިމިއާ ލީގުގައި ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ޗެލްސީ ބަލިކޮށް، އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔަބު ކޮށްފައިވަނީ ހީކުރިވަރަށް ވުރެ ފަސޭހަކަމާ އެކު 4-1 އިންނެވެ. މެޗުގައި ލިވަޕޫލުން 28 ހަމަލާ އުފެއްދިއިރު ޗެލްސީއަށް އުފެއްދިފައިވަނީ ހަތަރު ހަމަލާއެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓްގައި ޖަހައި ލީޑު ނަގާފައިވަނީ ލިވަޕޫލުންނެވެ. މި ލަނޑު އެ ޓީމުން ކާމިޔަބު ކޮށްފައިވަނީ އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ކޯނޯ ބްރެޑްލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑިއޮގޯ ޖޮޓާއެވެ. މެޗުގައި އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 39 ވަނަ މިނެޓްގައި ޖަހައިދީ އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ފުރަތަމަ ލަނޑު ޖެހުމަށް އެހީތެރިވެދިން ބްރެޑްލީއެވެ. މިއީ އޭނާ ލިވަޕޫލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މެޗުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ޖަހައިދިނީ ޑޮމިނިކް ސޮބޯޒްލާއިއެވެ. ޗެލްސީން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 71 ވަނަ މިނެޓްގައި ޖަހައިދިނީ ކްރިސްޓޮފާ އެންކުންކޫއެވެ. ލިވަޕޫލުން މިމެޗުގައި ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ 79 ވަނަ މިނެޓްގައި ޖަހައިދިނީ ލުއިސް ޑިއާޒްއެވެ. މި ނަތީޖާއާ އެކު ލިވަޕޫލް މިހާރު އޮތީ 22 މެޗުން ލިބިފައިވާ 51 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑަކާ އެކުއެވެ. އަދި، ޗެލްސީ އޮތީ 31 ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައިގައެވެ.
sun
news
މުޙައްމަދު ނަޖީލު01 Feb 2024, 16:00
0.9884
153
0.967
2c5547d76d3955c38e6625d9a71f17e8
https://sun.mv/140901
ވެމްކޯއިން ދެންވެސް ކުނިނަގާނީ ގޭގެ ތިރީ ފަންގިފިލާއިން
މާދަމާއިން ފެށިގެންވެސް ކުނި ނަގާނީ ގޭގެ ތިރީ ފަންގި ފިލާއިން ކަމަށް ވެމްކޯއިން ބުނެފިއެވެ. ކޮވިޑް ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ގޭގޭގެ ތިރިން ކުނި ނަގާ ގޮތަށް ވެމްކޯއިން އުސޫލު ހަމަޖެއްސީ މިދިޔަ ޖޫންމަހުގެ މެދުތެރެއިންއެވެ. އަދި މިއަދު އެ އުސޫލުުގެ މުއްދަތު ވަނީ ހަަމަވެފައެވެ. ނަމަވެސް މާދަމާއިން ފެށިގެންވެސް ކުރިއެކޭ އެއްގޮތަށް ވަކި މުއްދަތެއް ނެތް ގޮތަށް އެ އުސޫލަށް ކުނި ނަގަން ހަމަޖައްސަައިފައިވާކަމަށް ވެމްކޯގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވިއެވެ. ވެމްކޯއިން މިއަދު ނެރުނު ނޫސް ބަޔާނުގައި އެދިފައިވަނީ ކޮންމެ ދުވަހެއްގެ މެންދުރު 12 އިން ދޭއް ޖަހަން ދެން ގޭގޭގެ ދޮރުމައްޗަށް ކުނި ނެރުމަށެެވެ. " ނަމަވެސް އިމާރާތުގެ އެންމެ ތިރިން ކުނި ނެގޭނެ ފަދަ އިންތިޒާމެއް ދުރާލާ ހަމަޖެހިފައިވާ ގޭބިސީއެއް ނަމަ އެ ދުވަހެއްގެ 18:00 ގެ ނިޔަލަށް އިމާރާތަށް ވަދެ ނިކުމެވޭނެ ފަދަ އިންތިޒާމެއް ހަަމަޖައްސަވަން ވާނެއެވެ." ވެމްކޯގެ ބަޔާނުގައި ވެއެވެ. އަދި ވެމްކޯގެ މުވައްޒަފުން ވަކި ވަކި ފަންގިފިލާއަށް ގޮސް ކުނި ނުނަގާނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. ވެމްކޯއިން އިތުރަށް ބުނީ ހާލަތަށް ރިއާޔަށް ކޮށް ކަމާ ބެހޭ އިދާރާތަކުގެ ލަފަޔާއެކު އެ ކޯޕަރޭޝަނުން ހިދުމަތްތަކަށް އަންނަ ބަދަލު ހިއްސާކުރާނެ ކަމަށެވެ.
sun
news
މުހައްމަދު އައުޒަމް01 Aug 2020, 20:23
0.9932
133
0.981
b26cbc2b50c856045ada4dcfade9fd73
https://sun.mv/210638
އެމްޔޫ މަނިކު: ދިވެހީންނަށް ލިބުނު އަގުހުރި މުތެއް
މީގެ 53 އަހަރު ކުރިއަށް ޖެހިލާއިރު، ރާއްޖެއަށް ބޭރުން ފައިސާ ލިބެމުން އައީ މަހާއި ބޮލި ވިއްކައިގެންނެވެ. ގައުމުގައި ރުފިޔާގެ އިތުރަށް ދައުރުވަމުން އައީ، އައްޑޫގައި ތިބި އިނގިރޭސީން ބޭނުންކުރި ޕައުންޑެވެ. އެއާޕޯޓެއްގެ ގޮތުގައި އޮތީ ސްރީލަންކާއިން މުދާ ގެންނަ ދަގަނޑު ފިލާ ރަންވޭއެކެވެ. ގައުމުގެ ޖީޑީޕީއަކީ 2.5 މިލިއަން ޑޮލަރެވެ. ނަމަވެސް މިހާރު މަންޒަރު ވަރަށް ތަފާތެވެ. މިދިޔަ އަހަރު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އެކަނި ވެސް ބިލިއަނަކަށް އަރައެވެ. އެކަމުގެ ފަހަތުގައި ވަނީ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)އާއި ފަތުރުވެރިކަމުގެ ދާއިރާގެ ބާނީން ރާއްޖެއާ މެދު، މީގެ ބައި ގަރުނު ކުރިން ގެންގުޅުއްވި ތަސައްވުރާއި ކުރެއްވި މަސައްކަތްޕުޅަށެވެ. އެމްޔޫ މަނިކަކީ ވަރަށް ޒުވާން އުމުރުގައި ވެސް ދުރު ވިސްނެވި ބޭފުޅެކެވެ. މަތީ ތައުލީމު ހާސިލުކޮށްފައިވާ ގިނަ ދިވެހީން ނެތް ދުވަސްވަރެއްގައި، ޑިގްރީއެއް ހާސިލުކުރައްވަން ވަރަށް ބޭނުންފުޅުވިއެވެ. އެގޮތުން ޕާކިސްތާނުން ދަނޑުވެރިކަމުގެ ދާއިރާއިން ޑިގްރީ ނަންގަވައި، މާސްޓާސް ވެސް ހޯއްދެވުމުގެ މަސައްކަތް ކުރެއްވިއެވެ. ނަމަވެސް، އޭރު ބަންގްލަދޭޝް ހަނގުރާމަ ފެށުމާ ގުޅިގެން އެނބުރި ގައުމަށް ވަޑައިގަންނަވަން ޖެހުނީއެވެ. ބޭރުގައި އުޅުއްވިއިރު ވެސް އެމްޔޫ މަނިކު ގެންދެވީ ރާއްޖޭގެ ހާލަތު ބައްލަވަމުންނެވެ. ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތް ގޮތާއި އެއާ އަޅައިބަލާއިރު އަވައްޓެރި ގައުމުތައް ހިންގަމުން އައި ގޮތެވެ. ދިވެހީންނަށް ފަތުރުވެރިކަމުން މަންފާއެެއް ހޯދެން ނެތް ކަމަށް، އދ.އިން ހެދި ދިރާސާއަކުން ދެއްކި ނަމަވެސް، އެކަން ބަލައިނުގަނުވެނީ އެހެންވެއެވެ. "އަޅުގަނޑުމެންނަށް އޭރުވެސް އެނގޭ މިތާގައި ހުރިކަން މިވަރުގެ ޕޮޓެންޝަލް، މި ރީތިކަން ބޭރު މީހުންނަށް ދެއްކީމައި އެ މީހުން ބުނާ އެއްޗަކުން އަޅުގަނޑުމެންނަށް ވެސް ފެންނާނެތާ، އެހެން އޮތީ،" ދެހާސް ފަނަރަވަނަ އަހަރު 'ހަވީރު' ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެމްޔޫ މަނިކް ވިދާޅުވިއެވެ. ޕާކިސްތާނުން ރާއްޖެ ވަޑައިގެން، އެމްޔޫ މަނިކު ސަރުކާރުގައި އެންމެ ފުރަތަމަ ކުރައްވަން ފެއްޓެވި މަސައްކަތަކީ ދަނޑުވެރިކަމުގެ މިނިސްޓްރީގެ އެގްރިކަލްޗާ އޮފިސަރެއްގެ މަސައްކަތެވެ. އެ މިނިސްޓްރީގައި ކުރެއްވި މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުތައް ވެސް ކުރެއްވިއެވެ. "އެހެންވީމާ އަޅުގަނޑަށް ރާއްޖެ ވަރަށް ރީއްޗަށް ފެނިފައި އޮތީ، 70ގައި ރާއްޖެ އޮތް ގޮތާއި މިހާރު އޮތް ގޮތާ،" މީގެ ތިން އަހަރު ކުރިން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެ މަނިކުފާނު ވިދާޅުވެދެއްވިއެވެ. އެ މިނިސްޓްރީގައި މަސައްކަތް ކުރައްވަނިކޮށް، އޭރު ޚާރިޖީ މަސައްކަތުގައި އުޅުއްވި، ފަހުން ޚާރިޖީ މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވި އަހުމަދު ނަސީމު މެދުވެރިކޮށް، އިޓަލީގެ ޓްރެވެލް އޭޖެންޓެއް ކަމަށްވާ ޖޯޖް ކޯބިންއާ ދިމާވިއެވެ. އެއާއެކު، ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީ ކުރެއްވުމުގެ ރޫހު އެ ބޭފުޅުންގެ މެދުގައި އުފެދުނެވެ. ޖޯޖް ކޯބިން ރާއްޖެއަށް ކުރިދަތުރުގައި އޭނާގެ ދަރިފުޅު ޖޯޖިއާއާ އެކު --- އެމްޔޫ މަނިކާއި ނަސީމް، ކޯބިންއަށް ރާއްޖެ ދެއްކުމާއެކު އޭނާ ފަށައިގަތީ ފުރަތަމަ ފަތުރުވެރިން ގެނައުމުގެ މަސައްކަތެވެ. އޭރު ފަތުރުވެރިންނަށް ޚިދުމަތް ކުރާނެ ގޮތުގެ މާ ގިނަ މައުލޫމާތެއް ނެތް ނަމަވެސް، ފެބްރުއަރީ 16، 1972ގައި އިޓަލީވިލާތުން ގެނައި ފަތުރުވެރިން ތިން ގެއެއްގައި ބައިތިއްބައިގެން، ރީތި މޫދާއި ދޮންވެލި ތުނޑިތަކުގެ ޖާދޫގައި ޖެއްސިއެވެ. ރާއްޖެއިން ކިޔައިދިން ގޮތަށް 'ދުނިޔޭގެ ސުވަރުގޭގެ' ގޮތުގައި އެ ފަތުރުވެރިން ގޮސް ވެސް ނޫސް މަޖައްލާތަކުގައި އިޝްތިހާރުކުރިއެވެ. އަދި، ރާއްޖެއަށް އޮތް ޝައުގު ބޮޑުވީއެވެ. އޭރު އެމްޔޫ މަނިކާއި ނަސީމާއި، ކްރައުން ކުންފުނީގެ ޗެއާމަން ހުސައިން އަފީފް ގެންދެވީ ވިހަމަނާފުށީގައި ކުރުނބާ މޯލްޑިވްސް ތަރައްގީކުރައްވަމުންނެވެ. ތިރީސް ކޮޓަރިއާ އެކު 1972ގައި އެ ރިސޯޓު ހުޅުވީ އަމިއްލައަށް ޚަރަދުކުރައްވައި، އަމިއްލަ މަސައްކަތްޕުޅުންނެވެ. "އަޅުގަނޑުމެން އަތުގައި މާ ގިނަ އެއްޗެއް ހުރެގެން ނޫން، އަޅުގަނޑު އަތުގައި އޮތް އެއްޗެއް، ނަސީމު އަތުގައި ވެސް އޮތް އެއްޗެއް ލައިގެން ދެން މިކަން ކޮމްޕްލީޓް ކުރެވުނީ، އޭރު ލޯނެއް ނެތް ބޭންކެއް ނުވެސް ނެތް،" މަނިކު ވިދާޅުވެދެއްވިއެވެ. "އަޅުގަނޑު 1:30ގައި އޮފީސް ނިމުނީމައި އަންނަނީ މިތަނަށް [ކުރުނބާއަށް]، އައިސް މިތާގައި މަސައްކަތްކުރަނީ. އަޅުގަނޑު ބޮޑަށް ކުރީ އެފްއެންޑްބީ ކަންތައް، ނަސީމް ކޮންސްޓްރަކްޝަން، އަފީފް ހުންނާނީ ފިނޭންސްއަށް، ދެން އަޅުގަނޑުމެން ހުރިހާ ކަމެއް ވެސް ކުރަން." އެމްޔޫ މަނިކް ކުރުނބާ މޯލްޑިވްސްގައި: އެމްޔޫ މަނިކު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ކުރެއްވި ބުރަ މަސައްކަތުން، ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓަކީ ކުރުނބާ އޭރު ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި، ކުރުނބާ މޯލްޑިވްސް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއިރު، ބަންދުގައި ވެސް ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. އެގޮތުން ރާއްޖޭގައި ފަތުރުވެރިކަމަށް ދިރުމެއް ނެތް ކަމަށް ބޭރުން ބުނި ނަމަވެސް، މަނިކާއި އެ ބޭފުޅުން ކުރައްވަމުން ގެންދެވި މަސައްކަތްތައް ސަރުކާރުން ބަލަމުން ދިޔަކަން ފާހަގަކުރެއްވިއެވެ. އޭރުގެ ބަންދުގައި ހުންނަވަން ޖެހިވަަޑައިގަތް ސަަބަބު މިހާރު ވިސްނާލެއްވުމުން، އެއީ އެ ވިޔަފާރިއާ ގުޅުންހުރި ކަމެއްގައި ކަމަށް ބެލެވޭ ކަމަށް ވެސް މަނިކު ވިދާޅުވިއެވެ. "އެ ދެން މިހާރު ވިސްނާލާއިރު ވާނީ އެކަހަލަ ކަމަކަށް އެއީ ދެން ވިޔަފާރީގެ ކޮމްޕެޓިޝަން އޮންނާނެ ގޮތް އެނގޭ ނޫންތޯ؟ އަޅުގަނޑުމެންނަށް ފަހުން ގޮސް ކުރުނބާއަށް އަންނަ މީހުންނަށް ނުވެސް ދެވޭ އެއްވެސް ރަށަކަށް ވެސް. ވަރަށް ބޮޑު އުނދަގޫތަކާއެކީގައި، ދެން އަޅުގަނޑުމެންނަށް، މާތް ކަލާނގެ އިރާދަކުރެއްވީމާ މިކަންތައް ވާން ހުރީމަހެން އަޅުގަނޑަށް ހީވަނީ،" އޭނާ ވިދާޅުވެދެއްވިއެވެ. މަސައްކަތް ފައްޓަވައިގެންއިރު ކުރިމަތިވި ގޮންޖެހުންތަކުން އަރައިވަޑައިގެން، އެ ބޭފުޅުން ކުރުނބާ މޯލްޑިވްސް ހިންގަވަމުން ގެންދެވީއެވެ. ނަސީރަށް ފަހު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުރުނބާ ސަރުކާރަށް ނަގައި، ބީލަމަށް ހުޅުވާލުމުން އެ ރަށާ ހަވާލުވެވަޑައިގަތީ މަނިކެވެ. ނަސީމް (ކ) އެމްޔޫ މަނިކް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަފީފް: ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބާނީންގެ އަގުވަޒަން ކުރި މިހާރު ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިޒަސްގެ ދަށުން ކުރުނބާ ފަސް ތަރީގެ ރިސޯޓަކަށް ތަރައްގީކުރެއްވީ، އަލުން އެޅުއްވި ބިންގަލާ ހިސާބުންނެވެ. އޭރުގެ އެންމެ ޒަމާނީ ވަސީލަތްތައް ހިމަނުއްވައި، ފަތުރުވެރިން ގެންނަ ގައުމުތައް އިތުރުކުރެއްވިއެވެ. "ކުރުނބާ ރަނގަޅުކުރުމަށް ފަހު ދެން ރާއްޖޭގެ ސްޓެންޑަޑް ސެޓުވީ އެއީ ރާއްޖޭއަކީ ދެރަ ތަނެއް ނޫން ކަމަށް،" މަނިކު ސިފަކުރެއްވިއެވެ. އެއަށް ފަހު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދިޔައީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ފުރަތަމަ ލަންކާ މެދުވެރިކޮށް ރާއްޖެއަށް އައި ފަތުރުވެރިން، ޔޫރަޕުން ވެސް ސީދާ ރާއްޖެ އަންނަން ފެށީއެވެ. 'ވަން އައިލެންޑް، ވަން ރިސޯޓް'ގެ ތަފާތުކަން އިހުސާސް ކުރެއްވި، ގިނަ ބަޔެއްގެ ޝައުގު ރާއްޖެއަށް އުފެދުނީއެވެ. ކުރުނބާ މޯލްޑިވްސްއިން ފެއްޓެވި ދަތުރާ އެކު މިހާރު ޔުނިވާސަލް ކުޑައިގެ ދަށުން އަށް ރިސޯޓެއް ހިންގައެވެ. މި ދާއިރާ މިހާ ހިސާބަށް ގެނެސްދެއްވުމުގައި ފާއިތުވި އަހަރުތަކެއް ހޭދަކުރެއްވި މަނިކު ދިވެހީންގެ މަސައްކަތްތެރިކަމަށް ތައުރީފު ކުރައްވައެވެ. އަދި، މި ސިނާއަތުގެ ކުރިއެރުމަށް ޓަކައި ޒުވާނުން ތަމުރީނުވެ، ފަތުރުވެރިކަމުގެ ވަޒީފާތަކަށް ވަނުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވައެވެ. "ދިވެހީންނަކީ ވަރަށް ރަނގަޅު ބައެއް ވަޒީފާތަކުގައި.. ދިވެހީންނަކީ މަސައްކަތް ކުރެވޭ ބައެއް، އެހެންވީމާ ދިވެހިން ޖެހެނީ އަންނަން،" މަނިކް އިލްތިމާސްކުރެއްވިއެވެ. މަނިކު ދެއްވާފައިވާ އަނެއް ލަފަޔަކީ، ރާއްޖޭގައި ރިސޯޓުތަކުގެ ކެޓެގަރީތައް ސިންދަފާތު ކުރުމާއެކު ފަތުރުވެރިން އަންނަ ވަކި މާކެޓަކަށް ބަރޯސާ ނުވުމެވެ. "އަޅުގަނޑުގެ މެސެޖަކީ، ދިވެހިރާއްޖޭގައި އަޅުގަނޑުމެންނަށް މިއޮތީ މާތްކަލާނގެ ދެއްވި ނިއުމަތެކޭ ޓޫރިޒަމް މިއީ، މިވަރުގެ ނިއުމަތެއް އަޅުގަނޑުމެންނަށް ލިބުނީތީ، މިތަން ބެލެހެއްޓޭތޯ ސަސްޓެއިން ކުރެވޭތޯ ބަލަން ޖެހޭނެޔޭ،" ހަވީރު ނޫހަށް ދެއްވި އިންޓަވިއު ނިންމަވައިލެއްވުން ވިދާޅުވިއެވެ. ދުނިޔެ ދޫކުރެއްވިޔަސް އެމްޔޫ މަނިކުގެ މަސައްކަތްޕުޅުތައް ދިރިދިރި އެބަހުއްޓެވެ. އެއީ ދިވެހީންނަށް ލިބުނު މުތެކެވެ.
sun
news
ރުގިއްޔާ މުހައްމަދު މޫސާ30 Aug 2025, 15:59
0.9904
754
0.972
fb3e2f7fcda61ee154168a501bd04eec
https://vaguthu.mv/sport/646713/
ފެނުނީ ފިޓްނަސް މައްސަލަ، 60 މިނެޓު ރަނގަޅަށް ކުޅުނު- ގައުމީ ކޯޗު
މަހިންދަ ރާޖަޕަކްސަ ޓްރޮފީގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ސްރީލަންކާ އަތުން އެއްވަރުވި މެޗުން ފާހަގަވީ ކުޅުންތެރިންގެ ފިޓްނަސް ކަމަށާއި ފުރަތަމަ 60 މިނެޓު ރަނގަޅަށް ކުޅުނުކަމަށް ގައުމީ ކޯޗު އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ ބުނެފިއެވެ. ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމުގައި މުބާރާތުގެ ފުރަތަމަ މެޗު ނިމުނީ 4-4 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗު ލަންކާއިން އެއްވަރުކުރީ ރާއްޖެއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ހަތަރު ލަނޑު ޖަހައިގެންނެވެ. މި ހަތަރު ލަނޑުވެސް ލަންކާއަށް ކާމިޔާބުކޮށްދިނީ އެ ގައުމަށް މިދިޔަ އަހަރު ކުޅެން ފެށި ވަސީމް ރަޒީކް އެވެ. އޭނާ މީގެކުރިން ކުޅުނީ ޖަރުމަނުގެ ދަށް ޑިވިޝަނުގެ ލީގުތަކަށެވެ. ރާއްޖެއިން މި މެޗު ފެށީ ވަރުގަދަކޮށެވެ. ރާއްޖޭގެ ހަތަރު ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިންނަކީ ކެޕްޓަން އަކްރަމް އަބްދުލްޢަނީ އާއި އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މީގެއިތުރުން ވެސް ރާއްޖެއިން މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. މަންޒަރު ބަދަލުވީ މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅުގައެވެ. ދިވެހި ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ. އަދި ގިނަ ގޯސްތަކެއް ފަހަތުން ހެދުމުގެ ނަތީޖާއެއްގެ ގޮތުން ލަންކާއަށް ލިބުނު ޖާގަތަކުގައި އެ ޓީމުން ލަނޑުތައް ޖަހާ ނަތީޖާ ހަމަކުރިއެވެ. މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގައުމީ ކޯޗު ބުނީ ފުރަތަމަ 60 މިނެޓު ފެނުނީ އެންމެ ބޭނުންވި ކުޅުން ކަމަށާއި ނަމަވެސް އޭގެފަހުން ފެނުނު ކުޅުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކުޅުމެއްނޫން ކަމަށެވެ. "މިކަމުން ދަސްކުރަންވީ ފިލާވަޅަކީ 60 މިނެޓުން އަހަރެމެން މެޗު ނިންމާލަން ނުވޭކަން، 90 މިނެޓަށް ކުޅެންޖެހޭ ކަން" މެޗަށްފަހު ގައުމީ ކޯޗު ބުންޏެވެ. މީގެއިތުރުން ކޯޗު ބުނީ ޓީމުގެ ކުޅުންތެރިންގެ ފިޓްނަސް ލެވެލް ރަނގަޅުނޫން ކަން މިކަމުން ހާމަވެގެންދިޔަ ކަމަށާއި އެކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށްވެސް ކޯޗު ބުންޏެވެ. އެންމެފަހުން ރާއްޖެއާއި ލަންކާ ކުޅުނު މެޗެއް އެއްވަރުވީ 2018 ގެ ސާފް ޗެމްޕިއަންޝިޕުގައެވެ. އެފަހަރު ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހުނުއިރު، އޭގެ ކުރިން 2013 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ދިވެހި ޓީމުން ވަނީ ލަންކާ ކޮޅަށް 10 ލަނޑު ޖަހާފައެވެ. މުބާރާތުގައި ރާއްޖެ ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ. މި މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގައެވެ.
vaguthu
sports
އިސްމާޢީލް ޝާހު
0.9911
249
0.975
ffe5e131853d0a6a7548c0d6d01e05b0
https://mihaaru.com/news/109263
ޔޫއެސްބީ-ސީ ޗާޖަރު މަޖުބޫރުކުރަން އީޔޫ އިން ނިންމައިފި
ވިލާތުގައި ވިއްކާ ހުރިހާ ސްމާޓްފޯނާއި ޓެބްލެޓްތަކުގައި ޔޫއެސްބީ-ސީ ޗާޖަރު ބޭނުންކުރަން މަޖުބޫރުވާ ގޮތަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ނިންމައިފި އެވެ.
mihaaru
lifestyle
2022-06-09 06:15:00
0.7817
16
0.971
e9fba8965d586fc00a262d3efdf33db2
https://mihaaru.com/news/23261
"ރޭސް 3"ގައި ސަލްމާން ކުޅެނީ ނުބައިބައި
ސަލްމާން ޚާން ވަނީ އަންނަ 2018 ގައި ކުޅުމަށް ވަރަށް ރަނގަޅު ފިލްމުތަކެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ރަމޭޝް ތުރާނީ ޕްރޮޑިއުސްކުރާ "ރޭސް 3" އެވެ.
mihaaru
entertainment
2017-09-06 06:28:14
0.8793
25
0.946
0b46e781d45ae20744ceec27cf4073d8
https://mihaaru.com/news/108821
ރާއްޖެ އަށް ވެސް އިގްތިސާދީ ތޫފާނެއް އަތުވެދާނެ، ތައްޔާރުވެ ތިބެން ޖެހޭ: ޓިމް
ކުރިއަށް އޮތީ ރާއްޖޭގެ އިގްތިސާދަށް ވެސް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާއި ކުރިއަށް އޮތް ބޮޑު އިގްތިސާދީ ތޫފާނަށް މުޅި ގައުމު ތައްޔާރުވާން ޖެހޭ ކަމަށް ބީއެމްއެލްގެ ސީއީއޯ ޓިމޮތީ ސޯޔާ (ޓިމް) ރޭ ވިދާޅުވެއްޖެ އެވެ.
mihaaru
business
2022-05-30 07:53:19
0.8328
27
0.984
4860569d18b7ff35a2e2dc741638c9b3
https://sun.mv/85174
ސިފައިން އަތޮޅުތެރޭގައި ނިޔަމި ކޯސް ހިންގަން ފަށައިފި
އެމްއެންޑީއެފުން ހިންގާ ފުރަތަމަ ނިޔަމި ކަމުގެ ކޯސް، ހއ. އިހަވަންދޫގައި އިއްޔެ ފަށައިފިއެވެ. މިއީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން ހިންގާ، ލެވެލް ދޭއް ފެންވަރުގެ ކޯހެކެވެ. އިހަވަންދޫގައި ފެށި ކޯހުގައި 120 މީހަކު ބައިވެރިވެއެވެ. ފަސް ދުވަހުގެ މުއްދަތަށް ހިންގާ އެ ކޯހުގައި ހއ. އިހަވަންދުއާއި މޮޅަދޫގެ އިތުރުން ދިއްދޫ އަދި ހޯރަފުށިން، މީހުން ބައިވެރިވެއެވެ. އެމްއެންޑީއެފްއިން ބުނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ މިންގަނޑަށް ހިންގާ އެ ކޯހުގައި 30 ގަޑިއިރުގެ ކްލާސްތައް ނަގައިދޭނެ ކަމަށެވެ. އެ ކޯހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ނެވިގޭޝަން، ސޭފްޓީ، ކޮމިޔުނިކޭޝަން އަދި ރެގިޔުލޭޝަން ހިމެނެއެވެ. އެ ކޯހަށް ބައިވެރިން ހޮވާފައިވަނީ އެ ފަރާތްތަކަށް ދެވުނު ޓެސްޓުތަކަކަށް ފަހު އެވެ. އެ ކޯހުގައި ކިޔަވައި ދެއްވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނެވެ. ސިފައިން ބުނީ އެކޯސްތަކަށް ލިބޭ ތަރުހީބްތަކަށް ބަލައި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ކޯސް ހިންގައިދިނުމަށް ނިންމާފައިވާ ކަމަށެވެ.
sun
news
އަހުމަދު ސާއިލް އަލީ28 Jan 2017, 09:29
0.9917
107
0.976
3bedbfb182949000da444c92ce7fab78
https://sun.mv/131365
ޗައިނާ ދަތުރުތައް ކެންސަލްވުމުން މޯލްޑިވިއަނުން އިންޑިއާގެ އާ މަންޒިލްތަކަކަށް
ކޮރޯނާ ވައިރަސް ފެތުރޭތީ ގައުމީ އެއާލައިން މޯލްޑިވިއަނުން ޗައިނާއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލަން ޖެހުމުން ކުރި ގެއްލުމުން އަރައިގަންނަން އިންޑިއާގެ އާ މަންޒިލްތަކަކަށް ދަތުރު ފަށަން މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެފި އެވެ. މޯލްޑިވިއަން މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މޯލްޑިވިއަންގެ ބައިނަލްއަގްވާމީ އޮޕަރޭޝަންސް ޗައިނާ ދަތުރުތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް ކަމަށެވެ. "މޯލްޑިވިއަންއަކީ ރާއްޖޭގައި ޑައިރެކްޓްކޮށް ޗައިނާއާ ބިޒްނަސް އެސްޓަބްލިޝް ވެފައި އޮތް އެއް ކުންފުނި. ފުދޭވަރެއްގެ ބޮޑު އިމްޕެކްޓެއް އެބަ އާދޭ." ރިޒްވީ ވިދާޅުވި އެވެ. ޗައިނާ ދަތުރުތައް ކެންސަލްވި ނަމަވެސް، އެއާބަސް ގްރައުންޑު ކޮށްފައި ނުބޭއްވޭނެ ކަމަށާއި ގެއްލުން ފޫބައްދަން އިންޑިއާގެ އާ މަންޒިލްތަކަކަށް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޒްވީ ވިދާޅުވި އެވެ. ފެބްރުއަރީ 11، 2020: މޯލްޑިވިއަން އެޕް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ "އޮޕަރޭޝަންސް އެންމެ އަވަހަށް ފެށޭނީ އިންޑިއާއަށް. އެހެންވެ އިންޑިއާގެ އިތުރު ސިޓީތަކެއް އެޑްކުރެވޭތޯ މި ބަލަނީ." ރިޒްވީ ވިދާޅުވި އެވެ. އެހެން ނަމަވެސް އިންޑިއާގެ ސީދާ ވަކި ކޮން ސިޓީތަކެއްކަން އަދި ކަނޑައަޅާފައިވާ ނުވާ ކަމަށާއި ބައެއް ސިޓީތައް މި ހަފުތާގެ ތެރޭގައި ކަނޑައެޅޭނެ ކަމަށް ރިޒްވީ ވިދާޅުވި އެވެ. މޯލްޑިވިއަނުން މިހާރު ވެސް އިންޑިއާގެ ތިން ސިޓީއަކަށް ދަތުރުތައް ކުރެ އެވެ. އެއީ ޓްރިވެންޑްރަމް، ކޮޗިން އަދި ޗެންނާއީއެވެ. ޗައިނާ ދަތުރުތައް ކެންސަލް ކުރުމާ ހަމައަށް އެގައުމުގެ ފަސް ސިޓީއަކަށް ގައުމީ އެއާލައިނުން ދަތުރުކޮށްފައިވެ އެވެ. ކޮރޯނާގެ ސަބަބުން ޗައިނާ ދަތުރުތައް ކެންސަލްވެ، ޓޫރިސްޓް ބުކިންތައް ކެންސަލްވުމުން ލިބުނު ގެއްލުން ފޫބައްދަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އިންޑިއާގެ އާ މަންޒިލްތަކަކަށް ދަތުރުތައް ފަށައިފިނަމަ، ޗައިނާ މާކެޓް ހީނަރުވުމުން މޯލްޑިވިއަންއަށް ލިބުނު ގެއްލުމުން އަރައިގަތުމުގެ އިތުރުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.
sun
news
އަހުމަދު މިޒްޔާލް11 Feb 2020, 11:38
0.9928
205
0.979
196b190ebf1019ee857225521f20d1c4
https://sun.mv/182181
ކައުންސިލްތަކުގެ މުވައްޒަފުންނަށް 35 ޕަސެންޓް އެލަވަންސް ދޭން ރައީސް ނިންމަވައިފި
ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ އިތުރަށް އިތުރު 35 ޕަސެންޓް އެލަވަންސްއެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ނިންމަވައިފިއެވެ. ސަރުކާރުން ބުނީ މިފަދައިން ރައީސް ނިންމެވީ މި އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބޭ މުވައްޒަފުންނަށް އެލަވަންސް ހަމަޖެއްސިއިރު ކައުންސިލްތަކުގެ މުވައްޒަފުން ހިމެނިފައިނުވާތީކަމަށެވެ. އެއާއެކު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކައުންސިލް މުވައްޒަފުންނަށް ވެސް އެ އެލަވަންސް ލިބޭނެކަމަށް ސަރުކާރުން ބުންޏެވެ. މި ގެނެވުނު ބަދަލާއެކު ސިވިލް ސާވަންޓުންނާއި ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާ ދެމެދު އޮންނަ ފަރަގު ނައްތައިލެވޭނެކަމަށް ވެސް ސަރުކާރުން ބުންޏެވެ. މީގެ ކުރިން ރައީސް ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެސް ކައުންސިލަރުންގެ ފަރާތުން ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެ މަޝްވަރާތަކުގައި އެ މަނިކުފާނުވަނީ އެ ކަމަށް ހައްލު ގެނެސްދެއްވާނެކަމަށް ވިދާޅުވެފައެވެ.
sun
news
މުޙައްމަދު ނާއިލް ހަފީޒް19 Sep 2023, 13:02
0.9963
96
0.989
bf651364119c70b258e7f7505cecc0f6
https://mihaaru.com/news/38740
ފަރުވާދެމުން ދިޔަ ގައިދީއަކު މަރުވެއްޖެ
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއްގެ ހާލު ގޯސްވެގެން މިދިޔަ ބުދަދުވަހު މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށް މިރޭ މަރުވެއްޖެ އެވެ.
mihaaru
news
2018-07-08 23:41:21
0.8041
19
0.992
9dba6d6e07992c6a59cefc096fb58855
https://sun.mv/170535
ކުށް ކުރާ ކުޑަކުދިން ބައިތިއްބާ މަރުކަޒެއް ފުވައްމުލަކުގައި ހުޅުވައިފި
ކުށް ކުރާ ކުޑަކުދިން ބައިތިއްބާ މަރުކަޒެއް ފުވައްމުލައް ސިޓީގައި މިއަދު ހުޅުވައިފިއެވެ. ފުވައްމުލަކުގައި މި ހުޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ގާއިމުކުރި ފުރަތަމަ، ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެވެ. މި މަރުކަޒު ހުޅުވުމަށް ފުވައްމުލަކުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަރުކަޒު ހުޅުއްވާދެއްވީ ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މުޤައްރިރު ޖީހާން މަޙްމޫދާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގެވެ. ފުލުހުން ބުނީ މިހުޅުވި ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒުގައި، ކުޑަކުދިންނަށް ޚާއްސަކޮށްގެން އިންޑޯ އަދި އައުޓް ޑޯ ކުޅިވަރުތައް ކުޅެވޭނެ ތަނަކާއި ލައިބްރަރީއަކާއި، ކްލާސްރޫމެއްގެ އިތުރުން ކޮމްޕިއުޓަރު ލެބެއް ގާއިމުކޮށްފައި ވާނެ ކަމަށެވެ. ފުވައްމުލަކުގައި ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފް ވަނީ މީގެ 28 އަހަރު ކުރިން މީހުން ބަންދުކުރާއިރު ކުޑައެއް ބޮޑެއް ތަފާތެއްނުކުރާކަން ފާހަގަކުރައްވާފައެވެ. މަންނާން ވިދާޅުވީ އޭރު އަމަލުކުރަމުންދިޔަ ގޮތްތަކަށް ވިސްނާލުމުން މިއަދަށް ވަރަށް ރަނގަޅު ފިލާވަޅެއް ލިބޭ ކަމަށެވެ. އަދި އޭރު މީހަކު ކުށެއް ކުރީމާ އިންޒާރެއް ދިނުމަށް ފަހު އެ ކުށް ތިންވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމައާއި އެއީ ދައުވާކުރެވޭވަރުގެ މައްސަލައެއް ނަމަ ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް ކަންތައްކުރުމުން ދެވަނަ ފަހަރަށް ކުށްކޮށްގެން އަންނަ މިންވަރު މަދުވާކަމަށް މަންނާން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިހާރު އޮތް ޖުވެނައިލް ޖަސްޓިސްއަށް ބަލާއިރު ކުއްޖަކު ދެވަނަ ފަހަރަށް ކުށެއްކޮށްގެން ގެނެވޭ ހިނދު އެކުއްޖަކު ބައިންދައިގެން ނަސޭހަތްދިނުމަށްފަހު ދެން ކަންކަން ކުރަންވީ ގޮތުގެ މައުލޫމާތު އެކުއްޖާގެ ބެލެނިވެރިޔާއަށް ހިއްސާކުރާ ކަމަށެވެ. "ކުޑަކުދިން ކުރާ ކުށްތައް މަދުކުރުމަށް ފުލުހުން ކުރާ މަސައްކަތުން، ކުޑަކުދިންނަކީ ކުށްތަކާ ދުރުވެ މުޖުތަމައަށް ބޭނުންތެރި ދަރިންތަކަށް ވެގެން ދިއުމަށް އުންމީދު ކުރަން،" މަންނާން ވިދާޅުވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުވައްމުލައް ސިޓީގެ ކައުންސިލްގެ އިސްވެރިންގެ އިތުރުން އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ.
sun
news
އިސްމާޢީލް ޝާކިރު17 Nov 2022, 20:04
0.9959
207
0.988
f5d6b65d1fcaeb09148f3d1d89426da4
https://mihaaru.com/news/49904
ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަނަކަށް ވޮލީ ހުސެއިން
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަންގެ މަގާމަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދު އިއްޔެ އައްޔަންކޮށްފި އެވެ.
mihaaru
sports
2019-02-07 13:34:53
0.7838
15
0.993
c8de82579f508b04366249858e9f2d0a
https://vaguthu.mv/news/177730/
މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ 12:30 އިން ފެށިގެން މާދަމާ ހެނދުނު 6:30 އާއި ހަމައަށެވެ. ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތް (މިރޭ 08:00އިން މާދަމާރޭ 08:00އަށް ) ރާއްޖޭގެ އެކިހިސާބަަށް ވިއްސާރަ ކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ. ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ. އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ. މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް: ވައިޓް އެލާޓް:މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ. ޔެލޯ އެލާޓް:މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ. ރެޑް އެލާޓް:މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ. ގްރީން އެލާޓް:މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.
vaguthu
news
އަރީޙް
0.9877
263
0.965
a5fd7232c3daaeb43870b021570748bd
https://sun.mv/205604
އެއާޕޯޓަށް ދިން ހަމަލާގެ ބަދަލު ހިފާނަން: ނަތަންޔާހޫ
އިސްރާއީލުގެ ބައިނަލްއަގުވާމީ މައި އެއާޕޯޓް ކަމަށްވާ ބެން ގުރިއޮން އެއާޕޯޓަށް ޔަމަންގެ ހޫޘީން ދިން މިސައިލް ހަމަލާގެ ބަދަލު ހިފާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ނަތަންޔާހޫ ބުނީ މީގެކުރިން ވެސް ހަމަލާދީފައިވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ހަމަލާދޭނެ ކަމަށެވެ. އީރާނުގެ ތާއީދު އޮންނަ ހޫޘީން ޔަމަނުން ފޮނުވާލި މިސައިލް އަމާޒުވީ އާދީއްތަ ދުވަހުގެ ހެނދުނު ބެން ގުރިއަން އެއާޕޯޓުގެ މައި ޓާމިނަލް ކައިރިއަށް ކަމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެ ހަމަލާގައި ހަތަރު މީހަކަށް އަނިޔާވެފައިވާއިރު، އިތުރު ދެމީހަކު ޒަޚަމްވެފައިވާ ކަމަށް އިމަޖެންސީ ސާވިސްއާ ހަވާލާދީ އިސްރާއީލުގެ މީޑިއާތަކުން ބުނެއެވެ. ހޫޘީ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސާރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިސްރާއީލުގެ އެއާޕޯޓަކީ ވައިގެ ދަތުރުތަކަށް މިހާރު ރައްކާތެރި އެއާޕޯޓެއް ނޫން ކަމަށެވެ. ހަމަލާއާ ގުޅިގެން އިސްރާއީލުގެ ވައިގެ ދަތުރުފަތުރިތައް ހުއްޓުމަކަށް އައި ނަމަވެސް މިހާރު ވަނީ ދަތުރުކުރެވޭ ގޮތަށް ހުޅުވާލާފައެވެ. ނަމަވެސް ލުފްތަންސާ، އެއާ ފްރާންސް އަދި ޑެލްޓާ ފަދަ ބޮޑެތި ބައެއް އެއާލައިންތަކުން އެ އެއާޕޯޓަށް ކުރާ ދަތުރުތައް އަދި ފަށާފައެއް ނުވެއެވެ. އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށުމާއެކު، ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ހޫޘީން އަންނަނީ އިސްރާއީލަށާއި އެމެރިކާއަށް ހަމަލާތައް ދެމުންނެވެ. އަދި ރަތްކަނޑުގައި ދަތުރުކުރާ އިސްރާއީލާއި ގުޅުން ހުރި އުޅަނދުތަކަށް ހޫޘީން އަންނަނީ ހަމަލާތައް ދެމުންނެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން މިދިޔަ ޖެނުއަރީ މަހު އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތައް މެދުކަނޑާލުމާ އެކު ކަނޑުމަތީގެ ހަމަލާތައް ވެސް ވަނީ ހުއްޓާލާފައެވެ. ނަމަވެސް އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން ޣައްޒާގެ އާންމުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވާތީ އަލުން ހަމަލާތައް ފަށާނެ ކަމަށް ކުރިން ވެސް އޮތީ އިންޒާރު ދީފައެވެ.
sun
news
ނުހާ މުޙައްމަދު05 May 2025, 10:53
0.9969
182
0.991
6468b357897a768237d3c77780eff09b
https://vaguthu.mv/news/158415/
ވީބީ ހަސަންގެ ކެންޑިޑެންސީ ބަލައި ގަތުން މަޑުޖައްސާލަން އަމުރުކޮށްފި
ސާބިތު ދަރަންޏެއް އޮވެ، އެ ދަރަންޏާ އެއްގޮތަށް ފައިސާ ނުދައްކާތީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރެއްވުމަށް ވީބީ ބްރަދާސްގެ މެނޭޖިންގް ޑައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) ހުށަހެޅި ފޯމު ބަލައި ނުގަނެ މަޑު ޖައްސާލަން ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް އަންގައިފިއެވެ. މަޖިލީހަށް ވާދަ ކުރާ ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި ނަމަ ދެން އެކަމާ މެދު ގޮތް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު ބުނާއިރު ވީބީ ހަސަންގެ ކެންޑިޑެންސީ ފޯމު ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން އެމައްސަލަ ވީބީ ހަސަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅާފައެވެ. ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ނިމެންދެން އޭނާގެ ކެންޑިޑެންސީ ފޯމު ބަލައި ނުގަންނަން ނިންމި ނިންމުން މަޑު ޖައްސާލަން ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގައިފައެވެ. ސާބިތު ދަރަންޏެއް އޮންނަ ފަރާތަކުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ. ނިމިދިޔަ އެމްޑީޕީ ޕްރައިމަރީން ހޮވި، އެދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ނުކުންނާނީ މިހާރު ވެސް މެމްބަރު އަލީ އާޒިމެވެ. ހަސަން ވިދާޅުވީ އެމްޑީޕީ ޕްރައިމަރީ ކުރިއަށް ދިޔަ ގޮތުން އެ ދާއިރާއަށް ބަދަލެއް ބޭނުންވާކަން އެނގުނު ކަމަށާއި، ނުކުންނާނީ ރައްޔިތުންނަށް އެ ބަދަލު ގެނެސްދިނުމަށް ކަމަށެވެ.
vaguthu
news
އަޝްވާގު ފައުޒީ
0.9965
135
0.99
8e8a75f3fe2dfda2feae50076bf3d8ce
https://sun.mv/159166
ޝެޑިއުލްގައިވާ އެއްވެސް ފްލައިޓެއް ކެންސަލްކުރަންޖެހޭ ފަދަ ހާލަތެއް ނާންނާނެ: އެމްއޭސީއެލް
އަހަރުގެ މި ދުވަސްވަރާ ދިމާކޮށް އަންނަ ޕީކް ސީޒަން ނުވަތަ ވިންޓާ ސީޒަނާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓުތައް މެނޭޖުކުުރުމަށް, އެ ކަންކުރާނެ ގޮތް އަންގައި ނެރެމުން އަންނަ ސާކިއުލާގެ ސަބަބުން އެއްވެސް އެއާލައިނެއްގެ ޝެޑިއުލް ފްލައިޓެއް ކެންސަލްކުރަން ޖެހޭ ހާލަތެއް އައިސްފައިނުވާކަމަަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ. އެމްއޭސީއެލްއިން ނެރުނު ސާކިއުލާއަކާ ގުޅިގެން ފްލައިޓެއް ކެންސަލްކުރަން ޖެހޭކަމަށް ނޫހެއްގައި ރިޕޯޓުކޮށްފައި އޮތް ޚަބަރަކާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން 2018ވަނަ އަހަރުން ފެށިގެން އެ ސާކިއުލާ ނެރެމުން އަންނަކަމަށެވެ. އަދި އެއީ ޕީކް ސީޒަނުގައި އެއާލައިންތަކަށް ތައްޔާރުވާނެ ގޮތް އަންގައިދިނުމުގެ ބޭނުމުގައި ނެރޭ ސާކިއުލާއެއް ކަމަށް ބުންޏެވެ. ފްލައިޓު ކެންސަލް ކުރަން ޖެހިފައިވާ ކަމަަށް ބުނެ ރިޕޯޓު ކޮށްފައިވަނީ ސްވިޓްޒަލޭންޑުގެ މީޑިއާއަކުންނެވެ. އެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމްއޭސީއެލްގެ ސާކިއުލާގެ ސަބަބުން އެ ގައުމުގެ އެއާލައިނެއް ކަމަށްވާ އެޑަލްވެއިސްއިން ރާއްޖެއަށް ކުރާ ބައެއް ދަތުރުތައް ކެންސަލްކުރަން ވަނީ ޖެހިފައެވެ. އެހެންނަމަވެސް އެމްއޭސީއެލުން އެ ކަން ސާފުކޮށްދިނުމަށް ނެރުނު ބަޔާނުގައި ބުނީ އެއާލައިންތަކަށް ޖާގަ ހަމަޖައްސަނީ ބައިނަލްއަގްވާމީ އުސޫލުތަކުގެ ދަށުންކަމަށެވެ. "ނަމަވެސް މިހާތަނަށް އެއާޕޯޓުން ހުރިހާ އެއާލައިނަކަށް ވެސް ސްލޮޓް ހަމަޖައްސައިފައިވަނީ ބައިނަލްއަގްވާމީ އުސޫލުތަކުގެ ދަށުން އެކަމަށް ހުށަހެޅުމުންނެވެ. ކޮވިޑްގެ ކުރިން އެޑަލްވެއިސްއިން ދަތުރުކުރަމުން ގޮސްފައިވަނީ ބުރާސްފަތި، ހުކުރު، އަދި ހޮނިހިރުގައި ދަތުރުތައް ރާވައިގެންނެވެ. ނަމަވެސް ކޮވިޑު ތެރޭގައި އެ އެއާލައިނުންވަނީ ބުރާސްފަތި އަދި ހުކުރުގެ ދެ ފްލައިޓު ވެސް ކެންސަލްކޮށްފައެވެ،" އެމްއޭސީއެލްގެ ބަޔާނުގައި ބުންޏެވެ. އެއާއެކު އެ ކުންފުނިން ބުނީ އެ އެއާލައިނުން އަލުން އިތުރު ފްލައިޓުތަކެއް އޮޕަރޭޓްކުރަން އެދުމާއެކު އެކަމާ މަޝްވަރާކޮށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. އަދި ހަފްތާއަކު ތިން ދުވަހު ފްލައިޓް އޮޕަރޭޓްކުރުމުގެ ހުއްދަ ދީފައިވާކަމަށެވެ. އެމްއޭސީއެލުން ބުނީ އެއްވެސް އެއާލައިނަކަށް ދީފައިވާ ސްލޮޓް އެ އެއާލައިނަކުން ކެންސަލް ނުކުރާހާ ހިނދަކު އެހެން އެއާލައިނަކަށް ނުދޭނެ ކަމަށެވެ. އަދި އިތުރު ޖާގައަަށް އެދޭ އެއާލައިންތަކަށް ކެޕޭސިޓީ އޮތް މިންވަރަަކުން އެ ފުރުސަތު ދޭނެކަމަށެވެ. އެއާއެކު އެއްވެސް އެއާލައިނެއް ތަފާތުކުރުމެއް ނެތި ރައްކާތެރިކަމާއެކު ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަކީ އެ ކުންފުނީގެ މައިގަނޑު އަމާޒުކަމަށެވެ.
sun
news
މުޙައްމަދު ނާއިލް ހަފީޒް18 Nov 2021, 20:27
0.9956
225
0.987
9b15c455e22ec1a762c077727c4c0e6c
https://vaguthu.mv/evaguthu/41021/
ބޮޑު ކުށްވެރިޔާ ހައްޔަރު ކުރެވުނީ އޮޅިގެން ކުރެވުނު ފޯން ކޯލަކުން
އެއްވެސް މީހަކަށް އަބަދު ނަސީބު އެހީއެއް ނުވެއެވެ. ވަގަކަށް ހާސް ދުވަސް ވެރިއަކަށް އެއްދުވަސް އޮންނާނެއޭ ބުނަނީ މިހެންވެ ކަމަށް ވެދާނެއެވެ. ކޮންމެ ވަގަކު ވެސް ކޮންމެވެސް ދުވަހަކު ހިފައި ހައްޔަރު ކުރެވޭނެއެވެ. ނޭނގެނީ ހައްޔަރު ކުރެވޭނެ ދުވަހެކެވެ. އެމެރިކާގެ ކެރޮލޮއިނާގެ ވޭންކައުންޓީގެ 911 އަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ފޯން ކޯލެއް ލިބުނެވެ. ފޯން ކުރި މީހާ އެއްވެސް ވާހަކައެއް ނުދައްކައެވެ. 911 އަށް ކުރާ ފޯން ކޯލަކުން ދައްކާ ވާހަކަ ސާފު ނުވިޔަސް އެކޯލެއްގެ ޙަޤީޤަތް ސާފު ކުރުން އެއީ ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ އޮފިޝަލުންގެ ޒިންމާއެކެވެ. އެހެންކަމުން އޮފިޝަލުން ވަގުތުން ހަރަކާތްތެރިވިއެވެ. ފޯންކޯލް އައި އެޑްރެސް ބަލައިގެން ވަރަށް އަވަހަށް އެއެޑްރެހަށް ދިޔައެވެ. އެގެއަށް ގޮސް ފުލުހުން ވަން އިރު ގޭގައި ހުރީ އުމުރުން 53 އަހަރުގެ ޖެސީ ގްރާމް ކިޔާ މީހެކެވެ. އޭނާ އާއި ސުވާލު ކުރުމުން އެނގުނީ އެއީ އޮޅިގެން ކުރެވުނު ފޯން ކޯލެއް ކަމެވެ. ޖެސީގެ މައުލޫމާތު އޮޅުންފިޅުވާ ޑޭޓާބޭސްގައި އޭނާގެ މައުލޫމާތު ސާޗް ކުރުމުން އޮފިޝަލުން ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. ޖެސީ އަކީ މަކަރާއި ހީލަތް ހެދުމުގެ އެތައް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ ވަރަށް ބޮޑު ކުށްވެރިއެކެވެ. އޭނާ ހޯދަން މީގެ ކުރިން ފުލުހުން އެތައް މަސައްކަތެއް ކުރި ނަމަވެސް އުޅޭތަނެއް ނޭނގިގެން ވަނީ ހައްޔަރު ނުކުރެވިފައެވެ. ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ މީހުން ވަގުތުން ފުލުހުންނަށް ޖެސީގެ މައުލޫމާތު ދިނެވެ. އެއާއި އެކު ފުލުހުން ވަނީ ޖެސީގެ ގެއަށް ގޮސް އޭނާ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނީ ޖެސީ ފުލުހުންގެ ބަންދުގައި ބަހައްޓަން މިހާރު ކޯޓުން އަމުރު ނެރެފައިވާ ކަމަށާއި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އޭނާގެ މައްޗަށް ދައުވާތައް އުފުލާނެ ކަމަށެވެ.
vaguthu
news
އާދަމް ނަވާޒް
0.9936
183
0.982
b38d4f2381ca559cc56adc3420dab935
https://sun.mv/90497
ފެން ކޭސް ބޭލުމާއި ޓެކްސީން ލާރި މާރުކުރުން ހަލުވި ކުރަން ޖެހިފައި!
އެއީ އިޝާނަމާދު ވަގުތެވެ. ކޮންމެވެސް ވަރަކަށް ހިމަފޮދު ވާރޭ ވެހެ އެވެ. ނަމާދަށް ދިއުމަށާއި އެކިއެކި ބޭނުންތަކުގައި އެތައް ބަޔަކު މަގުތަކުގައި ހަރަކާތްތެރިވެ އެވެ. ބުރުޒުމަގުން މާދުރަކަށް ނުދެވުނެވެ. މުޅި މަގުހެން އޮތީ ތޮއްޖެހިފަ އެވެ. ބަރުގޮނޑު އަޑު ބަންގީގެ އަޑަށް ވުރެ ގަދަ އެވެ. ވާގޮތެއް ބެލި އިރު ކޯރުކެނޑި ހިނގުމާއި ބުރުޒުމަގާއި ހަތަރު އަނގޮޅިއަށް ފެން ބާލާ ޕިކަޕެއް މަޑުކޮށްގެން ފެން ބާލަނީ އެވެ. ހިމަފޮދު ވާރޭގައި މުޅި މަގު ތޮއްޖެހި އެތައް ބަޔަކު ލަސްވެގެން އުޅޭ އިރު ވެސް ހަމަ އާންމު އުސޫލުގެ މަތިން މަގު ބަންދުވާ ގޮތަށް ޕިކަޕު މަޑުކޮށްގެން ބާއްވައި ފެން ކޭސްތައް ދިޔައީ މަގު އެއްކައިރިއަށް ޖަހަމުންނެވެ. އަވަސް ކުރަން އުޅޭފާޑެއް ނުޖަހަ އެވެ. މަގު ތޮއްޖެހިފައިވާއިރު ވެސް ދެން ބޭލުގައި-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ "އެއީ ހަމަ ފާޑު، ބިދޭސީން އެތިބެނީ، އެއްޗެއް ކިޔައޭ ހިތަށް ނާރާނެ، ކިތަންމެ ޓްރެފިކް ޖޭމް ވިޔަސް ހަމަ އެ [ފެން ކޭސްތައް]ބާލާ ވަރަށް ބާލާފައި ނޫނީ އެމީހުން ނުދާނެ،" ޓްރެފިކްގައި ޖެހިފައިން ޒުވާނަކު ބުންޏެވެ. ފެންޕިކަޕުތަކުގެ ސަބަބުން ޓްރެފިކް ތޮއްޖެހޭ: ފުލުހުން ފުލުހުންގެ ހެޑް އޮފް ޓްރެފިކް މެނޭޖްމަންޓް ފަތުހުﷲ ވަހީދު ވިދާޅުވި ގޮތުގައި ފެން ފަދަ ތަކެތި އުފުލާ ގޮތުން މާލޭގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ކުރިމަތިވާ ކަމަށާއި އެކަން ހައްލުކުރުމަށް ފެން އުފުލުމަށް މިހާރު ވަކި ވަގުތުތަކެއް ވެސް ކަނޑައަޅާފައިވާ ކަމަށެވެ. "އޭގެ ސަބަބުން ތޮއްޖެހޭކަން ފާހަގަ ކުރެވޭ، އިތުރަށް ހައްލުކުރުމަށް ކުންފުނިތަކާ މަޝްވަރާ ކުރަން ވަނީ ނިންމާފައި،" ފަތުހުﷲ ވިދާޅުވި އެވެ. އައިލެންޑް ބެވެރޭޖެސް މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފެން އުފުލާ އެކުންފުނީގެ މުވައްޒަފުންނަށް އަންގާފައިވާނީ ޓްރެފިކް ތޮއްނު ޖެހޭ ގޮތަށް އަމަލުތައް ކުރުމަށް ކަމަށާއި އެކަން ހައްލުކުރަން އެކުންފުނިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ރޯދަ މަހު މާލޭގެ ޓްރެފިކަށް ލުއި ގެނައުމަށް ޓަކައި ވަނީ ފެން އުފުލުމަށް ހާއްސަ ގަޑިތަކެއް އެކުންފުނިން ކަނޑައަޅާފަ އެވެ. ހުކުރު ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް، އަދި ރޭގަނޑު 6:30 އިން 11:00 އަށް ރޯދަ މަހު ފެން އުފުލުމަށް ވަނީ ނިންމާފަ އެވެ. ފެން ޕިކަޕުތަކުގެ ސަބަބުން އާންމު މަސްމަހު ވެސް ޓްރެފިކް ތޮއްޖެހޭ އިރު އެކަން ބޮޑުވެ ފެން އުފުލަން ހާއްސަ ގަޑިތަކެއް ކަނޑައެޅި އެވެ. ނަމަވެސް ފަހުން ވަނީ އެކަމަށް އަމަލުކުރުން ފަސްކޮށްފަ އެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު ވިދާޅުވީ އެއުސޫލަށް އަމަލުކުރަން ފެށުމަށް ޓަކައި ގިނަ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށާއި އެކަން ލަސްވަމުން އަންނަނީ ފެނުގެ ޑިމާންޑް ބޮޑުވުމުން ކަމަށެވެ. "އެބޭފުޅުން ވިދާޅުވަނީ ފެނުގެ ޑިމާންޑް ވަރަށް ބޮޑުކަމަށް، ފެނުގެ ޑިމާންޑް ބޮޑުކަމުން އަދި ވަކި ގޮތެއް ނުނިންމިގެން މިއުޅެނީ،" މަހުދީ ވިދާޅުވި އެވެ. ޓެކްސީ އަށް އަރާގޮތަށް ފައިސާ ދެމާ ދެން އޮތީ ޓުރެފިކް ތޮއްޖެހެން ދިމާވާ އަނެއް ބޮޑު މައްސަލާގެ ވާހަކަ އެވެ. ދިހަ ވަރަކަށް މިނެޓުގެ ދަތުރެއް ނިންމާލުމަށް ފަހު އެއަންނަ މަންޒިލަކަށް އައިސް އެތަނުގައި މަޑުކޮށްގެން އޮވެ ފަސިންޖަރު ޓެކްސީ ޑުރައިވަރަށް ފައިސާ ދިނުމާއި އެދޭ ފައިސާ މާރުކޮށް ބާކީ ދިނުމަށް ހޭދަވާ ވަގުތުގެ ވާހަކަ އެވެ. އެއީ ވެސް މާލޭގެ މަގުތައް ތޮއްޖެހެން ދިމާވާ ބޮޑު މައްސަލައެކެވެ. އޭގެ ބަދަލުގައި ދަތުރަށް އަރާގޮތަށް އެފައިސާ ދޭ ނަމަ އެފުރުސަތު ކުޑަވާނެ އެވެ. ޓެކްސީ ޑްރައިވަރުންނާ ވާހަކަ ދައްކާލުމުން އެފަރާތްތަކުން ބުނަނީ އެ މައްސަލަ ބޮޑަށް ދިމާވަނީ ފަސިންޖަރުންގެ ސަބަބުން ކަމަށާއި ބޮޑެތި އަދަދުތަކުން ފައިސާ ހިފައިގެން ޓެކްސީތަކަށް އެރުމާއި ދަތުރު ނިންމާފައި ނޫނީ ފައިސާ ނުދިނުމަކީ ޑުރައިވަރުންގެ ކުށެއް ނޫން ކަމަށެވެ. ޓުރެފިކް ހެޑް ފަތުހުﷲ ވިދާޅުވީ ޓެކްސީ ސެންޓަރުތަކާ ބައްދަލުކޮށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމްތައް ހިންގަމުންދާ އިރު ދަތުރު ނިމުމުގެ ކުރިން ފައިސާ ދިނުމަށް އާންމުން ވެސް ހޭލުންތެރި ކުރަމުން އަންނަ ކަމަށެވެ. އިސްވެ ފާހަގަ ކުރި ދެ މައްސަލައަކީ މާލޭގެ މަގުތަކުގެ ޓުރެފިކް އެންމެ ބޮޑަށް ތޮއްޖެހޭ ސަބަބުތަކެވެ. ހަމަ އެއާ އެކު އުޅަނދުތައް އެކި ބޭނުންތަކަށް މަގުމަތީ މަޑުކޮށްލަން ޖެހޭ ވަގުތުތަކުގައި އޯވާޓޭކްކުރާ ފަރާތްތަކުން އަމަލުކުރާ ގޮތުން ވެސް މަގު ތޮއްޖެހޭ ކަމަށް ޓްރެފިކް ހެޑް ފަތުހުﷲ ވިދާޅުވި އެވެ. ކުޑަކުޑަ ރަށެއްގައި އެކަށީގެންނުވާވަރަށް އުޅަނދު ދުއްވާ މިމާލޭގެ ޓުރެފިކް ހައްލު ކުރެވޭނީ އެކަމަށް ގިނަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. ހާއްސަކޮށް ފެން ޕިކަޕުތަކާއި ޓެކްސީތަކުގެ ސަބަބުން ޓުރެފިކަށް މިހާރު މިދިމާވާ މައްސަލަ މިހާރުން މިހާރަށް ހައްލުކުރަން ޖެހެ އެވެ.
sun
news
އަހުމަދު ސާއިލް އަލީ30 May 2017, 10:37
0.9929
466
0.98
71d7902d88923e5edd4b4e2c376b4fec
https://sun.mv/73460
މިލިޔަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި އޭޑީކޭގެ ތިން މުވައްޒަފަކު ހައްޔަރުކޮށްފި
ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި، އެ ހޮސްޕިޓަލުގައި ވަޒީފާ އަދާކުރާ ތިން މުވައްޒަފަކު ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. މި މައްސަލައަށް ތުހުމަތު ކުރެވޭނީ، އޭޑިކޭ ހޮސްޕިޓަލުން ފުލުހުންނަށް ވަނީ އޭޕްރިލް 30 ވަނަ ދުވަހު މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅިގެން، ފުލުހުންގެ ތިން ޑިޕާޓްމެންޓަކުން ވަނީ އޭޑީކޭގެ ސީނިއާ މެނޭޖްމެންޓާ ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ ރޭ ޚާއްސަ އޮޕަރޭޝަނެއް ހިންގައިފަ އެވެ. ފުލުހުން ބުނީ، ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ތިން މުވައްޒަފުންގެ ތެރެއިން ދެ މީހަކު ހައްޔަރު ކުރީ އޭޑީކޭ ހޮސްޕިޓަލުގެ ތެރެއިން ކަމަށާއި، ތިންވަނަ މީހާ ހައްޔަރުކުރީ އޭޑީކޭ ކައިރިން، މަގުމަތިން ކަމަށެވެ. ތިން މީހުން އަތުން ވެސް ފައިސާއާއި ފައިސާގެ މުއާމަލާތް ކުރުމަށް ބޭނުންކުރާ ބައެއް ވަސީލަތްތަކެއް ވަނީ ފެނިފަ އެވެ. އޭގެ އިތުރުން، އެ ތިން މީހުން ދިރިއުޅޭ ތަންތަނުން ވެސް ފުލުހުން ވަނީ ފައިސާގެ އިތުރުން، މައްސަލައާ ގުޅުންހުރި ތަކެތި ހޯދާފަ އެވެ. ތިން މީހުން ވެސް ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރުގެ ދަށުންނެވެ. މި ތިން މީހުން ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހުގެ މުއްދަތަށް އެމީހުން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ފުލުހުން ބުނީ، މިއަހަރު ފެށުނީއްސުރެ، އޭޕްރިލް 29 ވަނަ ދުވަހުގެ ނިޔަލަށް، އެ ތިން މުވައްޒަފުން ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން އެއް މިލިޔަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ.
sun
news
މާހިލް މުހައްމަދު04 May 2016, 12:03
0.9919
180
0.977
2af01b82c35b7b98b5d0dbf0b8611fc1
https://vaguthu.mv/world-news/951788/
އެއްގަމު މަގުން ޣައްޒާއަށް އަދި ނާރަން- އިސްރާއީލް
ރަސްމީކޮށް އެއްގަމު މަގުން ޣައްޒާއަށް އަދި ނާރާ ކަމަށް އިސްރާއީލުން ބުނެފިއެވެ. އިސްރާއީލުން ހަމާސް ޖަމާއަތުގެ މުޖާހިދުން ނެތިކޮށްލުމަށް ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، ބޭރުގެ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އިސްރާއީލުގެ ނިރުބަވެރިން އެއްގަމު މަގުން ޣައްޒާއަށް އަރައިފިއެވެ. ނަމަވެސް އިސްރާއީލްގެ ސިފައިންގެ ސްޕޯކްސްޕާސަން ބީބީސީއަށް މައުލުމާތު ދެމުން ބުނެފައިވަނީ ވަރުގަދަ ކޮށްފައިވާ ހަމަލާތަކަކީ އެއްގަމު މަގުން އެރުން ނޫން ކަމަށާއި އަދި އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް ނާރާ ކަމަށެވެ. ނަން ހާމަ ކުރަން ބޭނުން ނުވާ އެމެރިކާގެ އޮފިޝަލަކު ބުނެފައިވަނީ އިސްރާއީލުން ދެމުން އަންނަނީ ވަރަށް ކުޑަ ހަމަލާއެއް ކަމަށާއި ހަމަލާތައް ކުރިއަށްދިޔަ ނަމަވެސް، ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އިސްރާއީލުގެ އެންމެ ބޮޑު އަމާޒަކީ ހަމާސްގެ ބާރުތައް ކަނޑުވާލާއި ހަމާސް ނައްތާލުން ކަމުގައި ވީނަމަވެސް އެއީ ވުން ނާދިރު ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. މިއީ އެއްގަމުމަގުން ހަމަލާތައް ދީ ހަމާސްގެ ބާރުތައް ކަނޑުވާލާ އެ ޖަމާއަތް ނައްތާލުމަށް އިސްރާއީލުން މަސައްކަތް ކުރަމުންދާ ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން 2014 ވަނަ އަހަރު ވެސް އިސްރާއީލުން ވަނީ ޣައްޒާއަށް އެއްގަމު މަގުން ހަމަލާތައް ދީ ހަމާސް ނައްތާލުމަށް އެތައް މަސައްކަތްތަކެއް ކޮށްފައެވެ.
vaguthu
news
ހުސައިން ޝަރީފް
0.9958
131
0.988
614eeb28ac3a0c756cc8f39d70d44bbd
https://vaguthu.mv/viyafaari/231915/
ކުޅުދުއްފުށީ އެއާޕޯޓަށް ދަތުރުކުރުމަށް އޮންލައިންކޮށް ޓިކެޓް ނެގޭނެ ގޮތް ހަދައިފި
މޯލްޑިވިއަން އިން ހދ.ކުޅުދުއްފުށްޓަށް ކުރަމުން އަންނަ ދަތުރުތަކުގެ ޓިކެޓްއޮންލައިންކޮށްވެސް ނެގޭނެ އިންތިޒާމް އެއާލައިނުން ހަމަޖައްސައިފިއެވެ. ކުޅުދުއްފުށީ އެއާޕޯޓަށް ދަތުރުކުރާ ފަރާތްތަކަށް ވެސް މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެއްސުމުން މޯލްޑިއަން އިން ދަތުރުކުރާ ހުރިހާ މަންޒިލަކަށް އޮންލައިންކޮށް ޓިކެޓް ނެގޭނެއެވެ. Good Morning. Great news.! We are happy to inform that, ticket for Kulhudhufushi sector is now available for web purchase. We thank you for your patience. 😊 ކުޅުދުއްފުށީ އެއާޕޯޓަށް މޯލްޑިވިއަން އިން ދަތުރުތައް ފެށީ 2019 އޮގަސްޓް 9 ވަނަ ދުވަހުއެވެ. މިހާތަނަށް ޓިކެޓް ވިއްކަމުން އައީ ޓިކެޓިންގ އޮފީސްތަކުން އެކަންޏެވެ. ހަފްތާއަކު ތިން ފްލައިޓް ކުޅުދުއްފުއްޓަށް މޯލްޑިވިއަން އިން ދަތުރުކުރެއެވެ. ދަތުރުތައް ފެށި ދުވަސްކޮޅު ޓިކެޓް ލިބުމުގައި ވެސް ދަތިތައް ދިމާވިއެވެ. މިހާރު ވެސް ކުޅުދުއްފުއްޓަށް ދަތުރުކުރަން އޮންނަ ޑިމާންޑް ބޮޑުކަމަށް މައުލޫމާތު ލިބެއެވެ. އުތުރުގެ އިޤުތިޞާދީ ހަބެއްގެ ގޮތުގައި ފާހަގަކުރެވޭ ކުޅުދުއްފުށީގެ އެއާޕޯޓްގެ މަސައްކަތް ފަށާ، ރަންވޭގައި ތާރުއަޅާ ނިންމީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް ޓާމިނަލް ނިންމާ ދަތުރުތައް ފެށީ އޮގަަސްޓް މަހު އެވެ.
vaguthu
business
އާދަމް ނަވާޒް
0.95
125
0.857
f1b95cb5db0ecb652ce16b34f25cde15
https://sun.mv/83682
ފިއުލް ސާޗާޖު ދެގުނަ ބޮޑުކޮށްފި
މާލެއަށް ކަރަންޓުގެ ޚިދުމަތްދޭ ސަރުކާރުގެ ކުންފުނި ކަމުގައިވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕްނީ (ސްޓެލްކޯ) އިން ނަގަމުން އަންނަ ފިއުލް ސާޗާޖު ދެގުނަ ބޮޑުކޮށްފި އެވެ. ސަރުކާރުން ކަރަންޓުގެ އަގަށް މިދިޔަ ފެބްރުއަރީ މަހު ބަދަލު ގެނައި ފަހުން، މިއީ ތެލުގެ ސާޗާޖު ކަރަންޓް ބިލުގައި ހިމަނާ ތިން ވަނަ ފަހަރެވެ. އެ ކުންފުނިން މިދިޔަ ސެޕްޓެމްބަރު 19 ވަނަ ދުވަހުން ފެށިގެން ތެލުގެ ސާޗާޖުގެ ގޮތުގައި ޔުނިޓަކަށް ނަގަމުން އައީ ހަތަރު ލާރި އެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު 16 ވަނަ ދުވަހުން ފެށިގެން ވަނީ ޔުނިޓަކަށް ނަގާ މިންވަރު 12 ލާރިއަށް ބޮޑުކޮށްފަ އެވެ. ސްޓެލްކޯ އިން ބުނީ މި މަހުގެ ނުވަ ދުވަހުގެ ފަހުން ތައްޔާރުކުރާ ބިލްތަކަށް، ތެލުގެ ސާޗާޖުގެ ގޮތުގައި ނަގާނީ ޔުނިޓަކަށް 27 ލާރި ކަމަށެވެ. އެ ކުންފުންޏަށް މިހާރު ޑީސަލް ލީޓަރެއް ގަންނަން ލިބެނީ 8.91ރ. އަށް ކަމަށް ވެސް ބުންޏެވެ. ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ތެލުގެ އަގު 7.05 އަށް ވެއްޓުމާއެކު ފިއުލް ސާޗާޖު ނުނަގާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ތެލުގެ އަގު އަނެއްކާ 8.94 އަށް އުފުލުމާ އެކު ފިއުލް ސާޗާޖުގެ ގޮތުގައި 0.28 ލާރި ނަގަން ފެށި އެވެ. ޑީސަލް ގަންނަން ލިބޭ އަގު ލީޓަރެއް އަށް ރުފިޔާ އަށް ވުރެ ބޮޑުވާ ނަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ މޯލްޑިވްސް އެނާޖީ އޮތޯރިޓީން ވަނީ ދީފަ އެވެ.
sun
news
އަހްމަދު އާޒިފް21 Dec 2016, 16:32
0.9868
162
0.962
5b09ed28a90289f939ee0ad7d817e84c
https://avas.mv/30671
އެޗްޑީސީ ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން "ބަޖިޔާ" ހޯދައިފި
ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު ފުޓްސަލް މުބާރާތް އެޗްޑީސީ ފުޓްސަލް ކަޕްގެ ފައިނަލުގައި އެފްސީ ސޫޕްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި މުބާރާތުގެ ޗެމްޕިއަންކަން ބަޖިޔާ ހޯދައިފި އެވެ. ހުޅުމާލޭ ސެންޓްރަލް ޕާކު އުތުރުން އިރުމަތި ފަރާތުގައި އޮންނަ ދަނޑުގައި ކުޅުނު މެޗުގައި، ބަޖިޔާގެ ލަނޑުތައް ކާމިޔާބު ކުރީ އިބްރާހިމް މުބީން (މުއްކި) އާއި ޝާފިއު (ޝާއްޕެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުއްކި އެވެ.ބަޖިޔާ ޗެމްޕިއަންކަން ހޯދުމުން އެޓީމަށް ވަނީ 80000 ރުފިޔާގެ ފައިސާގެ އިނާމު ލިބިފަ އެވެ.މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހޮވިފައިވަނީ، ބަޖިޔާގެ ޝާފިއު އެވެ. އޭނާ އަށްވަނީ، މޮޅު ކުޅުންތެރިޔާގެ ޓްރޮފީގެ އިތުރުން އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ސައިކަލްވެސް ލިބިފަ އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހައިގެން، ރަންބޫޓް ހާސިލު ކުރީ އެފްސީ ދާއެޅުން ރިޓާންސްގެ މުހައްމަދު ނާސިފް (ނާއްޓޭ) އެވެ. އޭނަ ވަނީ 13 ލަނޑު ކާމިޔާބު ކޮށްފަ އެވެ.މުބާރާތުގެ އެންމެ މޮޅު ކޮޗަކަށް ހޮވުނީ އެފްސީ ސޫޕްގެ އަހްމަދު ހަލީލް އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ނޫކަށި ފުރާ ޓީމުގެ އަލީ އަމްޖަދެވެ.
avas
news
0.9886
124
0.968
46e40c5d104894722a43043e71ed78d0
https://adhadhu.com/article/37347
ސޫދާންގައި 700،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިއްޖެ
ފާތިމަތު ސާޔާ އަހުމަދު ސޫދާންގެ ބަޔަކު ގެދޮރު ދޫކޮށް ދަނީ. ފާތިމަތު ސާޔާ އަހުމަދު ޖެނީވާ، ސްވިޓްޒަލޭންޑް (މޭ 9) - މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ފެށި ދާހިލީ ހަނގުރާމައިގެ ސަބަބުން ސޫދާންގެ އެތެރޭގައި 700،000 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާ ކަމަށް އދ. އިން ބުނެފި އެވެ. ސޫދާންގައި ހަނގުރާމަ ކުރަނީ ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސާޒް (އާރްއެސްއެފް) އާ ދެމެދު އެވެ. ސިފައިންގެ ވެރިޔާ އަބްދެލް ފައްތާހް އަލް ބުރްހާން އާއި އާރްއެސްއެފްގެ ކޮމާންޑަރު މުހައްމަދު ހަމްދާން ދަގަލޯގެ ނުތަނަވަސްކަން ބޮޑުވެ ހަނގުރާމަ ފެށީ އެޕްރީލް 15 ގަ އެވެ. "މިހާރު ސޫދާންގެ އެތެރޭގައި 700،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިއްޖެ" އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) ގެ ތަރުޖަމާނު ޕައުލް ޑިލަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިދިޔަ ހަފުތާގައި އެ އަދަދު ހުރީ 340،000 ގައި ކަމަށާއި ހަފުތާއެއް ތެރޭގައި ދެ ގުނަވުމުން ދޭހަވަނީ ހާލަތު ގޯސްވަމުންދާ މިންވަރު ކަމަށެވެ. ހަަނގުރާމަ ފެށުމުގެ ކުރިން ވެސް ސޫދާންގެ 3.7 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އައިއޯއެމްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ސޫދާންގެ އެތެރޭގައި އިތުރު 700،000 މީހުންގެ ގެދޮރު ގެއްލިފައިވާ އިރު، 150،000 އަށް ވުރެ ގިނަ މީހުން ވަނީ ބޯޑަރު ހުރަސްކޮށް އެހެން ގައުމުތަކަށް ގޮސްފަ އެވެ. ހަމަލާ މެދުކަނޑާލަން މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް، އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ސައުދީ އަރަބިއްޔާއިން ހޯމަ ދުވަހު ބުންޏެވެ. ސޫދާންގައި ގިނަ އަހަރުތަކެއް ވަންދެން ވެރިކަން ކުރި އުމަރް އަލް ބަޝީރުގެ ސަރުކާރު ވައްޓާލީ 2019 ވަނަ އަހަރު ހިންގި އަސްކަރީ ބަގާވާތަކުންނެވެ. އޭގެ ފަހުން ވެރިކަން ކުރީ އެކި ޕާޓީތަކުގެ މެދުގައި ބާރުތައް ބަހާލައިގެންނެވެ. އެކަމަކު 2021 ވަނަ އަހަރު އަނެއްކާވެސް އަސްކަރިއްޔާއިން ބަގާވާތް ކުރި އެވެ. ދެ ވަނަ ބަގާވާތަށް ފަހު ވެރިކަން ކުރަން އުފެއްދި ކައުންސިލްގެ ވެރިޔާއަކީ ސިފައިންގެ އިސް ކޮމާންޑަރެވެ. އޭނާގެ ޑެޕިއުޓީއަށް ހަމަޖެއްސީ އާރްއެސްއެފްގެ އިސް ކޮމާންޑަރެވެ. މިހާރު ހަމަލާ ބަދަލުކުރަމުން ދަނީ އެ ދެ ކޮމާންޑަރުންގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއިންނެވެ.
adhadhu
news
0.9833
226
0.952
dce1ee41d4d1d2f9f7f75c0e9e91325c
https://mihaaru.com/news/63888
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އައްޔަން ކުރަން މަޖިލިހުން ރުހުން ދީފި
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.
mihaaru
news
2019-10-30 13:36:25
0.8042
19
0.993
355856dcda181ef01395e54e5f2d8e57
https://vaguthu.mv/evaguthu/37469/
ފަސްވަނަ ފަންގިފިލާގެ ކުޑަދޮރު މަތީގައި ކުޑަކުއްޖަކު ނިދި މައްސަލައެއް ފެންމަތިވެއްޖެ
ދަރިއަކު ބަލާ ބޮޑުކުރުމަކީ އުނދަގޫ ކަމެކެވެ. ދަރިން ބޭނުންވާ ކަންކަން ކޮށްދީ، ކުރާ އާދޭސްތައް އަޑުއެހުމަކީ އުނދަގޫ ކަމެކެވެ. މިކަންކަމުގެ ނާކާމިޔާބު ވެއްޖެނަމަ، އެކަމުން ހީނުކުރާފަދަ ގެއްލުންވެސް ލިބިދާނެއެވެ. މިއީ އެކަމުގެ ހެއްކެކެވެ. އެފަދަ ވާހަކައެކެވެ. ބައްޕައާ ޒުވާބު ކުރުމަށްފަހު ގޮސް، ފަސްވަނަ ފަންގިފިލާގެ ކުޑަދޮރުމަތީގައި ކުޑަކުއްޖަކު ނިދަން އޮތް މައްސަލައެއްވަނީ ދާދިފަހުން ފެންމަތިވެފައެވެ. އެނގިފައިވާ ގޮތުގައި ކުޑަދޮރުގެ މަތީގައި އޮތީ 12 އަހަރުގެ ކުއްޖެކެވެ. ނޫސްތަކުން ބުނެފައިވާ ގޮތުގައި ޗައިނާގެ އަވަށެއްގައި ހިނގާފައިވާ ކަމެއްގައި، ކުއްޖާގެ ބައްޕަ، އެކުއްޖާއާ ޒުވާބު ކޮށްފައިވަނީ ކަންނެތްކަމުން ކަމުގައިވެއެވެ. އެގޮތުން، މުޅި ދުވަހު އެނދުގައި އޮންނާތީ ބައްޕަ ނުރުހުންވެ، ހިތްހަމަނުޖެހުން ފާޅުކުރުމުން ކުއްޖާ ގޮސް އޮތީ ކުޑަދޮރުގެ މަތީގައެވެ. މީގެއިތުރުންވެސް، ނޫސްތަކުން ބުނެފައިވާ ގޮތުގައި ކުޑަދޮރުގެ ދާރައިގެ މަތިން ކުއްޖާ ބޭލުމަށް ގުޅާފައިވަނީ ފަޔަރަ ޑިޕާޓްމަންޓް އަށެވެ. ފަޔަރ ފައިޓަރުން، އެކުއްޖާ ސަލާމަތުން ބޭލިއިރު، ކުއްޖާއަށް އެއްވެސް ގެއްލުމެއް ނުލިބޭކަމަށްވެއެވެ. މި ކުއްޖާގެ މަންޒަރު ފެންނަ ވީޑިޔޯތަކެއް، މީސް މީޑިޔާގައި ދައުރުވެފައިވެސްވެއެވެ.
vaguthu
news
އިބްރާހީމް މުޙައްމަދު
0.991
105
0.974
7f507b782d84a36ec655b5698c199102
https://avas.mv/46254
އައްޑޫގައި އެކްސިޑެންޓެއްވެ ދެމީހަކަށް އަނިޔާވެއްޖެ
އައްޑު އަތޮޅު މަރަދޫ ފޭދޫ ލިންކު ރޯޑުގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެެވެ. ކާރަކާއި ސައިކަލެއް ޖެހި، ހިނގައިދިޔަ އެ އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހަކަށެވެ. އެއީ ދެ އަންހެނުންނެވެ. ލިންކް ރޯޑުން މަރަދޫފޭދޫގައި މި އެކްސިޑެންޓް ހިނގާފައިވަނީ މަގުގެ ސްޕީޑް ބްރޭކަށް މަޑުކުރި ކާރެއްގެ ފަހަތުން ސައިކަލުޖެހިގެނެވެ.މިއަދު ހެނދުނު ހިނގި އެކްސިޑެންޓާ ގުޅޭ އިތުރު ތަފުސީލްތައް އަދި ސާފެއް ނުވެއެވެ.
avas
news
0.9944
47
0.984
ab41c2679cf667a336a8cb03755d4269
https://vaguthu.mv/evaguthu/663921/
މަޖާ ޑުރާމާ ބަލާހިތްވާ ފަރާތްތަކަށް ހާއްސަ ކޭ-ޑުރާމާތައް
ދެކުނު ކޮރެޔާގެ ޑުރާމާތަކަކީ މިހާރު އެންމެ ގިނަ ބަޔަކަށް ކަމުދާ، ގިނަ ބަޔަކު ބަލަމުންދާ ޑުރާމާތަކެކެވެ. އެތައް ބާވަތެއްގެ ޑުރާމާ ހިމެނެއެވެ. ހެއްވާ މަޖާ ޑުރާމާތަކާއި، ލޯބީގެ ޑުރާމާތަކާއި ތާރީހީ ޑުރާމާތަކާއި، ފިކްޝަނަލް ޑުރާމާތައް ހިމެނެއެވެ. މިގޮތުން މިއީ ހެއްވާ މަޖާ ޑުރާމާތައް ބަލާހިތްވާ ފަރާތްތަކުން ބަލާލަން ރަނގަޅު ޑުރާމާތަކެކެވެ. މައި ލަވް ފްރޮމް ދި ސްޓަރ އޭލިއަންއަކާއި އެކްޓްރެސްގެ ލޯބީގެ ވާހަކަތަކެއް ދައްކުވައިދޭ މި ޑުރާމާގައި އުޅެނީ ކިމް ސޫ ހުއަންއާއި ޖުން ޖި ހުންއެވެ. ޖުން ޖި ހުންގެ މަޖާ ކެރެކްޓަރއިން ހެއްވާލާނެއެވެ. ލެޖެންޑް އޮފް ބުލޫ ސީ ލީ މިން ހޯއާއި ޖުން ޖި ހުން ފެނިގެންދާ މި ޑުރާމާއަކީ މާމެއިޑްއަކާއި އިންސާނެއްގެ ދެމެދުގައި ހިނގާ ލޯބީގެ ވާހަކައެއް ކިޔައިދޭ ޑުރާމާއެކެވެ. މި ޑުރާމާގައި ވެސް އަންހެން ކެރެކްޓަރއިން ހެއްވާލާނެއެވެ. ވެއިޓްލިފްޓިން ފެއަރީ ކިމް ބޮކް ޖޫ ވެއިޓް ލިފްޓް ކުރާ އަންހެން ކުއްޖަކާއި މޮޅު ފެތުންތެރިއެއްގެ ލޯބި ދައްކުވައިދޭ މި ޑުރާމާއަކީ ކޮލެޖުގެ ދިރިއުޅުން ދައްކުވައިދޭ މަޖާ ޑުރާމާއެކެވެ. މި ޑުރާމާގައި އުޅެނީ ނަމް ޖޫ ހުއަކްއާއި ލީ ސަންގް ކިޔޮންގއެވެ. ސްޓްރޯންގް ގާލް ބޮންގް ސޫން އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ އަންހެން ކުއްޖަކާއި ސީއީއޯއެއްގެ ލޯބި ދައްކުވައިދޭ މި ޑުރާމާގައި އުޅެނީ ޕާކް ބޯ ޔަންގްއާއި ޕާކް ހުއަބް ސިކްއާއި ޖިސޫއެވެ. މީގެއިތުރުން ވެސް ''މައި ގާލްފްރެންޑް އިސް އަ ގުމީހޯ''، ''މައި އައިޑީ އިސް ގަންގްނަމް ބިއުޓީ''، ''ސަސްޕީޝިއަސް ޕާޓްނާ''، ''އިޓްސް އޯކޭ ޓު ނޮޓް ބީ އޯކޭ'' އަކީ ވެސް ވަރަށް މަޖާ ޑުރާމާތަކެކެވެ.
vaguthu
news
ޙައްވާ ޝިއުނާ
0.9901
166
0.972
4ed1abd029e2f1970b44397289915c3b
https://sun.mv/57737
ފިހާރައެއްގެ ސޭޓުގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލައިފި
ފިހާރައެއްގެ ސޭޓެއްގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލައިފި އެވެ. މިއަދު 11:27 އެހާކަންހާއިރު ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ބުރުޒުމަހުގައި ހުންނަ ފެންޒީ ސްޓޯރުގެ ސޭޓަށެވެ. ޒަހަމްވި މީހާ އަށް ފަރުވާ ދިނުމަށް ވަނީ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ އެމީހާގެ ހަށިގަނޑުގެ އަށް ތަނަކަށް ހަމަލަދީފައިވާ ކަމަށެވެ. ނަމަވެސް މާބޮޑު ސީރިއަސް ޒަހަމެއް ލިބިފައިނުވާ ކަމަށް ޒީނަތު ވިދާޅުވި އެވެ. މަންޒަރު ދުށް މީހަކު ސަން އަށް ބުނީ ސޭޓަށް ހަމަލާދީފައި ވަނީ ބިދޭސީ މީހެއް ކަމަށެވެ. އޭނާ ސޭޓަށް ހަމަލާދިނީ ދަރަންޏަށް ތަކެތި ދޫނުކޮށްގެން އެކަމުގެ ރުޅީގައި ކަމަށް ވެސް މަންޒަރު ދުށް މީހާ ބުންޏެވެ. "މިއަދު ފެންޒީ ސްޓޯރަށް ތަކެތި ގަންނަން ދިޔަ ބިދޭސީއެއް. އޭނާ ނެގި ތަކެއްޗަށް 80 ރުފިޔާ އެރީ. އެވަރަށް ފައިސާ ދެއްކެން ނެތް ކަމަށް ބުނެ ދަރަންޏަށް ދޭން އޭނަ އެދުނީ. ދެން ސޭޓު ދެކޮޅު ހެދީމާ އެ ފިހާރައިގައި އޮތް ވަޅިއެއް ނަގައިގެން ސޭޓުގަޔަށް ވަޅިހެރީ،" މަންޒަރު ދުށް މީހާ ކިޔައިދިނެވެ.
sun
news
އާމިނަތު ނިޔާޒާ07 Jul 2015, 11:44
0.9911
114
0.975
d9d63256a0ae0027b7619c78611fed95
https://vaguthu.mv/news/778367/
އައްޑޫގައި 8000 އެނދު ގާއިމް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް: މިއުވާން
އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް 8000 އެނދު ގާއިމް ކުރުމަށް މި ސަރުކާރުންވި ވައުދާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކަށް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކޮށް ނިމުމުން ބޮޑު ތިލަދުން މަތި ތަރައްގީ ވެގެންދާނެ ކަމަށާއި އަދި އެ ސަރަހައްދުގައި ފަތުރުވެރިކަމަށް 8000 އެނދު ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ތިލަދުން މަތީގައި 8000 އެނދު ގާއިމް ކުރުމުގެ މަސައްކަތް ސީދާ ކުރާނީ ސަރުކާރުން ނޫން ކަމަށާއި އެ މަސައްކަތް ކުރާނީ އިންވެސްޓަރުން ކަމަށް ވިދާޅުވި އެވެ. އަދި އެ އިންވެސްޓަރުންނަށް ބޭނުންވާ އެހީތެރިކަމެއް ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ. "ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިން ފުޅާވެގެން ދިއުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ދަތުރުފަތުރު. އެ ދަތިތަކާއި އެކުގައި އުތުރާއި ދެކުނުގައި ފަތުރުވެރިން ފުޅާކުރުމަށް މަސައްކަތް ކުރަނީ. ހަނިމާދޫ އެއާޕޯޓާއެކުގައި ތިލަދުންމަތީ ފަތުރުވެރިކަން ކުރިއަރުވާނެ އިންވެންސްޓަރުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް. 8000 އެނދުގެ ވާހަކަ ދައްކާއިރު، މި ދައްކަނީ ހަމައެކަނި ރިސޯޓުތަކުގައި އެހާ އެނދު ގާއިމް ކުރާ ވާހަކަ ނޫން. ރަށްތަކުގެ ގެސްޓް ހައުސް ވިޔަފާރި ފުޅާވެ، އޭގެ ސަބަބުން އިތުރުވާ އެނދުވެސް އޭގެ ތެރޭގައި ހިމެނޭނެ." މިއުވާން ވިދާޅުވި އެވެ. އޭގެ އިތުރުން މިއުވާން ވިދާޅުވީ އައްޑޫގެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ކުރިއަށްދާ ކަމަށެވެ. އެއާޕޯޓްތައް ޑިވެލޮޕް ކުރުމުން އިންޓަނޭޝަނަލް އެއާލައިން ތަކަށް އެތަނަށް ހިދުމަތް ދެވޭނެ މަގުފަހިވެންދާނެ ކަމަށް ވިދާޅުވި އެވެ. ކޮވިޑް ގެ ސަބަބުން ދުނިޔެއަށް އައިސްފައިވާ ހީނަރުކަން އެއްކޮށް ހަމައަކަށް އެޅުމުން ދެކުނާއި އުތުރުގައި 8000 އެނދު ގާއިމް ކުރެވިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ. "އައްޑޫގައި 8000 އެނދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 5 ޓޫރިޒަމް ޒޯން ޑިވެލޮޕް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ، އިންޑިއާ ސަރުކާރުގެ ކޮމިއުނިޓީ ހައި އިމްޕެކްޓް ޕްރޮޖެކްޓްސް ގެ ތެރެއިން އެ މަޝްރޫއު ކުރިއަށް އެބަދޭ." މިއުވާން ވިދާޅުވިއެވެ. މިއުވާން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓްތައް ތަރައްގީވެ ދަތުރުފަތުރު ކުރުމަށް ފަސޭހަވުމުން ފަތުރުވެރިކަން ކުރިއަރައިގެންދާނެ ކަމަށެވެ.
vaguthu
news
ފާތިމަތު ސައުޝަން އަލީ
0.9913
240
0.975
72d0749fe135d6fa7a6a608d31594f11
https://adhadhu.com/article/43738
އޭޝިއަން ގޭމްސްގެ އަންހެން ސިންގަލްސް ގަދަ 16 އިން ނަބާހާ ޖާގަ ހޯދައިފި
މިދިޔަ މަހުގެ 25 ގައި ފެށި އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ ބެޑްމިންޓަން ޓީމް އިވެންޓުގެ މެޗުތައް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އިންޑިވިޖުއަލް އިވެންޓުތަކުގެ މެޗުތަކެވެ. އިންޑިވިޖުއަލް އިވެންޓުތަކުގައި ރާއްޖެއިން ވާދަކުރި ކުޅުންތެރިންގެ ތެރެއިން އަނެއް ބުރުން ޖާގަ ހޯދި ހަމައެކަނި ކުޅުންތެރިއަކީ ނަބާ އެވެ. އެހެން ހުރިހާ ކުޅުންތެރިން ވަނީ ފުރަތަމަ ބުރުން ކަޓާފަ އެވެ. އަންހެން ސިންގަލްސްގެ ގަދަ 32ގެ ބުރުގައި މިއަދު ނަބާ މޮޅުވީ އިރާންގެ ޔެގާނޭ ކަރްމާނީ އަތުން 2-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 20-22 އިން ކާމިޔާބުކުރީ ޔެގާނޭ އެވެ. މި ސެޓު ފަށައިގެން އެއްކޮށް ކަހަލަ ގޮތަކަށް ލީޑުކުރީވެސް އިރާން ކުޅުންތެރިޔާ އެވެ. ނަމަވެސް ފަހު ވަގުތު ނަބާ ދެއްކި ހިތްވަރުން ސެޓު 20-20 އިން އެއްވަރުވިނަމަވެސް ޖެހިގެން އައި ދެ ޕޮއިންޓް ހޯދައި ޔެގާނޭ ސެޓު ކާމިޔާބުކުރި އެވެ. ނަބާ މެޗުން މޮޅުވީ ފަހު ދެ ސެޓު ކާމިޔާބުކޮށްގެންނެވެ. މިގޮތުން 21-13 އަދި 21-17 އިން ފަހު ދެ ސެޓު ނަބާ ހޯދީ މޮޅަށް ކުޅެ، ދެ ސެޓުވެސް ޑޮމިނޭޓްކޮށްގެންގެންނެވެ. އަންހެން ސިންގަލްސްގައި ދެން ވާދަކުރި ރާއްޖޭގެ އާމިނަތު ނަބީހާ ބަލިިވީ ކޮރެއާގެ ކިމް ގައެއުން އަތުން ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ނިމުނީ 1-21 އަދި 2-21 އިންނެވެ. އޭޝިއަން ގޭމްސްގައި ފިރިހެން ސިންގަލްސް އިވެންޓުގައި ނިބާލް އަހުމަދު ވާދަކުރަނީ ފިރިހެން ސިންގަލްސްގައި ގައުމީ ޗެމްޕިއަން ހުސެއިން ޒަޔާން ޝަހީދު ޒަކީ ބަލިވީ ތައިލެންޑުގެ ކަޓަޕޮން ވަންގްޗަރެއޮން އަތުން ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-3 އަދި 21-5 އިންނެވެ. ރާއްޖޭގެ އަޙްމަދު ނިބާލު ވެސް ބަލިވީ ދެ ސެޓުންނެވެ. ސިންގަޕޫރުގެ ޖޭސަން ޓޭ އަތުން ނިބާލް ބަލިވީ 21-8 އަދި 21-12 އިންނެވެ. ޑަބަލްސް އިވެންޓަށް ބަލާއިރު، އަންހެން ޑަބަލްސްގެ ދެ ވަނަ ބުރުގައި ނަބީ އާއި ނަބާ ޕެއާ ބަލިވީ އިންޑިއާގެ އިންޑިއާގެ ޓްރީސާ ޖޮލީ އާއި ގައިތްރީ ގޯޕީޗަންދު އަތުން 21-14 އަދި 21-12 އިންނެވެ. ގައުމީ ބެޑްމިންޓަން ޓީމުގެ މައިސާ ފަތުހުﷲ އިސްމާޢީލާއި އައިޝަތު އަފްނާން ރަޝީދުގެވެސް ބަލިވީ އިންޑިއާގެ ޕެއާ އެއް އަތުންނެވެ. މެޗުގެ ފުރަތަމަ ސެޓު އިންޑިއާގެ ތަނީޝާ ކްރަސްޓޯ އާއި އަޝްވިނީ ޕޮންނައްޕާ 21-2 އިން ހޯދާފައިވަނިކޮށް ދެ ވަނަ ސެޓުގައި މައިސާއަށް ލިބުނު އަނިޔާ އަކާ ގުޅިގެން ރާއްޖޭގެ ޕެއާ އިން ވަނީ މި މެޗު ދޫކޮށްލާފަ އެވެ.
adhadhu
news
0.9793
255
0.941
277132930b5c6796c77ca448f3ad1c71
https://sun.mv/160373
ޝައިޚް ޙަސީނާއަށް އިސްތިގުބާލު ކުރާން ސްޓޭޓް މިނިސްޓަރަކު ވަޑައިގަތުމުން، ޑރ. ދީދީގެ ފާޑުކިޔުން!
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ، ރާއްޖެއަށް ކުރައްވައި ފުރަމާނަ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގަތުމުން، އެކަމަނާއަށް އިސްތިގުބާލު ކުރާން އެއާޕޯޓަށް ސްޓޭޓް މިނިސްޓަރަކު ވަޑައިގަތުން، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ފާޑު ވިދާޅުވެއްޖެއެވެ. ދީދީ މިހެން ވިދާޅުވީ ބޮޑުވަޒީރު، ޝައިޚް ޙަސީނާއަށް މަރުހަބާ ދެންނެވުމަށް ޓަކައި ސްޓޭޓް މިނިސްޓަރު ފެންވަރުގެ ބޭފުޅުން އެއާޕޯޓަށް ވަޑައިގަތުން އެކަމަށް ފާޑު ވިދާޅުވެ، މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޮޑުވަޒީރުއަށް އިންތިގުބާލު ކުރެއްވުމަށް ޓަކައި ވަޑައިގަތީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލު އާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދެވެ. މީގެ އިތުރުން ސަރުކާރުގެ ބައެއް ވެރިން ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. މި ކަމާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ވެސް އެތައް ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އޭގެ ތެރެއިން މީހަކު ބުނެފައިވާ ގޮތުގައި އަވަށްޓެރި އިންޑިއާގެ ކައުންސިލަރަކު ރާއްޖެ އަޔަސް، އޭނާއަށް މަރުހަބާ ކިޔުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ވެސް ހިމެނޭ ގޮތުން މުޅި ކެބިނެޓް ތިއްބަވާނީ އެއާޕޯޓުގައި ކަމަށެވެ. އޭނާ ވަނީ ހާރިޖީ ސިޔާސަތުތައް ބައްޓަން ކުރުމުގައި ތަފާތު ކުރުންތައް ގެންގުޅުން ވަގުތުން ހުއްޓާލަން ވެސް ގޮވާލާފައެވެ. ދީދީ ވިދާޅުވެފައިވަނީ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އިސްތިޤުބާލަށް، "އިންޓަރނޭޝަނަލް ކާރޓެސީ" ގެ އުސޫލުތަކާ ހިލާފަށް ސްޓޭޓް މިނިސްޓަރަކު ވަޑައިގަތުމުން، ހާމަވާ ކަމަކީ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ދައުލަތް ތަމްސީލު ކުރުމުގެ ގާބިލުކަން ސަރުކާރުގައި ނެތުން ކަމަށެވެ. "ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އިސްތިޤުބާލަށް، "އިންޓަރނޭޝަނަލް ކާޓެސީ" ގެ އުސޫލުތަކާ ހިލާފަށް ސްޓޭޓް މިނިސްޓަރަކު ވަޑައިގަތުމުން، މިއަދުގެ ސަރުކާރަކީ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ދައުލަތް ތަމްސީލު ކުރުމުގެ ގާބިލުކަން ނެތް ސަރުކާރެއްކަން ހާމަވެގެންދޭ،" ދީދީގެ ޓްވީޓުގައި ބުނެފައިވެއެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރަސްމީގޮތުން މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖައްސާފައިވަނީ މާދަމާއެވެ. މި ދަތުރުފުޅުގައި، ބޮޑުވަޒީރު، ޝައިޚް ޙަސީނާ، ރައީސުލްޖުމްހޫރިއްޔާއާއި އަދި ދައުލަތުގެ ބައެއް އިއްޒަތްތެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖައްސާފައިވެއެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާބެހޭ މަޝްވަރާތައް ކުރައްވާނެއެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެއްބަސްވުން ތަކެއްގައި ސޮއި ކުރާން ވަނީ ނިންމާފައެވެ. މީގެ އިތުރުން ދެގައުމުގެ ދެމެދު މަޝްވަރާކުރާ ކަންކަމާގުޅޭ ތަފްސީލުތައް ހާމަކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބަންގްލަދޭޝްގެ ބޮޑުވަޒީރު، ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވަނީ ނިންމަވާފައެވެ. ބަންގްލަދޭޝްއާ ރާއްޖޭގެ މަތީ ފަންތީގެ ބޭފުޅުން މި އަހަރުގެ ތެރޭގައި މި ދެ ގައުމުގެ ދެމެދުގައި ކުރެއްވި ރަސްމީ ދަތުރުފުޅުތަކާއެކު ދެ ގައުމުގެ ގުޅުން ވަނީ އިތުރަށް ބަދަހިވެފައެވެ.
sun
news
އިސްމާއިލް ޝާކިރު22 Dec 2021, 22:39
0.9944
266
0.984
f0ab80b0419bf6cedd8ccfba76d2418a
https://sun.mv/82511
ދަރިން ނުލިބުމުގެ ބައްޔަށް އައިޖީއެމްއެޗުން ފަރުވާ ދޭން ފަށައިފި
މީގެކުރިން އެތައް ހާސް ރުފިޔާއެއް ހަރަދުކޮށް އަވަށްޓެރި ގައުމުތަކާ އެހެނިހެން ގައުމުތަކަށް ބޭސްފަރުވާއަށްދާ ދިވެހިންގެ އަދަދު ރިކޯޑް އަދަދަކުން ގިނައެވެ. އެކަމުގެ މައިގަނޑު އެއް ސަބަބަކީ ރާއްޖޭން ބައެއް ހިދުމަތްތައް ލިބެން ނެތުމާއި ބައެއް ހިދުމަތްތަކުގެ އަގު ވެސް އަތްނުފޯރާ ފަށަށް އަގުބޮޑުވުމެވެ. ރާއްޖޭގެ ބޮޑު ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކަކާ ކާމިޔާބީތަކެއް ހޯދަމުންނެވެ. ރާއްޖޭން މީގެ ކުރިން ލިބެން ނެތް އެތައް އާ ހިދުމަތްތަކެއް އާސަންދައިގެ ދަށުން ތައާރަފްކޮށް ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދާ ދިވެހިންގެ އަދަދު މި ދަނީ މަދުވަމުންނެވެ. މީގެ ކުރިއަށް ބަލާނަމަ ހިތުގެ އެންޖިއޮގުރާމް އެއް ހެދުމަށް ނުވަތަ ހިތުގެ ފަރުވާއަކަށް ދުވާލަކު ގާތްގަނޑަކަށް 15 ނުވަތަ 20 މީހުން އާސަންދައިގެ އެހީތެރިކަމުގައި ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ. ނަމަވެސް މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހު އައިޖީއެމްއެޗްގައި އަލަށް ގާއިމް ކުރި "ނެޝަނަލް ކާޑިއެކް ސެންޓަރު"ގެ ކެތްލެބުން އެންޖިއޯ ޕްލާސްޓީ އަދި އެންޖިއޯ ގްރަފީ ހަދަން މިވަނީ ފަށާފަ އެވެ. ދުނިޔޭގެ ފެންވަރުގެ ސެންޓަރެއްގެ ގޮތުގައި ހަދާ އެ ސެންޓަރުން ހިދުމަތްދެމުން ގެންދިޔައީ އާސަންދައިން ކަވަރުކުރާނެ ގޮތަށެވެ. ކާޑިއެކް ކެތުލެބުގެ ބޭނުން ގިނަ ބަޔަކު ހިފާކަން ފާހަގަކޮށް އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިއަދު "ސަން" އަށް ވިދާޅުވީ، ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ކެތު ލެބުން މިހާތަނަށް 500 އަށްވުރެ ގިނަ މީހުން އެންގިއޮގްރާމް ހަދާފައިވާއިރު 200 އަށްވުރެ ގިނަ މީހުން އެންޖިއޯ ޕްލާސްޓީ ހަދާފައިވާ ކަމަށެވެ. އައިޖީއެމްއެޗުން އަނެއްކާވެސް މިވަނީ ބޮޑެތި ހިދުމަތްތަކެއް އެ ތަނުގައި ފަށާފައެވެ. އުފަންވަނިވި ސިއްހަތާއި ކިޑްނީ ބަލިތަކުގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ހާއްސަ ބަލިތަކަށް ފަރުވާދޭ ވަކި ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައި މިއަދު މިވަނީ ހިދުމަތް ދޭން ފަށާފައެވެ. ރާއްޖޭން ބޭރުން ގިނަ ހިދުމަތްތަކެއް ހޯދަން ޖެހޭ އުފަންވަނިވި ސިއްހަތަށް ދިމާވާ މައްސަލަތަކާއި ކިޑްނީގެ ބަލިތަކުގެ އިތުރުން ކުޑަ ކަމުދާ ނިޒާމުގެ ބަލިތަކަށް އެ ހޮސްޕިޓަލުން މީގެ ކުރިން ވެސް ހިދުމަތް ދެމުންގެންދިޔައެވެ. ނަމަވެސް އޭރު ދެމުންގެންދިޔައީ ހަމައެކަނި ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް އެކަންޏެވެ. އެކަމާ ގުޅިގެން ދޭންޖެހޭ ފަރުވާތައް ދެމުންގެން ދިޔައީ މަދުންނެވެ. ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ފަރުވާދޭން ފަށާފައި މި ވަނީ ވެސް އެ ހިދުމަތް މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކަކަށްފަހުއެވެ. އައިޖީއެމްއެޗްގައި މިއަދު ހިދުމަތް ދޭންފެށި "ނެޝަނަލް ޔޫރޯރީނަލް އެންޑް ފާޓިލިޓީ" ސެންޓަރެއް ގާއިމް ކުރަން އިންޑިއާގެ މަޝްހޫރު އެންޔޫ ހޮސްޕިޓަލާ ގުޅިގެންނެވެ. އަދި އެ ސެންޓަރުގައި އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ސުޕާ ޝްޕެޝަލިސްޓުން ފަރުވާދޭނެ އެވެ. އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު މައުސޫމް ވިދާޅުވީ، ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ފަރުވާ ދޭން ފެށުމުން ގިނަ ބަޔަކު އެ ހިދުމަތައް އެދި ނަންނޯޓު ކޮށްފައިވާ ކަމަށެވެ. އެގޮތުން، ދެ ޝިފްޓަކަށް ބަހާލައިގެން އެ ސެންޓަރުގައި ޑޮކްޓަރުން ބައްލަވަމުން ގެންދަވާއިރު އަންނަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހާ ހަމައަށް ހުޅުވާލި އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތުގައި 300 އަށްވުރެ ގިނަ މީހުން ނަން ނޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދު ހުޅުވި ސެންޓަރުގައި ކިޑްނީގެ ބަލިތަކަށް ބޮޑެތި ފަރުވާތަކެއް ދިނުމަށް ވެސް ކުރިއަށްދަނީ ރާވަމުންނެވެ. އެގޮތުން ކުރިން ވެސް އައިޖީއެމްއެޗްގައި ކިޑްނީގެ ބަލިތަކަށް ފަރުވާ ދެއްވަމުން ގެންދަވާ ސުޕަ ސްޕެޝަލިސްޓް ޑރ. އިބްރާހިމް ޝިހާމްގެ އިތުރުން އިންޑިއާގެ އެންޔޫ ހޮސްޕިޓަލުގެ ޑޮކްޓަރުން މަސައްކަތްކުރައްވާނެ އެވެ. މީގެ އިތުރުން، އެ ސެންޓަރު އިތުރަށް ތަރައްގީ ކޮށް އެތަނުގައި ކިޑްނީގައި އުފެދޭ ހިލަ ގޮއްވުމާއި ކިޑްނީ ޓްރާންސްޕްލާންޓްގެ އޮޕަރޭޝަން ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މައުސޫމް ވިދާޅުވިއެވެ. ނަމަވެސް އެކަމަކީ ބޮޑު އޮޕަރޭޝަނަކަށް ވެފައި ގިނަ ވަސީލަތްތަކާ ތައްޔާރީތަކެއް އެކަމަށް ބޭނުންވާތީވެ އެ ހިދުމަތް ފެށޭނެ ދުވަހެއް ވިދާޅުވާން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އައިޖީއެމްއެޗްގެ ހިދުމަތްތައް ތަރައްގީކޮށް ފުޅާކުރަމުންދާއިރު، އެ ހޮސްޕިޓަލުގެ ދެކުނަށް އޮންނަ ބިމުގައި އަޅާ އެ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތާއެކު ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ސަރުކާރުން ބުނެއެވެ. ސިންގަޕޫރުގެ ޝެންހުއާ ނަމަކަށް ކިޔާ ކުންފުންޏަކަށް 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ) އަށް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ހަވާލުކުރި އެ މަސައްކަތް ނިންމަން އެއްބަސްވެފައިވަނީ ތިން އަހަރުގެ ތެރޭގައެވެ. އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ ފަންސަވީސް ބުރީގެ އެ އިމާރާތުގެ ހަ ފަންގިފިލާ ހާއްސަ ކުރެވޭނީ ނޭޝަނަލް ޑައިގްނޯސްޓިކް ފެސިލިޓީއަށް ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ޑޮކްޓަރަށް ދެއްކުމާއި އެކަމާ ގުޅިގެން ކުރަން ޖެހޭ ހުރިހާ ތަޙުލީލުތަކެއް ވެސް އެ އިމާރާތަށް ބަދަލު ކުރެވިގެން ދާނެ ކަމަށް އައިޖީއެމްއެޗް އިން ވަނީ ކުރިން ބުނެފަ އެވެ. ހަމައެއާ އެކު އެ އިމާރާތުގައި ޗައިލްޑް ކެއާ ސެންޓަރަކާއި ޖިމާއި ރިހެބިލިޓޭޝަން ސުއިޓެއް ވެސް ހިމެނެ އެވެ. އެ އިމާރާތުގެ ފަސް ފަންގިފިލާއެއް ހާއްސަކޮށްފައި ވަނީ ހޮސްޕިޓަލުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްރައިވެޓް އެކަމޮޑޭޝަން ހަމަޖެއްސުމަށް އައިޖީއެމްއެޗުން ބުނެ އެވެ.
sun
news
މުހައްމަދު ސިމާއު20 Nov 2016, 18:38
0.9942
533
0.983
8222028916938a168d66661e1ff569b2
https://mihaaru.com/news/12598
މި ލީޑު އަތުން ދޫވިޔަ ނުދޭތި: ކޮންޓޭ
ލަންޑަން (ފެބްރުއަރީ 5) – އާސެނަލް އަތުން 3-1 އިން މޮޅުވެ ޕްރިމިއާ ލީގު ހޯދުމުގެ ރޭހުގައި ލިބުނު ބޮޑު ކުރިއެރުމާ އެކު ކުޅުންތެރިންނާ މެދު އިތުރަށް ސަމާލުވާނެ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
mihaaru
news
2017-02-05 09:02:06
0.8263
28
0.956
b3ce0719b46a98112b36fc9ae43fd465
https://avas.mv/7628
އިސްލާމިކް ސްޓޭޓުން ތުރުކީ ބޯޑަރާ ކައިރިއަށް ޖެހެނީ
ސީރިއަން ރިބެލްސްގެ ބާރުގެ ދަށުގައި ކުރިން އޮތް މި ސަރަހައްދު އައި އެސް އިން ހިފާފައިވާއިރު މިއީ އެމެރިކާއާއި ތުރުކީ ގުޅިގެން އައި އެސް އާއި ކުރިމަތި ލުމަށް ތައްޔާރު ކުރަމުންދާ ސަރަހައްދާއި ކައިރި ހިސާބެކެވެ. މި ހިސާބުގެ ގިނަ އަވަށް ތަކެއް އައި އެސް ގެ ބާރުގެ ދަށަށް ގެނެސް އެ ޖަމާއަތުން މިހާރުވަނީ ތުރުކީ ބޯޑަރާއި 12 ވަރަކަށް މޭލާ ކައިރިއަށް ޖެހިފައެވެ. ސީރިއަން ރިބެލްސް އާއި އައި އެސް އާއި ދެމެދު ހިނގި މި ހަމަލާ ބަދަލުކުރުން ތަކުގައި ދެފަޅިންވެސް ވިއްސަކަށް ހަނގުރާމަވެރިން މަރުވެފައިވާނެ ކަމަށް ބެލެވެއެވެ. ރިބެލް ކޮމާންޑަރަކު ބުނި ގޮތުގައި އެމީހުން ތިބި އަވަށް ވަށާލައި އެ އަވަށް ހިފުމުގައި އައި އެސް އިން ވަނީ ވިހަ ގޭސް ބޭނުންކޮއްފައެވެ. އަދި މި އަވަށް ހިމެނޭ ސަރަހައްދު އައި އެސް އިން ހިފައިފި ނަމަ، އެއީ އައި އެސް އާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ސީރިއަން ރިބެލް ހަނގުރާމަ ވެރިންނަށް ގެއްލޭނެ މުހިންމު ސަރަހައްދެކެވެ. އަދި އައި އެސް އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އައި އެސް އިން ތުރުކީ ބޯޑަރާ ކައިރިއަށް ޖެހެމުން ދާއިރު، އެ ސަރަހައްދުން އައި އެސް ފައްސާލުމަށް އެމެރިކާ އާއި ގުޅިގެން ވައިގެ ހަމަލާތަށް ދިނުމަށް ތައްޔާރުވަމުން ދާ ކަމަށް ތުރުކީގެ ފޮރިން މިނިސްޓަރ މިދިޔަ ހޯމަ ދުވަހު ވަނީ ބުނެފައެވެ. އެމެރިކާއިން މިހާރުވެސް ސީރިއަން ރިބެލްސް އަށް އެހީތެރިކަން ދެއެވެ. އައި އެސް އިން މިހާރުވެސް ތުރުކީ ބޯޑަރު ހުރަސްކޮށް ހަނގުރާމަ ވެރިންނާއި ސާމާނު އެތެރެކުރަމުންދެއެވެ. އެހެން ކަމުން އެ ޖަމާއަތަށް ތުރުކީގެ ބޯޑަރާ ކައިރި ނުވެވޭވަރު ކުރެވިއްޖެ ނަމަ އައި އެސް ގެ ނުރައްކާ އެ ސަރަހައްދުގައި ކުޑަ ކުރެވިދާނެ ކަމަށް ބެލެވެއެވެ.
avas
news
0.9961
183
0.989
521a80d7e43805d6daa6a3e96a1c2464
https://vaguthu.mv/news/956958/
ދިޔަރެސް ނޫހުން އަބުރު ކަތިލާ މައްސަލަ ބަލައި ދިނުމަށް ރޮޒެއިނާ އެދިވަޑައިގެންފި
"ދިޔަރެސް" ނޫހަށް ފިޔަވަޅު އަޅައި ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ގޮވާލައްވައިފިއެވެ. ދިޔަރެސް ނޫހުގައި ބުނެފައިވަނީ އިންތިގާލީ މަރުޙަލާގައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ކުރަމުން އަންނަ އިތުރު އެއްވެސް ކަމެއް ހުއްޓުވައިފިނަމަ އޭސީސީގެ މެންބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ، ރޮޒެއިނާ އިންޒާރު ދެއްވާފައިވާ ކަމަށެވެ. މި ހަބަރާ ގުޅިގެން ރޮޒެއިނާ ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިޔަރެސް ނޫހުން އޭނާ ބަދުނާމުވާ ގޮތަށް ލިޔުނު ހަބަރަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެއްވެސް މީހަކަށް އިންޒާރުދީފައި ނުވާނެ ކަމަށެވެ. އެހެންކަމުން މިފަދަ ދޮގު ހަބަރުތައް ފަތުރާ މީޑީއާތަކަށް ފިޔަވަޅު އެޅުމަށް ރޮޒެއިނާ ވަނީ މީޑީއާ ކައުންސިލަށް ގޮވާލައްވައިފައެވެ. އަދި ތަކުރާރުކޮށް ދިޔަރެސް ނޫހުން އޭނަގެ އަބުރު ކަތިލުމަށް މިފަދަ ދޮގު ހަބަރުތައް ގެނެސްދީފައިވާކަން ރޮޒެއިނާ ފާހަގަ ކުރެއްވިއެވެ. Kon commission ehge kon membarakah tho alhugandu inzaaru dhinee? Media council in mimassala ballavaa dhevvaa.Thakuraarukoh Dhiyares noohun alhuganduge aburu kathilan mifadha dhoguhabaru jahamun dhaa iru thibeyfulhunge ves zimmaa eh eba ovey. Media thakun dhogu fethurun huttuvaa!https://t.co/iZApivGLpI މީޑީއާތަކުން މިފަދަ ދޮގު ހަބަރުތައް ނުފެތުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފައެވެ. އިންތިގާލީ މަރުހަލާގައި ސަރުކާރުގެ ބައެއް ކުންފުނިތަކުން ހިންގަމުން އަންނަ ކަންކަމަކީ އެކަންކަން ހިންގުމުން ދައުލަތަށާއި ރައްޔިތުންނަށް އިއާދަނުކުރެވޭ ގެއްލުން ލިބިދާނެ ކަންކަން ކަމަށް ފާހަގަވާ ކަންކަން ހުއްޓުވަމުން އަންނަ ކަމަށް އޭސީސީން ބުނެފައިވެއެވެ. ދިޔަރެސްއިން ތުހުމަތުކުރާ ގޮތުގައި މިކަންކަން އޭސީސީން ހުއްޓުވާތީ ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި ވަޒީރުން ވަރަށް ބޮޑަށް ނުރުހުންވެފައިވަނިކޮށް ރޮޒެއިނާ ވަނީ ކޮމިޝަނުގެ މެންބަރުންނަށް ގުޅުއްވައި، އެ ބޭފުޅުން އެ މަޝްރޫއުތައް ހުއްޓުވަނީ ރަނގަޅަށް ތަހުގީގުކޮށް ގޯސްކޮށް ކަމެއް ހިންގާކަން ނުވަތަ ނޫންކަން ކަށަވަރުނުކުރައްވައި ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. މީގެކުރިންވެސް ދިޔަރެސް ނޫހުންވަނީ ރޮޒައިނާގެ މައްޗަށް ތުހުމަތުތަކެއްކޮށްފައެވެ.
vaguthu
news
މުހައްމަދު ނާފިޛް
0.9443
200
0.841
bb7e72f1d83e13e49ebf8b6261e3d92b
https://vaguthu.mv/evaguthu/709558/
ހަބޭސް ބޮޑުބެރު ގްރޫޕް ބައިނަލްއަގްވާމީ ފެސްޓިވަލެއްގައި ބައިވެރިވަނީ
ރާއްޖޭގައި މަޝްހޫރު ބޮޑުބެރު ގްރޫޕެއް ކަމަށްވާ ހަބޭސް ބޮޑުބެރު ގްރޫޕުން އިންޓަނޭޝަނަލް ސޫރަޖް ކުންތު ކްރާފްޓް މޭލާ 2022 ގައި ހުނަރު ދައްކާލުމަށް ހަމަޖެހިއްޖެއެވެ. އިންޑިއަން ކަލްޗަރަލް ސެންޓާ މޯލްޑިވިސް (އައިސީސީ) އިން މިއަދު ބުނީ އިންޓަނޭޝަނަލް ސޫރަޖް ކުންތު ކްރާފްޓް މޭލާއަކީ ބައިނަލްއަގްވާމީ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ޕްލެޓްފޯމެއް ކަމަށެވެ. އޭގައި ދައްކައިދޭނީ އެ ބައެއްގެ ގައުމުގައި ހިނގާ ތާރީހީ ކަންކަން ކަމަށް އެ ތަނުން ބުންޏެވެ. އެ ފެސްޓިވަލް އޮންނާނީ މިއަދު ފެށިގެން އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގައި ކަމަށް ވެސް އައިސީސީ އިން ބުނެފައިވެއެވެ. އިންޓަނޭޝަނަލް ސޫރަޖް ކުންތު ކްރާފްޓް މޭލާ 2022 ގައި ހަބޭސް ބޮޑުބެރު ގްރޫޕްގެ ފަރާތުން 15 މީހުން ބައިވެރިވެއެވެ. އެ ފަރާތްތައް ފެސްޓިވަލްއަށް ނޮމިނޭޓް ކުރީ ފޮރިން މިނިސްޓްރީންނެވެ. އަދި އެމީހުންގެ ހުރުމާއި ކެއުމުގެ ހަރަދު ބަލަހައްޓަނީ އައިސީސީންނެވެ. އައިސީސީ އިން ބުނީ ހަބޭސް ގްރޫޕުން އެ ފެސްޓިވަލްގައި ރާއްޖޭގެ ސަގާފަތާއި ތާރީހު ދައްކުވައި ދޭނެ ކަމަށެވެ.
vaguthu
news
ފާތިމަތު ސައުޝަން އަލީ
0.9917
109
0.976
79c1d4814b535ed923cd5a734261c725
https://sun.mv/107684
ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ. ޝަހީމް ހަމަޖައްސަވައިފި
ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވައިފިއެވެ. ޕީޕީއެމްއިން ވަނީ އެކަން "ސަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ. ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު މިރޭ ސަން އަށް ވިދާޅުވީ އެ ނިންމެވުން ނިންމެވީ ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް ކަމަށާއި އެކަން މިރޭ ކައުންސިލާއި ހިއްސާ ކުރެއްވި ކަމަށެވެ. ޑރ ޝަހީމްއަކީ މި ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ނަމަވެސް ވަކި ހިސާބަކުން އެމަނިކުފާނު ވަނީ އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވަވާ ރާއްޖޭގައި އަލަށް އުފެއްދި އިސްލާމިކް ޔުނިވާސީޓިގެ ވައިސް ޗާންސެލާރ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. އެއަށްފަހު މިހާރު ފުރުއްވަމުން ގެންދަވަނީ އެ ޔުނިވާސިޓީގެ ޗާންސެލާރ ކަމުގެ މަގާމެވެ. ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވި އުމުރުން 41 އަހަރުގެ ޑރ. ޝާހިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. ޑރ. ޝަހީމަކީ ގުރުއާން ހިތުދަސް އަދި ޕީއެޗްޑީ ނަންގަވާފައިވާ ރާއްޖޭގެ އެންމެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
sun
news
މުޙައްމަދު ސަމާޙު07 Jul 2018, 21:37
0.9939
131
0.983
eb7f3063479870ede1325772b8c044cd
https://mihaaru.com/news/133632
މޯދީގެ ބަސްމަގު ހަރުކަށިވެ، މުސްލިމުންނާ މެދު ދެކޮޅުވެރިކަން އިތުރުވެދާނެ ކަމުގެ ބިރު
އިންޑިއާގައި މިހާރު ކުރިއަށް ގެންދާ އިންތިހާބުގެ ކެމްޕޭނުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބަސްމަގު ބަދަލުވެފައިވާ ގޮތުން، އެ ގައުމުގެ މުސްލިމުންނާ މެދު އޮތް ދެކޮޅުވެރިކަން އިތުރުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
mihaaru
news
2024-05-06 09:05:19
0.8243
24
0.99
1dc0c058c66f9d64b551844113055b2a
https://sun.mv/170649
ވޯލްޑް ކަޕުގެ ފުރަތަމަ މެޗު: ގަތަރު 0 - 2 އެކުއެޑޯ
ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ ފުރަތަމަ މެޗުގައި، ގަތަރާއި އެކުއެޑޯގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް. ގަތަރުގަ ކުޅޭ ފީފާ ވޯލްޑް ކަޕް 2022 ގެ ފުރަތަމަ މެޗު ނިމިއްޖެ. 0-2 އިން ގަތަރުގެ މައްޗަށް މެޗުގައި ކުރިހޯދީ އެކުއެޑޯއިން. މެޗުގައި އެކުއެޑޯގެ ދެ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ވެލެންސިއާ. މިމެޗުގެ އިތުރުން ވޯލްޑް ކަޕުގައި ކުރިއަށް ހުރި މެޗުތަކުގެވެސް ލައިވް ކަވަރޭޖް ސަން އޮންލައިން މެދުވެރިކޮށް ގެނެސްދޭނެ. 90 ވަނަ މިނެޓު: އެކުއެޑޯއިން ދެ ބަދަލު ގެނެސްފި. ސެސެއިޑޯ އާއި އެސްޓްރާޑާގެ ބަދަލުގައި ފްރޭންކޯ އާއި ރޮޑްރިގޭޒް ކުޅެން ނުކުމެއްޖެ. އިތުރު ވަގުތުގެ ގޮތުގައި މިހާފުގައިވެސް ދެއްކީ ފަސް މިނެޓު. 86 ވަނަ މިނެޓު: ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ގަތަރު ޓީމުން ކުޅެންއެރި މުހައްމަދު މުންތާރީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފި. އެކުއެޑޯގެ ކީޕަރު ކުރިއަށް ޖެހިލައިގެން ހުރި ވަގުތެއްގައި މުންތާރީ ފޮނުވާލި މި ހަމަލާ ދިޔައީ ހުރަސް ދަނޑި ކައިރިން ބޭރަށް. 85 މިނެޓުގެ ކުޅުން ހަމަވެއްޖެ. ނަތީޖާ އަކީ 0-2. އެކުއެޑޯއިން ގޯލާ އަމާޒުކޮށް ތިން ހަމަލާ ފޮނުވާލިއިރު ގަތަރަށް އަދިވެސް ހަމަލާއެއް ގޯލާ އަމާޒުކުރެވިފައެއް ނުވޭ. 78 ވަނަ މިނެޓު: ގަތަރުގެ އަކްރަމް އަފީފަށް ރީނދޫ ކާޑެއް 77 ވަނަ މިނެޓު: އެކުއެޑޯއިން އެޓީމަށް ދެލަނޑު ޖަހައިދިން ވެލެންސިއާގެ ބަދަލުގައި ހޯސޭ ސިފުއެންޓޭސް ކުޅެން އަރުވައިފި. ވެލެންސިއާ ބަދަލު ކޮށްފައިވަނީ އޭނާއަށް ލިބުނު އަނިޔާއަކާ ގުޅިގެން. 71 ވަނަ މިނެޓު: ގަތަރުން ދެ ބަދަލު ގެނެސް، ކެޕްޓަން އަލްހައިދޯސްގެ ބަދަލުގައި މުހައްމަދު ވާދު އަދި އަލްމިއޯޒް އަލީގެ ބަދަލުގައި މުހައްމަދު މުންތާރީ ވަނީ ކުޅެން އަރުވާފަ. މެޗުގެ ފުރަތަމަ ބަދަލު އެކުއެޑޯއިން. 68 ވަނަ މިނެޓުގައި އިބާރާގެ ބަދަލުގައި ސާމިއެންޓޯ ކުޅެން އަރައިފި. 66 ވަނަ މިނެޓު: މެޗުން މޮޅުވަމުންދާ އެކުއެޑޯގެ ސަޕޯޓަރުން ހެވިފައި. މުޅި ދަނޑު ސަޕޯޓަރުންގެ އަޑުން ގުގުމާލާފަ. 61 ވަނަ މިނެޓު: ގަތަރުން ރަނގަޅު ފުރުސަތެއް ތަނަވަސްކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލަން މަސައްކަތް ކޮށްފި. އެހެންނަމަވެސް ޑިފެންޑަރު މިގޭލް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ. 60 ވަނަ މިނެޓު: ދެވަނަ ހާފުގެ 15 މިނެޓުގެ ކުޅުން ހަމަވިއިރު ނަތީޖާއަށް ބަދަލެއް ނާދޭ. އަދިވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެނީ އެކުއެޑޯއިން. 56 ވަނަ މިނެޓު: ގަތަރުގެ އަފީފް އަށް ކުރި ފައުލަކާ ގުޅިގެން އެކުއެޑޯގެ މެންޑޭޒް އަށް ރީނދޫ ކާޑެއް. މިއީ މެޗުގެ ފަސްވަނަ ރީނދޫ ކާޑު. 55 ވަނަ މިނެޓު: ދެވަނަ ހާފުގައި ފެނިގެންދިޔަ އެންމެ ނުރައްކާތެރި ހަމަލާ. އިބާރާ ފޮނުވާލި ހަމަލާއަށް ގަތަރުގެ ކީޕަރު ވަނީ ވަރަށް ރަނގަޅަށް ހުރަސްއަޅާ، އެއްލުމަކަށް ބޭރު ކޮށްލާފަ. ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ކުޅުން ނިމިއްޖެ. ދެޓީމުގެ ފަރާތުންވެސް ފެނިގެންދަނީ އާދައިގެ ކުޅުމެއް. އެހެންނަމަވެސް އެކުއެޑޯއިން އަންނަނީ ހަމަލާއެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ގަތަރަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވޭ. ފެންނަނީ ވަރަށް އާދައިގެ ކުޅުމެއް. ދެވަނަ ހާފުގެ ކުޅުން ފަށައިފި. ދެޓީމުންވެސް ނުކުތީ ފުރަތަމަ ހާފުގައި ނެރުނު ފުރަތަމަ 11 އާއިއެކު. 0-2 އިން ލީޑުގައި އޮތީ އެކުއެޑޯ. ފުރަތަމަ ހާފުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ފަސް މިނެޓުގެ ކުޅުންވެސް ނިމިއްޖެ. 0-2 އިން ކުރީގައި އެކުއެޑޯ. ފުރަތަމަ ހާފު އެކުއެޑޯއިން ނިންމާލީ 58 އިންސައްތަ ޕޮޒެޝަން އިންސައްތަ ޑޮމިނޭޓު ކުރަމުން. މި ހާފުގައި އެކުއެޑޯއިން ހަ ފައުލުކޮށް ރީނދޫ ކާޑެއް ހޯދިއިރު ގަތަރުން ނުވަ ފައުލުކޮށް ތިން ރީނދޫ ކާޑު ހޯދާފައިވޭ. މެޗުގެ ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވުމުން އިތުރުވަގުތުގެ ގޮތުގަ 5 މިނެޓު ވަނީ ދައްކާފަ. 44 ވަނަ މިނެޓު: ލިބުނު އަނިޔާ އަކާ ގުޅިގެން ފަރުވާ ހޯދުމަށް ދަނޑުން ބޭލުމަށްފަހު އެކުއެޑޯގެ ކެޕްޓަން ވެލެންސިއާ އެނބުރި ކުޅުމާ ބައިވެރިވެއްޖެ. މެޗު ބަލަން ދެ ގައުމަށް ނިސްބަތްވާ ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ދަނޑަށް ވަދެފައިވޭ. އަދި އެކި ގައުމުތަކުގެ އިއްޒަތްތެރިންވެސް މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތާއި މެޗު ބެލުމަށް ދަނޑަށް ވަދެފައިވޭ. 40 މިނެޓުގެ ކުޅުން ހަމަވިއިރު އެކުއެޑޯއިން ޖުމްލަ 3 ހަމަލާއެއް، ގޯލާ އަމާޒުވީ ދެހަމަލާ. ގަތަރަށް ގޯލާ އަމާޒުވާގޮތަށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ. 61 އިންސައްތަ ޕޮޒެޝަން ހިފަހައްޓަނީ އެކުއެޑޯއިން. ގަތަރަށް ލިބުނީ 39 އިންސައްތަ. މެޗުގެ ހަތަރުވަނަ ރީނދޫ ކާޑު. ގަތަރުގެ ތިންވަނަ ރީނދޫ ކާޑު، 36 ވަނަ މިނެޓުގައި ކަރީމް ބުޑީއަފް އަށް. އެކުއެޑޯއިން ދެވަނަ ލަނޑެއްޖަހާ މެޗުގައި ލީޑު ފުޅާކޮށްފި. 31 ވަނަ މިނެޓުގައި މިލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖަހައިދިން ވެލެންސިއާ. ތިންވަނަ ރީނދޫ ކާޑު 29 ވަނަ މިނެޓުގައި އެކުއެޑޯގެ މޮއިސަސް ސެސެއިޑޯ އަށް. މެޗުގެ ދެވަނަ ރީނދޫ ކާޑު 22 ވަނަ މިނެޓުގައި ގަތަރުގެ އަލްމޮއޭޒް އަލީއަށް. އެކުއެޑޯގެ ދެވަނަ ހަމަލާ 20 ވަނަ މިނެޓުގަ. އެސްޓުޕިނާން ތަނަވަސްކޮށްދިން ފުރުސަތަކުން އަފީފް ބޮލުން ބޯޅަ ފޮނުވާލަން މަސައްކަތްކުރި. އެތަނުން އަފީފަށް ގަތަރުގެ ކީޕަރަށް ފައުލު ކުރެވުނީ. މެޗުގެ 16 ވަނަ މިނެޓު، ނަތީޖާއަކީ ގަތަރު 0-1 އެކުއެޑޯ. މުބާރާތުގެ ފުރަތަމަ ލަނޑު އެކުއެޑޯއިން. ލަނޑުޖެހީ ޕެނަލްޓީއަކުން ވެލެންސިއާ. މުބާރާތުގެ ފުރަތަމަ ރީނދޫ ކާޑު ގަތަރު ކީޕަރު ސާދް އަލް ޝީބް އަށް 14 ވަނަ މިނެޓު. ގަތަރުގެ ކީޕަރު ކުރި ފައުލަކާ ގުޅިގެން އެކުއެޑޯއަށް ޕެނަލްޓީއެއް 10 ވަނަ މިނެޓުގެ ކުޅުން ނިމުނުއިރު ނަތީޖާ އަކީ 0-0 މުބާރާތުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ އޮފްސައިޑު ލަނޑެއް ކަމަށް ވީއޭއާރުގެ އެހީގައި ރެފްރީ ވަނީ ނިންމާފަ ވޯލްޑް ކަޕް 2022 ގެ ފުރަތަމަ ލަނޑު އެކުއެޑޯއިން. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި އެޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެމުން އަންނަ އެނާ ވެލެންސިއާ. މިއީ ފުރަތަމަ ތިން މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ލަނޑެއް. މެޗުގެ ފުރަތަމަ ފައުލު 23 ވަނަ ސިކުންތުގަ. ފައުލު ކުރީ އެކުއެޑޯގެ އެސްޓުޕިނަން. ރެފްރީގެ ފުރަތަމަ ކަށިގަނޑާއެކު ގަތަރާއި އެކުއެޑޯ ބައްދަލުކުރާ މެޗު ފަށައިފި. މެޗު ފެށުމުގެ އެންމެފަހު ތައްޔާރީތައް ކުރިއަށް ދަނީ. މިހާރު ކުރިއަށް ދަނީ ދެގައުމުގެ ގައުމީ ސަލާމް ކިޔުން.
sun
news
23:00ގަތަރުގަ ކުޅޭ ފީފާ ވޯލްޑް ކަޕް 2022 ގެ ފުރަތަމަ މެޗު ނިމިއްޖެ. 0-2 އިން ގަތަރުގެ މައްޗަށް މެޗުގައި ކުރިހޯދީ އެކުއެޑޯއިން.މެޗުގައި އެކުއެޑޯގެ ދެ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ވެލެންސިއާ.މިމެޗުގެ އިތުރުން ވޯލްޑް ކަޕުގައި ކުރިއަށް ހުރި މެޗުތަކުގެވެސް ލައިވް ކަވަރޭޖް ސަން އޮންލައިން މެދުވެރިކޮށް ގެނެސްދޭނެ.
0.9867
622
0.962
d83be9b2dcf91e6475377416c9b024b8
https://vaguthu.mv/sport/282820/
"ދަ އައިލެންޑް ސްޕޯޓްސް" އެކަޑަމީ ހުޅުވަން ދަނގަޑޭ މާފަރަށް
މާފަރުގައި އުފައްދާފައިވާ "ދަ އައިލެންޑް ސްޕޯޓްސް އެކަޑަމީ" ރަސްމީކޮށް ހުޅުވުމަށް މި މަހުގެ 5 ވަނަ ދުވަހު އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި، ރާއްޖޭގެ ތާރީޙުގައި އުފެދުނު އެންމެ މޮޅު، ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤު (ދަނގަޑޭ) ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ. މި ރަސްމިއްޔާތުގައި ދަނގަޑޭގެ އިތުރުން، ރާއްޖޭގެ ގޯލްޑް ކެޕްޓަން، އަކްރަމް ޢަބްދުލްޣަނީ އާއި، ހުނަރުވެރި މިޑްފީލްޑަރ، އިސްމާޢިލް އީސަ (މެސީ) ވެސް ބައިވެރިވާނެއެވެ، މާފަރުގައި ހުޅުވުމަށް ހަމަޖެހިފައިވާ މި އެކަޑަމީ އާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، އައިލެންޑް ސްޕޯޓްސް އެކަޑަމީގެ ޗެއާރމަން، ޝަރުވަތު ޢަބްދުލްޣަނީ ވިދާޅުވީ، މި އެކަޑަމީ އުފެއްދުމުގެ ވިސްނުން ވަރަށް ކުރިންސުރެ ގެންގުޅެމުން އައި ކަމަށާއި، އެކަން ހަޤީޤަތަކަށް ވެގެންދާ ތަން ފެނުމުން އެކަމާއި އުފާ ކުރައްވާ ކަމަށެވެ. "އެކަޑަމީ އުފައްދަން ޚިޔާލަކީ ރަށުގެ ޒުވާނުން ކޮޅެއްގެ މެދުގައި އުފެދިގެން ދިޔަ ޚިޔާލެއް. ކުޅިވަރުގެ ދާއިރާއިން ކުދިންނަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ފެށުނު މަސައްކަތެއް މީ. މިހާރު ފަރިތަކުރުންތައް ކުރިއަށްދާތާ 2 މަހެއްހާ ދުވަސް ވެދާނެ. ރަސްމީ ކޮށްމި ހުޅުވަނީ މި މަހުގެ 5 ވަނަ ދުވަހު. މި އިވެންޓްގައި ޖާރޒީ، އަދި އެކަޑަމީއަށް ރަޖިސްޓްރީ ވި ކަމުގެ ލިޔުން ހަވާލު ކުރެވޭނެ. މިހާރު ކުރިއަށް މި ގެންދަނީ ފިރިހެން ކުދިންނަށް އެކަނި. އެއީ 15 އަހަރުން ދަށުގެ ކުދިންނަށް. މިހާރު އެބަތިބި 63 ކުދިން. ދެން ހުޅުވާ ދުވަހު އަންހެން ކުދިންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާން އެބަ ވިސްނަން. އަންހެން ކުދިންނަށް ހޭންޑް ބޯލް އަދި ނެޓްބޯލް ވެސް ކުރިއަށް ގެންދާ ގޮތަށް. އޭގެ އިތުރުން ދެ ޖިންސުގެ ކުދިންނަށް މޫދު ކުޅިވަރުތައްވެސް ކުރިއަށްދާނެ." ޝަރުވަތު ވިދާޅުވިއެވެ. މީގެ އިތުރުން، ޝަރުވަތު ވިދާޅުވީ، ކުދިންގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސް ދެއްވުމުގައި ބައިވެރިވެލައްވަނީ މާފަރަށް ނިސްބަތްވާ ބޭފުޅުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކަޑަމީގެ މަސައްކަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. "ތަމްރީން ދިނުމުގައި ރަށަށް ނިޞްބަތްވާ ބޭފުޅުން މަސައްކަތް ކޮށްދެއްވަނީ. އެގޮތުން އަޅުގަނޑު ފާހަގަ ކޮށްލަން، ޤައުމީ ޓީމަށް މިހާރު ކުޅެމުން އަންނަ، ޢައްޒާމު ޢަބްދުﷲ ގެ ނަން. އަދި ރަށު ލެވެލްގައި އަދި އަތޮޅު ލެވެލްގައި ފާހަގަ ކޮށްލެވޭ ޖުމައިލް ވެސް ކުދިންނަށް ތަމްރީން ދިނުމުގައި ބައިވެރިވޭ. އަދި ހެޑް ކޯޗެއްގެ ގޮތުން، މުޞްލިމް މުޙައްމަދު (މުއްޓޭ) ވެސް ބައިވެރިވޭ. މުއްޓޭ އަކީ އަތޮޅު ފެންވަރުގައިވެސް، ޒޯން ފެންވަރުގައިވެސް ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ކޯޗެއް." ޝަރުވަތު ވިދާޅުވިއެވެ. ހަމައެހެންމެ، މިމަހުގެ 5 ވަނަ ދުވަހު މި ބޭއްވޭ ރަސްމިއްޔާތުގައި ދަނގަޑޭ ބައިވެރިވުމަކީ ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށާއި، އެއީ އެކަޑަމީގެ ކުރިމަގަށްވެސް ލިބިގެންދާ އިތުރު ފުރުޞަތެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. "ދަނގަޑޭ މި އިވެންޓްގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. ހަމަ އެއާއި އެކު، މާފަރަށް އުފަން، އަދި ރާއްޖޭގެ ގޯލްޑް ކެޕްޓަން އަކްރަމް ޢަބްދުލްޣަނީވެސް އެބަ ބައިވެރިވޭ. މީގެ އިތުރުން މެސީވެސް އެބަ ބައިވެރިވޭ. އެހެންކަމުން، މިއީ ވަރަށް ބޮޑު ހިތްވަރެއް. އަދި މުޅި ރަސްމިއްޔާތަށްވެސް ލިބޭ އެންމެ ބޮޑު އެއް ފުރިހަމަކަން މިއީ. އިރާދަ ކުރެއްވިއްޔާ އަތޮޅު ލެވެލްގައިވެސް އަދި މުޅި ރާއްޖޭގެ ފެންވަރުގައިވެސް މި އެކަޑަމީ އަކީ ނަމޫނާ އެކަޑަމީއެއް ކަމަށް ހެދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން." ޝަރުވަތު ވިދާޅުވިއެވެ. ދަ އައިލެންޑް ސްޕޯޓްސް އެކަޑަމީ ރަސްމީކޮށް ހުޅުވުން، މި މަހުގެ 5 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، މިއީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިގެން ކުރިއަށް ގެންދެވިފައިވާ މަސައްކަތެއްކަން އެ ފަރާތުން ފާހަގަ ކުރެއްވިއެވެ. "މާފަރު ސުކޫލުގެ ޕްރިންސިޕަލް، މުޙައްމަދު އަދުނާންގެ ނަން އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން. އަދި ޙާއްސަކޮށް، ސީއައިޓީއެމް ގެ ޗެއަރމަން މުޙައްމަދު ތޮލާލް ގެ ނަންވެސް އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަ ކުރަން. ހަމަ އެގޮތަށް މާފަރު ކައުންސިލް ވެސް. ދެން ޖުމްލަ ގޮތެއްގަ، މާފަރު ސުކޫލުގެ ހުރިހާ ބެލެނިވެރިންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން. އެކަޑަމީ އުފެދިގެން މި ހިސާބަށް އައުމުގައި ކުޑަނަމަވެސް އެހީތެރިކަމެއް ވެދެއްވާފައިވާ ހުރިހާ ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރަން. މިއީ ފެށުމެއް. ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މާފަރަކީ ކުޅިވަރުގެ ވަރަށް ކާމިޔާބު ތާރީޙެއް އޮތް ރަށެއް. މި ތާރީޚު އަލުން އިޢާދަ ކުރުމަށްޓަކައި އަދުގެ ޖީލަށް، މި އެކަޑަމީގެ ޚިދުމަތަކީ ކޮންމެހެން ލިބެން ޖެހޭނެ ޚިދުމަތެއްކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭ. މާފަރުން އުފެދުނު 2 ގޯލްޑް ކެޕްޓަނުންގެ އިތުރުން، އެތައް ކެޕްޓަނުންނެއް އުފެއްދިދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންގެ އެބަ އޮތް. އެފަދަ ހުނަރުވެރި ކުދިން މި ރަށުގައި އެބަ ތިބި. ތަޢުލީމު އުނގެނުމުގެ އިތުރުން، ތަޢުލީމާއި ކުޅިވަރާއި އެކު ކުރިއަށް ދެވޭނެ މަގު ފަހިވެގެން ދިއުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް." މި އެކަޑަމީ އާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، އެކަޑަމީގެ ވައިސް ޗެއާރމަން މަޒީން މުޙައްމަދު ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ފުޓުބޯޅައިގެ މަޝްހޫރު 3 ކުޅުންތެރިން ބައިވެރިވާގޮތަށް ހަމަޖެހިފައިވާއިރު، މާފަރަށް އުފަން، އަކްރަމް ޢަބްދުލްޣަނީ (އަކޫ) އަކީ ގައުމީ ޓީމުން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު، ޓީމުގެ ކެޕްޓަނެވެ. އަދި އެއަހަރު، ނިއު ރޭޑިއަންޓްގައި އޭނާ ވަނީ މުހިއްމު ކުޅުމެއް ދައްކާފައެވެ. އަދި އޭގެ ކުރީ އަހަރު ނިއުއިން ލީގު ހޯދި އިރުވެސް އަކޫއަކީ ޓީމުގައި މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ. ފުރަތަމަ ޑިވިޝަނަށް އަކޫ ތައާރަފްވީ ވެލެންސިއާއިންނެވެ. ރާއްޖޭގެ ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް އުފުލާލި އިރު، ކެޕްޓަނަކަށް ހުރީ އަކޫގެ ބޭބެ އައްސަދު އަބްދުލްޣަނީއެވެ. 2007 ވަނަ އަހަރުން 2009 ވަނަ އަހަރާ ހަމައަށް އަކޫ ނިއުއަށް ކުޅުނު އިރު، 2010 ވަނަ އަހަރު އޭނާ ވަނީ ވީބީ އައްޑޫ އެފްސީއަށް ކުޅެފައެވެ. 2007 ވަނަ އަހަރު ނިއުއަށް ކުޅެމުން ދަނިކޮށް އަކޫއަށް ގައުމީ ސްކޮޑުންވެސް ޖާގަ ލިބިފައިވާ އިރު، އޭނާ ވަނީ ވީބީއަށްފަހު މާޒިޔާއާއި ވެލެންސިއާއަށްވެސް ކުޅެފައެވެ. އަކޫ ވަނީ ރާއްޖޭގެ 19 އަހަރުން ދަށާއި، 23 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކުޅެފައެވެ. ދަނޑުމަތީގައި އޭނާ ފާހަގަކޮށްލެވެނީ ވަރުގަދަ ލީޑަރެއްގެ ގޮތުގައެވެ. ހާއްސަކޮށް ގައުމީ ޓީމުގެ ކެޕްޓަން ބޭންޑްގައި އޭނާ ވަނީ ނަމޫނާ ދައްކާފައެވެ.
vaguthu
sports
ޒަހީން ޢަބްދުﷲ
0.9894
643
0.97
e40d5cad6adea99addafebdadcf15364